Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ހާދިސާ

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން 90،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއްޖެ: އެންޑީއެމްއޭ

ހަ ގޭބިސީއެއްގެ 29 މީހަކަށް ފަސް ގެސްޓްހައުސްއެއްގައި ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 11 ނޮވެމްބަރު 2022 | ހުކުރު 02:28
މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ

މ. ނިރުފެހިގޭގައި ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް މިހާތަނަށް 90،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އިދާރާއިން ބުރާސްފަތި ދުވަހު ނެރުނު އަދާހަމަ ރިޕޯޓުގައި ބުނެފައިވަނީ ހާދިސާގެ މައުލޫމާތު ބުދަ ދުވަހުގެ ރޭ ދަނަވަރު 12:44 ގައި ލިބުމާއެކު އެ އޮތޯރިޓީގެ އިމަޖެންސީ ރެސްޕޮންސް ޓީމުން ހާދިސާ ހިނގި ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް މާފަންނު ސްޓޭޑިއަމްގައި އިވެކުއޭޝަން ސެންޓަރެއް ގާއިމުކޮށް ބެކަޕެއްގެ ގޮތުގައި ކަލާފާނު ސްކޫލްވެސް ތައްޔާރު ކުރެވުނު ކަމަށާއި އެ ހާދިސާއާ ގުޅިގެން ހަތަރު އިމާރާތަކުން 35 ދިވެހިންނާއި ހާދިސާ ހިނގި އިމާރާތުން ސަލާމަތް ކުރެވުނު 28 ބިދޭސީން ހިމެނޭހެން 33 ބިދޭސީން ރަޖިސްޓްރީކުރި ކަމަށެވެ.

ހާލުގައި ޖެހުނު ފަރާތްތަކުގެ ތެރޭގައި ހަތް ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އެ އިދާރާއިން ބުނީ ހާދިސާ ހިނގީ ދަންވަރުގެ ވަގުތެއްގައި ކަމުން ގިނަ އާއިލާތަކުން އާއިލީ އަދި ރައްޓެހިންގެ ގޭގެއަށް ބަދަލުވި ކަމަށެވެ. ނަމަވެސް އެ އާއިލާތަކުގެ ކަންކަން ގާތުން ބަލަމުން އައި ކަމަށާއި އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަމާއި ކެއިން ބުއިމާއި ބޭހާއި ބޯހިޔާވަހިކަން އަދި އަންނައުނު ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ސަބަބުން ދިރިއުޅުން ރައްކާތެރި ނޫންކަމަށް ފާހަގަކުރި ހަ ގޭބިސީއެއްގެ 29 މީހަކަށް ފަސް ގެސްޓްހައުސްއެއްގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނައިރު 15 ދިވެހިންނާއި 14 ބިދޭސީއަކަށް އެންޑީއެމްއޭއިން އަންނަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ދިވެހި ހަ ކުޑަކުދިން ވެސް ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން ބޯހިޔާވަހިކަން ގެއްލުނު 19 ބިދޭސީއަކަށް އެ ފަރާތްތަކުގެ ބަލަދުވެރިން ބޯހިޔާވަފަހިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުނެއެވެ.

ހާލުގައި ޖެހުނު ފަރާތްތަކަށް އިންސާނީ އެހީގެ ގޮތުގައި ފުރަތަމަ ފިޔަވަހީގެ ދަށުން ފަސް ދުވަހުގެ އެހީތެރިކަން މިހާރު ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން، ބޯހިޔާވަހިކަމަށް 33،500 ރުފިޔާ ހޭދަ ކޮށްފައިވާއިރު އަންނައުނަށް 19،000 ރުފިޔާ، ކެއިން ބުއިމަށް 29،000 ރުފިޔާ، އަދި ހައިޖީން ކިޓު ހޯދުމާއި އޮޕަރޭޝަނަލް ޚަރަދުގެ ގޮތުގައި 2،633 ރުފިޔާ ހިމެނޭހެން ޖުމްލަ 90،133 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެ އިތުރުން ނަފްސާނީ ފުރަތަމަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓާއި ޖެންޑަރ މިނިސްޓްރީގެ އެހީތެރިކަމާއެކު ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން އަންނަނީ އަލިފާނުގެ ހާދިސާގެ އަސަރުކޮށްފައިވާ ގޭގޭގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު