Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކޮކާ-ކޯލާގެ ވިޔަފާރި ރާއްޖޭގައި ފުޅާކުރުން

ކޮކާ-ކޯލާއިން ރާއްޖޭގައި އައު އިންވެސްޓްމަންޓުތަކެއް ކުރަނީ

އަލަށް ގާއިމްކުރި ކޭނިން ލައިންގެ ސަބަބުން ކޮކާ-ކޯލާއިން ރާއްޖޭގައި ވިއްކާ ޕެކޭޖިން ރޭންޖު ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2022 | ހުކުރު 06:19
ކޮކާ ކޯލާ ދަޅުތައް

ކޮކާ ކޯލާ ދަޅުތައް

ލުއި ބުއިންތަކުން ފެށިގެން ބޯފެނާ ހަމައަށް ތަފާތު ބުއިންތަކުން ދިވެހިން ތާޒާކޮށްދެމުން އަންނަ ޓޯޓަލް ބެވަރޭޖް ކުންފުންޏެއް ކަމަށްވާ ކޮކާ-ކޯލާ އިން ރާއްޖޭގައި ޕެކޭޖިން އޮފާތައް ފުޅާކުރަން ފަށައިފިއެވެ.

ދެމެހެއްޓެނިވި ޕެކޭޖިން ސޮލިއުޝަންތައް ތައާރަފްކުރުމުގެ މަސައްކަތުގެ ދަށުން ކޮކާ-ކޯލާގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ އައު އިންވެސްޓްމަންޓުގެ ދަށުން، ކޮކާ-ކޯލާ ކުންފުނީގެ ބުއިންތައް ފުރަތަމަ ފަހަރަށް ސީދާ ރާއްޖޭގައި ހަދާ ދަޅުގައި ބަންދުކޮށްގެން ވަނީ މާކެޓެއް ނެރެފައެވެ.

މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީން ބުނީ ޕްލާސްޓިކް ކުނީގެ މައްސަލައަށް ހައްލެއް ހޯދައި އެ ކުންފުނީގެ ޕެކޭޖިން ބޭނުންކުރުމުގައި ވަށާޖެހޭ އިގްތިސާދެއް އުފެއްދުމަށްޓަކައި ކޮކާ-ކޯލާއިން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ. އަދި ސްޕްރައިޓްގެ މަޝްހޫރު ފެހި ކުލައިގެ ފުޅީގެ ބަދަލުގައި އެތެރެ ފެންނަ، ސާފު ފުޅިއަކަށް ދާދި ފަހުން ބަދަލުކޮށްފައިވާއިރު، އެ ފުޅި ބޭނުންކުރުމަށް ފަހު، ފުޅިތައް އެއްކޮށް، ރީސައިކަލްކޮށް، އަލުން ބޭނުންކުރުމުގެ ފުރުސަތު ބޮޑުވެ، ރާއްޖޭގައި ޕްލާސްޓިކަށް ވަށާޖެހޭ ހައްލެއް ހޯދުމަށް އެހީތެރިވެދޭނެ ކަމަށެވެ. ކޮކާ-ކޯލާ، ސްޕްރައިޓް، ފެންޓާ، ޝްވެޕްސް އަދި ބޮންއަކުއާ ބިއްލޫރި ފުޅިތަކުގައި ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ކ. ތުލުސްދޫގައި ހުންނަ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ ބޮޓްލިން ޕްލާންޓްގައި އަލަށް ގާއިމްކުރި ކޭނިން ލައިންގެ ސަބަބުން ކޮކާ-ކޯލާއިން ރާއްޖޭގައި ވިއްކާ ޕެކޭޖިން ރޭންޖު ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. ކޮކާ-ކޯލާ، ކޮކާ-ކޯލާ ޒީރޯ ޝުގާ، ޑައިޓް ކޯކް، ސްޕްރައިޓް، ފެންޓާ އޮރެންޖް، ފެންޓާ ސްޓްރޯބެރީ އަދި ޝްވެޕްސް ރޭންޖް މިހާރު ރާއްޖޭގައި އުފައްދާފައިވާ 330 އެމްއެލް އަދި 185 އެމްއެލްގެ ދަޅުގައި ލިބެން ހުންނަކަން ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ޕެކޭޖިން ބަދަލުކުރުމުގެ އިތުރުން ޕްލާސްޓިކް ކުނި ނައްތާލުމަށް އަމަލީ ގޮތުން ހައްލު ހޯދުމުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކާ އެކު ވެސް ކޮކާ-ކޯލާ އިން ވަނީ ވަރުގަދަ ޕާޓްނަޝިޕެއް ގާއިމްކޮށްފައެވެ. ކޮކާ-ކޯލާއިން ރާއްޖޭގައި އެކްސްޓެންޑެޑް ޕްރޮޑިއުސަ ރެސްޕޮންސިބިލިޓީ (އީޕީއާރު) އަމިއްލައަށް ތަންފީޒުކުރަމުން އަންނައިރު، ކޮކާ-ކޯލާގެ ބައިވެރިންނާ އެކު ކުރެވޭ މަސައްކަތްތަކުގެ ދަށުން 100 އިންސައްތަ ރިސައިކަލް ކުރެވޭ ޕެޓް ޕްލާސްޓިކް ޕެކޭޖިންއަށް އާ ދިރުމެއް ގެނެސްދޭ ކަމަށާއި މި މަސައްކަތްތަކުގެ ސަބަބުން ޕްލާސްޓިކަށް ވަށާޖެހޭ އިގްތިސާދެއް ގާއިމުކޮށް، މީހުންގެ ދިރިއުޅުމަށާއި މުޖުތަމައުތަކަށާއި ދުނިޔެއަށް ބަދަލުތަކެއް އައިސް، އެންމެންނަށް ފައިދާ ލިއްބައިދޭ މުސްތަގުބަލެއް ގާއިމުކުރުމަށް ކޮކާ-ކޯލާއިން ގެންގުޅޭ ވިސްނުމަށް އެހީތެރިވެދޭ ކަމަށް ކޮކާ ކޯލާ ކުންފުނިން ބުނެއެވެ.

ކޮކާ-ކޯލާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ، 136 އަހަރު ވަންދެން މުޅި ދުނިޔެ ތާޒާކުރަމުން އަންނަ ބްރޭންޑެކެވެ. ކޮކާ-ކޯލާ ކުންފުނިން އެ ކުންފުނީގެ ބޮޓްލިން ޕާޓްނަރު މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ މެދުވެރިކޮށް ރާއްޖެއަށް ތާޒާ އަދި މީރު ބުއިންތަކެއް ތައާރަފްކޮށްފައިވެއެވެ. އޭގެ ތެރޭގައި ކޮކާ-ކޯލާ، ސްޕްރައިޓް، ފެންޓާ، ބޮންއަކުއާ އަދި ޝްވެޕްސް ހިމެނެ އެވެ. އޭގެ އިތުރުން، ކޮކާ-ކޯލާ ބްރޭންޑުން އަންނަނީ ތަފާތު ހިތްގައިމު ޕްރޮޖެކްޓްތަކާއި ހަރަކާތްތަކުގެ ތެރެއިން ކަސްޓަމަރުންގެ ދިރިއުޅުން އުޖާލާ ކުރުމަށް ވެސް މަސައްކަތްކުރަމުން ކަމަށް ކޮކާ ކޯލާ ކުންފުނިން ބުނެއެވެ.

މާލޭ އެރޭޓެޑް ވޯޓާ ކުންފުނިން ރާއްޖޭގައި ބުއިންތައް އުފައްދައި ކޮކާ-ކޯލާގެ އުފެއްދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަތާ މިހާރު 32 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ކުންފުންޏަކީ ރާއްޖޭގައި ތަކެތި އުފައްދާ މަދު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އަދި އުފެއްދުމާއި ކަސްޓަމަރުންނާ ހަމައަށް ވާސިލްކޮށްދިނުމުން ފެށިގެން ސޭލްސް އެންޑް މާކެޓިންގެ އެކި ދާއިރާތަކުގައި 330އަށް ވުރެ ގިނަ މުވައްޒަފުން އެ ކުންފުނީގައި ވަޒީފާ އަދާކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ސެމްސަން ގެލެކްސީ އެސް 8 މާދަމާ ލޯންޗްކުރަނީ

ސެމްސަން ގެލެކްސީ އެސް 8 މާދަމާ ލޯންޗްކުރަނީ

29 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު