Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޯގާ ހަމަނުޖެހުން

ޔޯގާ ހަމަނުޖެހުން: ފުލުހުން އެޅި ފިޔަވަޅުތަކާއި ސެކިއުރިޓީ ބްރީޗްވާން ދިމާވި ސަބަބުތައް 241 ކޮމިޓީއާ ހިއްސާކޮށްފި

15 ނޮވެމްބަރު 2022 | އަންގާރަ 05:53

މި މުޅި ޙާދިސާއާއި ގުޅޭ އިންޓަރނަލް ރިވިއުއެއް ފުލުހުން ހަދާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ނޮވެމްބަރު 2022 | އަންގާރަ 05:53
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން

ބައިނަލްއަޤުވާމީ ޔޯގާ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ފުލުހުން އަޅާފައިވާ ފިޔަވަޅުތަކާއި، ފުލުހުންގެ ސެކިއުރިޓީ ބްރީޗްވާން ދިމާވި ސަބަބުތައް ފުލުހުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފިއެވެ.

ޔޯގާ ޙަރަކާތުގެ ތެރެއިން ހިނގާދިޔަ ހަމަނުޖެހުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ދެ މައްސަލައެއް ހުށަހެޅިފައިވެއެވެ. އެ މައްސަލަަތަކާއި ގުޅިގެން މީގެ ކުރިން ކޮމިޓީން ވަނީ އެކަން ހިނގާ ދިޔަ ގޮތާއި ގުޅޭ މައުލޫމާތުތަކަށް ފުލުހުންގެ ކިބައިން އެދިފައެވެ.

Advertisement - newsAdvertisement

ފުލުުހުން ވަނީ އެކަމާ ގުޅޭ މައުލޫމާތު ކަރުދާސްތަކެއްގެ އިތުރުން ޓައިމްލައިންތަކެއް ކޮމިޓީއަށް ހިއްސާކޮށްފައެވެ. އަދި އެކަމާއި ގުޅިގެން އެޅިފައިވާ ފިޔަވަޅުތަކާއި ސެކިއުރިޓީ ބްރީޗްވާން ދިމާވި ސަބަބުތައް ފުލުހުން ވަނީ ކޮމިޓީއާ ހިއްސާކޮށްފައެވެ.

ހަމައެއާއެކު، މި މުޅި ޙާދިސާއާއި ގުޅޭ އިންޓަރނަލް ރިވިއުއެއް ފުލުހުން ހަދާފައިވާއިރު، އެ ރިވިއު ރިޕޯޓު ފުލުހުން ވަނީ ކޮމިޓީއަށް ހުށަހަޅާފައެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މައުލޫމާތު ދޭ ގޮތުގައި މި މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުންވެސް ވަނީ ތަހުގީގު ކޮށްފައެވެ. އަދި އެކަމާ ގުޅޭ ރިޕޯޓުވެސް މިހާރު ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.  

އެކަންކަމާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފު ކުރުމަށް އަންގާރަ ދުވަހުގެ ކޮމިޓީ ބައްދަލުވުމަށް ފުލުހުންގެ އިސްވެރިން ވަނީ ހާޒިރުކޮށްފައެވެ. އޭގެ ތެރޭގައި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދުވެސް ހިމެނިވަޑައިގަންނަވައެވެ.

އެހެންނަމަވެސް، ކޮމިޓީން މަޝްވަރާކުރަން ބޭނުންވާ ލިއުންތަކުގެ ތެރެއިން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓަކީ ސިއްރު ރިޕޯޓެއްކަމުން، މެމްބަރުން ވަނީ މި ކޮމިޓީ ސިއްރު ކުރައްވާފައެވެ.

ޔޯގާ ޙަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ގިނަ ބައެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. މި މައްސަލައިގައި އުފުލާފައިވާ ދައުވާތައް ކޯޓަށް ހުށަހަޅާފައިވަނީ 2 އޮކްޓޫބަރު 2022 ގައެވެ. އަދި ކޯޓުގައި މިހާރު އެ މައްސަލައިގެ އަޑުއެހުންތައްވެސް ކުރިއަށްދެއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް އެތަނަށް ވަދެ ބަޔަކު ވަނީ އެތަނުގައި ހުރި ތަކެއްޗާއި ހަރަކާތުގައި ބައިވެރިވި މީހުންނަށް ހަމަލާ ދީފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް