Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝާހިދުގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު އެޅުވުން

މަސްތުވާތަކެއްޗާއެކު ޕާޓީކުރަން ތިބި ބަޔަކު ހައްޔަރުކުރީ ޝާހިދުގެ ގެއިން ކަމަށް ދިޔަރެސްގައި ލިޔުނީ މިނިސްޓަރުގެ އަބުރުފުޅު ކަތިލުމުގެ ނިޔަތުގައި - ފޮރިން މިނިސްޓްރީ

ފުލުހުންގެ ޚިދުމަތުން ދީފައިވާ ސައްހަ މައުލޫމާތުން އެނގޭގޮތުގައި، މިއީ މިނިސްޓަރ ޝާހިދުއާ އެއްވެސް މިންވަރަކަށް ގުޅުންހުރި ކަމެއް ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ނޮވެމްބަރު 2022 | އާދީއްތަ 14:26
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

މަސްތުވާތަކެއްޗާއެކު ޕާޓީކުރަން ތިބި ބަޔަކު ހައްޔަރުކުރީ އަބްދުﷲ ޝާހިދުގެ ގެއިން ކަމަށް ދިޔަރެސްގައި ލިޔެފައިވަނީ މިނިސްޓަރުގެ އަބުރުފުޅު ކަތިލުމުގެ ނިޔަތުގައި ކަމަށާއި، އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، 12 ނޮވެމްބަރ 2022 ވަނަ ދުވަހުގެ ރޭގަނޑު 7:39ގައި ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ "މަސްތުވާތަކެއްޗާއެކު ޕާޓީކުރަން ތިއްބައި ހައްޔަރުކުރި 12 މީހަކު ހައްޔަރުކުރީ އަބްދުﷲ ޝާހިދުގެ ގެއިން" ކަމަށް ލިޔެފައިވާ ޚަބަރުގައިވާ މައުލޫމާތުތަކަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފް ދޮގު މައުލޫމާތު ހިމަނައިގެން ލިޔެފައިވާ ޚަބަރެއް ކަމުގައެވެ. މިއީ ދިވެހި ރައްޔިތުންނަށް ސީދާ އޮޅުވާލުމުގެ މަގުސަދުގައި، އަދި މިނިސްޓަރ ޝާހިދު ބަދުނާމުކޮށް، އެމަނިކުފާނުގެ އަބުރުފުޅު ކަތިލުމުގެ ނިޔަތުގައި، "ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވާ ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓްރީން ބުނީ، ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އަދި ދިވެހި ފުލުހުންގެ ޚިދުމަތުން ދީފައިވާ ސައްހަ މައުލޫމާތުން އެނގޭގޮތުގައި، މިއީ މިނިސްޓަރ ޝާހިދުއާ އެއްވެސް މިންވަރަކަށް ގުޅުންހުރި ކަމެއް ނޫންކަމާއި އަދި އެކަން ހިނގާފައިވަނީ މިނިސްޓަރ ޝާހިދުއާ އެއްވެސް ވަރަކަށް ގުޅުންހުރި އިމާރާތެއްގައި ނޫންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި، މި ޚަބަރުގައިވާ މައުލޫމާތަކީ ދޮގު މަޢުލޫމާތެއްކަން އެނގިގެން، މި މިނިސްޓްރީގެ ފަރާތުން އެ ޚަބަރަކީ ހަގީގަތާ ޚިލާފް، ދޮގު މައުލޫމާތު ހިމެނޭ ޚަބަރެއްކަން ނޫހުގެ ކިޔުންތެރިންނާއި ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވައިދީ، ކަން ހިނގި ގޮތުގެ އަސްލު ހޯދައި، ހާމަކޮށްދިނުމަށް ދިޔަރެސް ނޫހުގައި އެދިފައި ވާނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް ދިޔަރެސް ނޫހުން މިކަމަށް އިޖާބަ ނުދޭ ކަމަށާއި، ތަކުރާރުކޮށް މިމިނިސްޓްރީން ގުޅުމުން ފޯނަށް މިހާރު ޖަވާބެއް ވެސް ނުދޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިކަމުން ވެސް އެނގި ޔަގީން ވަނީ މި ދޮގު ޚަބަރު ދިޔަރެސް ނޫހުގައި ޝާއިއުކުރީ، ވަކި ސިޔާސީ މަގުސަދެއް ހާސިލް ކުރުމުގެ ނިޔަތުގައި ކަމަށާއި، މިއީ ދެފުށް ފެންނަ މިނިވަން ޕްރޮފެޝަނަލް ނޫސްވެރިކަމެއް ކުރިއަށް ގެންދިއުމަށް މި ސަރުކާރުން ނޫސްވެރިންނަށް ދީފައިވާ މިނިވަންކަމުގެ ނިވަލުގައި ތިބެ، އެމިނިވަންކަން ނަހަމަގޮތުގައި ބޭނުންކޮށްގެން ދިޔަރެސް ނޫހުން ހިންގި ވަރަށް ނާތަހުޒީބު ފިނޑި އަމަލެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ކަންކޮށްފައި ވަނީ ޒާތީ ތައައްސުބް އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިޚަބަރާ ގުޅިގެން މި މިނިސްޓްރީގެ ޕަބްލިކް އިންފޮމޭޝަން ޔުނިޓުން މިހާރު ވަނީ މިމައްސަލަ އިތުރަށް ތަހުގީގުކޮށް އެކަށީގެންވާ ފިޔަވަޅު އަޅައިދިނުމަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ރަސްމީކޮށް ލިޔުމުން އެދިފައިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ޚަބަރު ރަނގަޅުކޮށް، ކިއުންތެރިންގެ ކިބައިން މައާފަށް އެދި، ކުރިމަގުގައި މިފަދަ ދޮގު ޚަބަރު ޝާއިއުނުކޮށް، ޕްރޮފެޝަނަލް ނޫސްވެރިންގެ ގޮތުގައި ނޫސްވެރިކަން ކުރުމަށް ދިޔަރެސް ނޫހަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
13 ފެބުރުއަރީ 2017

"އުކުޅަހުން މީހުން ހައްޔަރުކުރީ ހީލަތްތެރި ރޭވުމެއްގައި"

13 ފެބުރުއަރީ 2017
"އުކުޅަހުން މީހުން ހައްޔަރުކުރީ ހީލަތްތެރި ރޭވުމެއްގައި"
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު