Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލަ

މާންދޫއިން މަސްވެރިންގެ ފައިސާ ނުދީ ހިފަހައްޓާ މައްސަލަ މަޖިލީހަށް

މި ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް 43 މެންބަރުން ވަނީ ވޯޓު ދެއްވާފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ނޮވެމްބަރު 2022 | ހޯމަ 08:11
ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް

ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް

ހޮރައިޒަން ފިޝަރީސް އިން މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ ދިނުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކޮށް އެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލާ ހުށަހަޅާ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމެވެ.

Advertisement - newsAdvertisement

މެންބަރު ވިސާމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ލ. މާންދޫގައި ހިންގަމުން އަންނަ ހޮރައިޒަން ފިޝަރީޒްއަކީ ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިކަން ކުރަމުންދާ ފަރާތްތަކަށް ނުހަނު މުހިންމުތަނަކަށް ވާއިރު، މިހާތަނަށް އައި އިރުވެސް މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް އެއްވެސް ވަރެއްގެ ހައްލެއް ހޯދިފައި ނުވާ ކަމަށެވެ.

ބާނާ މަސް ނުކިރުމުގެ މައްސަލައާއި، ކިރާ މަހަށް ފައިސާ ދޫނުކުރުމުގެ މައްސަލަތައް ފުނިޖެހި މިއަދު ވެސް މަސްވެރިން ތިބީ ގޮތް ހުސްވެފައި ކަމަށެވެ. އަދި މި ވަގުތުވެސް މާންދޫ ފަޅުގައި 26 ދޯންޏަކުން އަންނަނީ ފައިސާ ހޯދުމަށް އިހްތިޖާޖު ކުރަމުން ކަމަށާއި، އެ ކުންފުނިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 21 މިލިއަނަށްވުރެ އިތުރުވާނެކަމަށް އަންދާޒާ ކުރެވޭ އިރު، މިއީ މަސްވެރިންނަށް އެސަރަހައްދުގައި، ހާއްސަކޮށް ލ. އަތޮޅާއި ތ. އަތޮޅުގައި މަސްވެރިކަން ހުއްޓިގެންދާނެ ކަމެއްކަމަށް ފެންނަ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

އަދި މިއީ މަސްވެރިންގެ ހައްގުތަކަށް އަރައިގަނެ އެމީހުންނަށް ލިބެންޖެހޭ އާމްދަނީ ހިފަހެއްޓުން ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، މިކަމުގެ ސަބަބުން ލ. އަތޮޅު އަދި އެ ސަރަހައްދުގެ އެހެނިހެން މަސްވެރިން އާއިލާތަކަށް ވެސް ވަނީ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.

މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ހޯދައިދިނުމުގައި ސަރުކާރުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތެއްކޮށް މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް އެދި ސަރުކާރުގެ އެންމެހާ ކަމާބެހޭ އިދާރާތަކަށް މި ގަރާރުގައި ގޮވާލާފައިވެއެވެ. މި ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް 43 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު