Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިލޭ އެހީ

މިއަހަރުން ފެށިގެން ހިލޭ އެހީގެ ގޮތުގައި ލިބޭނެ އާމްދަނީ ކޮންޒަވޭޓިވްކޮށް ބަޖެޓުގައި ހިމެނުމަށް އިސްކަންދިނުމަށް ލަފާ ދީފި

14 ނޮވެމްބަރު 2022 | ހޯމަ 04:19

ފާއިތުވި 6 އަހަރުގެ ޓްރެންޑްތަކަށް ބަލާއިރު، ހިލޭ އެހީގެ ގޮތުގައި ލިބިގެންދާ މިންވަރު އަންދާޒާކުރާ މިންވަރަށްވުރެ އެވްރެޖްކޮށް 768.6 މިލިއަން ރުފިޔާ ދަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ނޮވެމްބަރު 2022 | ހޯމަ 04:19
ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވޭ

ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވޭ

މިއަހަރުން ފެށިގެން ހިލޭ އެހީގެ ގޮތުގައި ލިބޭނެ އާމްދަނީ ކޮންޒަވޭޓިވްކޮށް ބަޖެޓުގައި ހިމެނުމަށް އިސްކަންދިނުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާ އަރުވައިފިއެވެ.

2023 ވަނަ އަހަރަށް ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީ އާއި ދައުލަތުގެ ޚަރަދާއި ފައިނޭންސިން އަދި މުޅި ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭގެ ލަފާގައި ބުނެފައިވަނީ 2023 ވަނަ އަހަރަށް ސަރުކާރުގެ ބަޖެޓުގައި އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު، މީގެ ތެރެއިން 2.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބަލާފައިވަނީ ހިލޭ އެހީގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް، 2020 ވަނަ އަހަރު ނުހިމަނާ ފާއިތުވި 6 އަހަރުގެ ޓްރެންޑް ތަކަށް ބަލާއިރު، ހިލޭ އެހީގެ ގޮތުގައި ލިބިގެންދާ މިންވަރު އަންދާޒާކުރާ މިންވަރަށްވުރެ އެވްރެޖްކޮށް 768.6 މިލިއަން ރުފިޔާ ދަށް ކަމަށެވެ.

Advertisement - newsAdvertisement

ވަކިން ހާއްސަކޮށް، 2021 ވަނަ އަހަރުން ފެށިގެން ބަޖެޓުގައި 'އެކިއެކި ގައުމުތަކުން ހޯދުމަށް' ހިލޭ އެހީގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ވަނީ ހިމަނާފައެވެ. އަދި، ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި 2023 ވަނަ އަހަރު 2.5 ބިލިއަން ރުފިޔާ ހިލޭ އެހީގެ ތެރެއިން 1.5 ބިލިއަން ރުފިޔާ ލިބޭނެ ގޮތުގެ ތަފްސީލް ސާފުނުވާކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

2020 ވަނަ އަހަރު ނުހިމަނާ ފާއިތުވި 6 އަހަރުގެ ޓްރެންޑް ތަކަށް ބަލާއިރު، ހިލޭ އެހީގެ ގޮތުގައި 2023 ވަނަ އަހަރު ލިބޭނެކަމަށ ބެލެވެނީ 1.7 ބިލިއަން ރުފިޔާ ކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. އެހެން ކަމުން، 2023 ވަނަ އަހަރުވެސް ސަރުކާރުން އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ހިލޭ އެހީގެ މިންވަރު ދަށްވެ، މިކަމުގެ ސަބަބުން ބަޖެޓް ޑެފިސިޓްގެ ގޮތުގައި ސަރުކާރުނ ހިމަނާފައިވާ އަދަދު (8.5 ބިލިއަން ރުފިޔާ) 768.6 މިލިއަން ރުފިޔާއިން އިތުރުވާނެކަމަށް ލަފާކޮށްފައިވެއެވެ.

ހިލޭ އެހީއަކީ ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމުގެ އިތުރުން، ދައުލަތުގެ ރަސްމީ ރިޒާވް ހިފެހެއްޓުމަށްވެސް ބޭނުންވާ މުހިއްމު ފައިސާއަށް ވާއިރު، މިއަހަރުން ފެށިގެން ހިލޭ އެހީގެ ގޮތުގައި ލިބޭނެ އާމްދަނީ ކޮންޒަވޭޓިވްކޮށް ބަޖެޓުގައި ހިމެނުމަށް އިސްކަން ދިނުމަށް އެ އޮތޯރިޓީއިން ވަނީ ލަފާއަރުވާފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް