Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ އިޝްތިހާރުކުރުން

ވިޒިޓް މޯލްޑިވްސްއިން އިނގިރޭސިވިލާތުގައި ރޯޑްޝޯތަކެއް ފަށައިފި

12 ނޮވެމްބަރު 2022 | ހޮނިހިރު 04:50

އެންމެ ފަހު ރޯޑްޝޯ ފަށާފައިވަނީ ނޮވެމްބަރު 11ގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 ނޮވެމްބަރު 2022 | ހޮނިހިރު 04:50
އިނގިރޭސިވިލާތުގައި ކުރިއަށްގެންދިޔަ ރޯޑްޝޯއެއްގައި ރާއްޖޭގެ ސްޓޭންޑް

އިނގިރޭސިވިލާތުގައި ކުރިއަށްގެންދިޔަ ރޯޑްޝޯއެއްގައި ރާއްޖޭގެ ސްޓޭންޑް

އިނގިރޭސިވިލާތުގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން، އެ ގައުމުގެ ތިން ސިޓީއެއްގައި ޚާއްސަ ރޯޑްޝޯތަކެއް ފަށައިފިއެވެ.

މި ސިލްސިލާ ރޯޑްޝޯތަކުގެ ފުރަތަމަ ޝޯ އޮތީ ޑަބްލިއުޓީއެމް 2022ގެ އެންމެ ފަހު ދުވަހާ ދިމާކޮށް 9 ނޮވެމްބަރުގައި ލަންޑަންގައެވެ. އަދި ދެވަނަ ރޯޑްޝޯ ބާއްވާފައިވަނީ 10 ނޮވެމްބަރުގައި މެންޗެސްޓަރގައެވެ. މި ސިލްސިލާގެ އެންމެ ފަހު ރޯޑްޝޯ ފަށާފައިވަނީ ނޮވެންބަރު މަހުގެ11 ވަނަ ދުވަހު ނިއުކާސަލްގައެވެ.

Advertisement - newsAdvertisement

"ކަނެޓް ވިތު މޯލްޑިވްސް، ޔޯރ އަލްޓިމޭޓް ޑެސްޓިނޭޝަން"ގެ ނަމުގައި ކުރިއަށްގެންދާ މި ރޯޑްޝޯތަކަކީ އިނގިރޭސިވިލާތުގެ ޓްރެވަލް ޓްރޭޑާ އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ފަތުރުވެރިކަމުގެ މަންޒިލެއްގެގޮތުގައި ރާއްޖެއާ ބެހޭގޮތުން އެ ފަރާތްތައް އަހުލުވެރިކޮށް، މި މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާއި ބުކިންގތައް އިތުރުކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ރޯޑްޝޯތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީން ލަންޑަންގައި ބޭއްވި ރޯޑްޝޯގައި ޖުމުލަ 12 ކުންފުންޏަކުން ބައިވެރިވެ، މެންޗެސްޓަރއާއި ނިއުކާސަލްގައި ބާއްވާ ރޯޑްޝޯތަކުގައި 11 ކުންފުންޏަކުން ބައިވެރިވެއެވެ. މި ހަރަކާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ކަމަށްވާ; ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑްތައް އިތުރަށް އިޝްތިހާރުކޮށް، މަންޒިލްގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރާނެއެވެ. އަދި ގުދުރަތީގޮތުން ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުރި ތަފާތު ތަޖުރިބާތައް އެމްއެމްޕީއާރުސީއާއި އިންޑަސްޓްރީގެ ބައިވެރިން މާކެޓްކުރާނެވެ.

މި ރޯޑްޝޯތައް ކުރިއަށްދާގޮތަށް ބަލާއިރު، ހަރަކާތް ފެށެނީ މަންޒިލާއި އިންޑަސްޓްރީ ޕާޓްނަރުންގެ ތަޢާރަފަކާއެކުއެވެ. އެއަށްފަހު ރާއްޖެއާބެހޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ބައިވެރިންނަށް ދައްކާލައެވެ. މި ޕްރެޒެންޓޭޝަންގައި ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ތަފާތު ތަޖުރިބާތަކާއި، މަންޒިލާގުޅޭ އެންމެ ފަހުގެ ޓްރެވަލް ގައިޑްލައިންތަކަށް އަލިއަޅުވާލައެވެ. އަދި ރާއްޖޭގެ ޖަޒީރާ ރަށްތަކުން ފަތުރުވެރިންނަށް ލިބޭ ރައްކާތެރިކަންވެސް ރޯޑްޝޯ ސިލްސިލާގައި އިޝްތިހާރު ކުރެއެވެ. ނިންމާލުމުގެ ކުރިން ކޮންމެ ރޯޑްޝޯއެއްގައި ވެސް ޚާއްސަ ގުރުއަތެއް ނަގައި، ނަސީބުވެރި ދެ ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހަދިޔާކުރެއެވެ.

މި ރޯޑްޝޯތަކުގެ ބޭނުމަކީ އިނގިރޭސިވިލާތް ރާއްޖޭގެ މުހިންމު އެއް ސޯސް މާކެޓެއްގެ ގޮތުގައި ދެމެހެއްޓުމާއި، މި މާކެޓުގެ ޓްރެވަލް އޭޖެންޓުންނާ އިންޑަސްޓްރީގެ ޕާޓްނަރުންނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމެވެ. މިއީ އިނގިރޭސިވިލާތަށް އެމްއެމްޕީއާރުސީން ގެންގުޅޭ މާކެޓިންގ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. އިނގިރޭސިވިލާތަކީ ރާއްޖޭގެ ޓްރެޑިޝަނަލް އެއް ސޯސް މާކެޓަށްވާއިރު، މި އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް 147،535 އެރައިވަލްސްއާއެކު، މިއީ ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން މި އަހަރު ޒިޔާރަތްކުރި މާކެޓެވެ. މިއީ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ 1،354،828 ފަތުރުވެރިންނަށް ބަލާއިރު މާކެޓް ހިއްސާގެ %10.9 އެވެ. އެމްއެމްޕީއާރުސީން އަންނަނީ މި މާކެޓަށް އަމާޒުކޮށްގެން މަންޒިލްގެ މަގުބޫލުކަން ދަމަހައްޓައި އިތުރުކުރުމަށް ގިނަ ހަރަކާތްތައް ހިންގަމުންނެވެ. މީގެތެރޭގައި އިނގިރޭސިވިލާތުގެ ބާޒާރުގައި ބާއްވާ ފެއަރތަކާއި މައުރަޒުތަކުގައި ބައިވެރިވުން، މާކެޓިންގ ކެމްޕޭންތައް، އަދި ސޯޝަލް އަދި ޑިޖިޓަލް މީޑިއާ މާކެޓިންގ ކެމްޕޭންތައް ހިމެނެއެވެ. އަދި ކުރިއަށް އޮތް މަސްތަކުގައިވެސް މި މާކެޓުގައި މިފަދަ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް