Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

މެސީ އަލުން އަނބުރާ ބާސެލޯނާ އަށް ގެނައުމުގެ މަސައްކަތް ކުރާ ކަމުގެ އިޝާރާތެއް

އެކަމަށް އިޝާރަތްކޮށް ލަޕޯޓާ ބުނީ އަބަދު ވެސް އޭނާ ދޭ ޖަވާބަކީ ވާނެ ގޮތެއް ބަލާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ނޮވެމްބަރު 2022 | ބުދަ 02:08
ކެރިއަރުގައި 500 ވަނަ ލަނޑު ޖެހުމަށްފަހު މެސީ އުފާ ފާޅުކުރަނީ

ކެރިއަރުގައި 500 ވަނަ ލަނޑު ޖެހުމަށްފަހު މެސީ އުފާ ފާޅުކުރަނީ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަލުން އަނބުރާ ބާސެލޯނާ އަށް ގެނައުމުގެ މަސައްކަތް ކުރާ ކަމުގެ އިޝާރާތެއް އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ދެއްވައިފިއެވެ.

މެސީ ބާސެލޯނާ ދޫކޮށްލަން ޖެހުނީ އޭނާ އަށް އެކުލަބާއެކު އެއްބަސްވުން އައު ނުކުރެވުމުގެ ސަބަބުންނެވެ. ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހު ހަމަވާއިރު، މެސީ އޭނާގެ ކުރިމަގާމެދު އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. ބާސެލޯނާގެ މާލީ ޙާލަތު ރަނގަޅުވުމާއެކު މެސީ ގެންނަން އުޅޭ ކަމުގެ ވާހަކަތައް ވަނީ ދެކެވެން ފަށާފައެވެ. އެކަމާ ގުޅިގެން ބާސެލޯނާގެ ރައީސް އަދި ނައިބު ރައީސް ވެސް ވަނީ އެކި ވާހަކަ ދައްކާފައެވެ.

ދާދި ފަހުން ބާސެލޯނާގެ ރައީސް އިންޓަވިޔުއެއްގައި ވިދާޅުވީ އޭނާ ގާތު އަބަދު ވެސް ބުނަމުން އަންނަ ވާހަކައަކީ މެސީ އަލުން އަނބުރާ ބާސެލޯނާ އަށް ގެންނަ ވާހަކައެެވެ. އޭނާ ވަނީ ގިނަ ބަޔަކު އެކަަމަށް އެދޭ ކަމަށް ވިދާޅުވެފައެވެ. އެކަމަށް އިޝާރަތްކޮށް ލަޕޯޓާ ބުނީ އަބަދު ވެސް އޭނާ ދޭ ޖަވާބަކީ ވާނެ ގޮތެއް ބަލާނެ ކަމަށެވެ. މީގެ އިތުރުން ލަޕޯޓާ ވިދާޅުވީ މިހާރު މެސީ އަކީ ޕީއެސްޖީގެ ކުޅުންތެރިޔެއް ކަމަށާއި، މިވަގުތު އެކަމުގެ ވާހަކަތައް ދައްކަން ބޭނުންނުވާ ކަމަށެވެ.

މިނޫނަސް ވެސް މެސީ ހޯދުމަށް ބާސެލޯނާ އިން މަސައްކަތް ކުރާ ކަމަށް ދެކެވޭ ވާހަކަތައް ގިނައެވެ. މީގެ ކުރިން ބާސެލޯނާގެ ނައިބު ރައީސް ވިދާޅުވީ މެސީ އަލުން ބާސެލޯނާ އަށް އައުމަށް މާލީ ގޮތުން މިހާރު އެއްވަސް ހުރަހެއް ނުވަތަ ދަތިކަމެއް ނެތް ކަމަށެވެ. މެސީއާއެކު ކުރިން ބާސެލޯނާ އަށް ކުޅުނު އަދި މިހާރު އެ ކުލަބުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ މެސީ އަށްޓަކައި ބާސެލޯނާގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައި ކަމަށެވެ.

މެސީގެ އެއްބަސްވުން ޕީއެސްޖީގައި ހަމަވާން ގާތްވަމުން އަންނައިރު، ޕީއެސްޖީން މެސީ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އެ ކުލަބުގެ ސްޕޯޓިން ޑިރެކްޓަރު ލުއިސް ކަމްޕޯސް ބުނީ ކުލަބުން އެދެނީ މެސީ ކުލަބުގައި މަޑުކުރުން ކަމަށެވެ. މެސީ އޭނާގެ މުސްތަޤުބަލާމެދު ގޮތެއް ނިންމާނީ ފީފާ ވޯލްޑް ކަޕަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު