Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ ކައުންސިލް

މީޑިއާ ކައުންސިލްގެ މެންބަރު ކަމުން ނަވާޒް އިސްތިއުފާ ދެއްވައިފި

13 ނޮވެމްބަރު 2022 | އާދީއްތަ 02:00

އޭނާ އިސްތިއުފާ ދެއްވީ ހޮނިހިރު ދުވަހުގެ ރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 ނޮވެމްބަރު 2022 | އާދީއްތަ 02:00
(ވ-1) މެންބަރުކަމުން އިސްތިއުފާ ދެއްވީ އާދަމް ނަވާޒް

(ވ-1) މެންބަރުކަމުން އިސްތިއުފާ ދެއްވީ އާދަމް ނަވާޒް

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު ކަމުން އާދަމް ނަވާޒް އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވިކަން އިއުލާންކުރެއްވީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާ ނަވާޒު ވަނީ "ވަގުތު" ނޫސް މެދުވެރިކޮށް ބަޔާނެއް ވެސް ނެރުއްވާފައެވެ.

Advertisement - newsAdvertisement

ނަވާޒު ނެރުއްވި ބަޔާނުގައި ވިދާޅުވީ މީޑިއާ ކައުންސިލްގެ މެންބަރު މުހައްމަދު ޝާފިއު އަންހެން ނޫސްވެރިއަކަށް ތަކުރާރުކޮށް ފުރައްސާރަކުރި މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ބެލުމަށް މީޑިއާ ކައުންސިލުން ނިންމުމުން ވެސް އެ ކައުންސިލްގެ ރައީސް ކަމުގައި ހުންނަވައިގެން މުހައްމަދު ޝަފާއު ހަސަން، އެ ނިންމުމަށް އަމަލު ކުރުން ހުއްޓުވާފައިވާ ކަމަށެވެ. އަދި ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލުމާ މެދު ފުލުހުން ނިންމި ނިންމުމުގެ އެއްބައި ވިދާޅުވުމަށްފަހު، ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ޝަފާއު މީޑިއާ ކައުންސިލު ހިންގަވަމުން ގެންދަވާ ޚުދުމުހުތާރު ގޮތުގެ ސަބަބުން އެތައް އަންހެން ނޫސްވެރިންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަވާޒް ވިދާޅުވީ މުހައްމަދު ޝާފިއު، ނޫސްވެރިޔާއަށް ފުރައްސާރަ ކުރި ކަމަށާއި އެ މައްސަލަ އެކަމަށް ހާއްސަ ކޮމެޓީއަކުން ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ފުލުހުން ވެސް ނިންމާފައި ވަނިކޮށް، މައްސަލަ ބެލުމުގެ ބަދަލުގައި މީޑިއާ ކައުންސިލްގެ އެވޯޑު ހަފުލާގައި ޝާފިއުއަށް އިސްދައުރެއް އަދާކުރުމުގެ ފުރުސަތު ދިނުމަކީ އަންހެން ނޫސްވެރިންނަށް ފުރައްސާރަ ކުރުމަށް ޝަފާއު ދެއްވި ހިތްވަރެއް ކަމަށެވެ. އެހެންވެ، އަންހެން ނޫސްވެރިންނަށް ބިރުވެރިކަމެއް ނެތް އަމާން މާހައުލެއް ގާއިމުކުރުމުގެ ބަދަލުގައި އަންހެން ނޫސްވެރިންނަށް ފުރައްސާރަކުރާ މީހަކު ކުރީ ސަފުގައި އިނުމުގެ ފުރުސަތު ދީގެން މީޑިއާ ކައުންސިލުން ހިންގާ ހުތުރު އަމަލުގައި ބައިވެރިވުމަކީ އޭނާގެ ޒަމީރު ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ބަޔާނުގައި ނަވާޒު ވަނީ ބުނެފައެވެ.

މިދިޔަ މަހު "ވަގުތު" ނޫހުން ވަނީ އެ ނޫހުގެ އަންހެން ނޫސްވެރިއަކަށް މީޑިއާ ކައުންސިލްގެ މެމްބަރު ޝާފިއު ޖިންސީ ފުރައްސާރަ ކުރާ ކަމަށް ބުނެ މައްސަލަ ހުށަހަޅައިފައެވެ. މި މައްސަލައާ ގުޅިގެން ޝާފިއު ސަސްޕެންޑު ވެސް ކުރިއެވެ. ނަމަވެސް އެ މައްސަލައިގައި އޭނާ އެފަދަ އަމަލެއް ކޮށްފައިވާ ކަމުގެ ހެއްކާއި ގަރީނާ ނެތުމުން ފުލުހުން ވަނީ އެ މައްސަލައި ނިންމައި ފައިލްކޮށްފައެވެ. އެއާއެކު ޝާފިއުގެ ސަސްޕެންޝަން ވެސް ވަނީ އުވާލައިފައެވެ.

ޝާފިއުގެ ސަސްޕެންޝަން އުވާލައި މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ "ވަގުތު" ނޫހުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާކުރި ކަމަށް ބުނެ އެ ނޫހުގައި އެ ކައުންސިލާއި ކައުންސިލުގެ މެންބަރުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ހަގީގަތާއި ހިލާފު، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ޚަބަރުތަކެއް ޝައިއުކޮށްފައިވާ ކަަމަށެވެ. އަދި އެ ނޫހުގެ ޚަބަރާ ގުޅިގެން ރާއްޖޭގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވެސް ކަމުގެ ހަގީގަތަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި އެކަމާ ގުޅޭގޮތުން ބަޔާން ނެރުމަކީ މިނިވަން ޑިމޮކްރެޓިކް މުޖުމަތައުތަކުގައި މަސައްކަތްކުރާ ގޮތް ނޫން ކަމަށްވެސް މީޑިއާ ކައުންސިލުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް