Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަރީނާ ކަޕޫރު

ކަރީނާ އަދިވެސް ހިކެނީ

ކަރީނާ "ވީރޭ ދި ވެޑިން" ގެ ޝޫޓިން ފަށާނީ އަންނަ އޮގަސްޓުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 24 ޖޫން 2017 | ހޮނިހިރު 06:54
ކަރީނާ އާއި އޭނާގެ ފިރިމީހާ ސައިފް އަދި ދަރިފުޅު ތައިމޫރު: ކަރީނާ އަދިވެސް ދަނީ ހިކުމަށް މަސައްކަތް ކުރަމުން

ކަރީނާ އާއި އޭނާގެ ފިރިމީހާ ސައިފް އަދި ދަރިފުޅު ތައިމޫރު: ކަރީނާ އަދިވެސް ދަނީ ހިކުމަށް މަސައްކަތް ކުރަމުން

އަންނަ އޮގަސްޓް މަހު ފަށާ "ވީރޭ ދި ވެޑިން" ގެ ޝޫޓިން އަށް ތައްޔާރުވުމަށް އަދިވެސް ކަރީނާ ކަޕޫރު ހިކެން މަސައްކަތް ކުރާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކަރީނާއަށް ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ދަރިއެއް ލިބިފައެވެ. އޭނާއަށް ތައިމޫރު ލިބުނު ފަހުން ގައިގައި ޖަހާފައިވާ މަސްތަކާއި ބަރުދަން ލުއިކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ތައިމޫރަށް އެއް މަސްވުމާ އެކު ކަރީނާ ވަނީ ހިކުމަށް ޖިމްއަކަށް ދާން ފަށާފައެވެ. ކަރީނާގެ ޖިމް ޕާޓްނަރަކީ އަމްރިތާ އަރޯރާއެވެ. އައިސްފައިވާ ކަރީނާ ޖިމް އަށް ކޮންމެ ދުވަހަކު ވެސް ދާކަމަށްވެއެވެ. ކަރީނާގެ މި ޑައިޓް ސޯޝަލް މީޑިއާ އާއި މީޑިއާތައް ދަނީ ވަރަށް ކައިރިން ބަލަމުންނެވެ.

ކަރީނާ ދަނީ ހިކެން އޭނާއަށް ކުރެވެންހުރި ހުރިހާކަމެއް ކުރަމުންނެވެ. އެގޮތުން ބަރުތައް އުފުލުމާއި ބޮކްސިން ތެޅުމާއި މަސްތައް ވިރުވަން ކުރާ ތަފާތު އެކި ކަސްރަތު ކުރެއެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ވެސް ކަރީނާ ޔޯގާ ޖައްސައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކަރީނާ މާ ގަދައަށް ޖިމް ޖައްސާތީ އޭނާގެ ހަށިގަނޑު ވަނީ ބަލިކަށިވެފައެވެ. އެހެންކަމުން މިދިޔަ މަހުގައި ދެތިން ދުވަހަށް އަރާމު ކުރުމަށް ޑޮކްޓަރު ލަފާދިން ކަމަށް ވެއެވެ.

އަންނަ އޮގަސްޓުމަހު ކަރީނާ އެނބުރި އަންނަ ފިލްމު "ވީރޭ ދި ވެޑިން" އަށް ތައްޔާރުވުމަށްޓަކައި ހިކެން މަސައްކަތް ކުރާއިރު އޭނާއާ އެކު މި ފިލްމުން ދެން ފެންނާނެ އެކްޓްރެސްއަކީ ސޯނަމް ކަޕޫރެވެ. އެ ފިލްމުގެ ޕްރޮޑިއުސަރަކީ ރީއާ ކަޕޫރެވެ. އަދި ޕްރޮޑީއުސަރަކީ ސުޝާންތު ގޯޝްއެވެ. ކުރިން ހަމަޖައްސާފައި އޮތީ މިއަހަރުގެ މެއި މަހުގެ ތެރޭގައި ފިލްމްގެ މަސައްކަތް ފަށާ ގޮތަށެވެ. އެހެން ނަމަވެސް ރިއާ ކަޕޫރުވަނީ ފިލްމުގެ ޝޫޓިން ފަށާނީ އޮގަސްޓުމަހުގެ ތެރޭގައި ކަމަށް ބުނެފައެވެ. އަދި "ވީރޭ ދިވެޑިން" ގެ ޝޫޓިން ޖުމްލަ 55 ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް ބުނެފައެވެ. ކަރީނާ އާއި ސޯނަމްއާއެކު އިތުރަށް މި ފިލްމުން ފެނިގެންދާ މުހިއްމު ތަރިންނަކީ ސްވަރާ ބާސްކަރާއި ޝިކާ ޓަލްސާނިޔާ އެވެ.

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2017

ޕަދްމަވަތީ އަޅުވާނެ ދުވަހެއް އަދިވެސް ފައިނަލެއް ނުވޭ

12 ޑިސެމްބަރު 2017
ޕަދްމަވަތީ އަޅުވާނެ ދުވަހެއް އަދިވެސް ފައިނަލެއް ނުވޭ
29 އޮކްޓޯބަރު 2017

ކަރީނާ ނަގަނީ 3 މަހުގެ ބްރޭކެއް

29 އޮކްޓޯބަރު 2017
ކަރީނާ ނަގަނީ 3 މަހުގެ ބްރޭކެއް
20 ސެޕްޓެމްބަރު 2017

އަދިވެސް ކުދިން އެޑޮޕްޓް ކުރަން ބޭނުން: މެޑޯނާ

20 ސެޕްޓެމްބަރު 2017
އަދިވެސް ކުދިން އެޑޮޕްޓް ކުރަން ބޭނުން: މެޑޯނާ
28 އޯގަސްޓު 2017

"ވީރޭ ދި ވެޑިން"ގައި ތައިމޫރު ނުފެންނާނެ: ކަރީނާ

28 އޯގަސްޓު 2017
"ވީރޭ ދި ވެޑިން"ގައި ތައިމޫރު ނުފެންނާނެ: ކަރީނާ
26 ޖުލައި 2017

ސައިފް އާއި ކަރީނާ 2 ހަފްތާގެ ޗުއްޓީއަކަށް

26 ޖުލައި 2017
ސައިފް އާއި ކަރީނާ 2 ހަފްތާގެ ޗުއްޓީއަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު