Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ރެއާލަށް އެންމެ ރަނގަޅު ކޯޗަކީ އަންޗެލޮޓީ: ޕެރޭޒް

ރެއާލް އެނގިގެން، ކުޅުންތެރިންނާއި، ޚާއްސަކޮށް މުޅި ޓީމުގެ ހާލަތު ދަންނަ މީހަކީ އަންޗެލޮޓީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ނޮވެމްބަރު 2022 | ބުރާސްފަތި 01:16
އަންޗެލޮޓީ އަދި ޕެރޭޒް

އަންޗެލޮޓީ އަދި ޕެރޭޒް

ސްޕެއިންގެ ރެއާލް މެޑްރިޑަށް އެންމެ ރަނގަޅު ކޯޗަކީ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީ ކަމަށް އެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެއެވެ.

ޕެރޭޒް މިހެން ވިދާޅުވީ ރެއާލްގައި އަންޗެލޮޓީ ކުރަމުން އަންނަ މަސައްކަތާއި، އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ޕެރޭޒް ވިދާޅުވި ގޮތުގައި ރެއާލަށް އެންމެ ރަނގަޅީ އަންޗެލޮޓީއެވެ. ސަބަބަކީ ރެއާލް އެނގިގެން، ކުޅުންތެރިންނާއި، ޚާއްސަކޮށް މުޅި ޓީމުގެ ހާލަތު ދަންނަ މީހަކީ އަންޗެލޮޓީ ކަމަށް ވުމެވެ. މީގެ އިތުރުން ޕެރޭޒް ވިދާޅުވީ ރެއާލާއި އަންޗެލޮޓީއާ ދެމެދު އޮންނަނީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި، އަންޗެލޮޓީ އަކީ ވަރަށް ރަނގަޅު ކޯޗެއް ކަމަށެވެ.

އަންޗެލޮޓީ ވަނީ މީގެ ކުރިން ވެސް ރެއާލަށް އިރުޝާދު ދީފައެވެ. 2013 ވަނަ އަހަރު އެ ކުލަބާ ހަވާލުމަށްފަހު، އޭނާ ކުލަބު ދޫކޮށްލީ 2015 ވަނަ އަހަރުއެވެ. އެއަށްފަހު ދެން އޭނާ ހަވާލުވީ ބަޔާން މިއުނިކާއެވެ. ދެ ވަނަ ފަހަރަށް އަންޗެލޮޓީ ރެއާލާ ގުޅުނީ 2021 ވަނަ އަހަރުއެވެ. ރެއާލާއެކު މިހާރު އަންޗެލޮޓީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުއެވެ. ނަމަވެސް އެއަށްފަހު ކަންތައް ކުރާނެ ގޮތެއް އަންޗެލޮޓީ ހާމަކޮށްފައެއް ނުވެއެވެ. އަންޗެލޮޓީ ބުނީ ކޯޗިން ކެރިއަރު ހުއްޓާލާނީ ރެއާލުން ކަމަށެވެ.

އުމުރުން މިހާރު 63 އަހަރުވެފައިވާ އަންޗެލޮޓީ ވަނީ ރެއާލާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެ ޓީމާއެކު އޭނާ ވަނީ އަށް ތައްޓެއް ކާމިޔާބުކޮށްފައެވެ. އަންޗެލޮޓީ އަކީ ކޯޗިން ކެރިއަރުގައި ކާމިޔާބު ކޯޗެކެވެ. އޭނާ އަކީ ޔުއެފާ ޗެމްޕިއަންސް ލީގު ކޯޗެއްގެ ގޮތުގައި އެންމެ ގިނަ ފަހަރު ހޯދި ކޯޗެވެ. މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މޮޅު ހޯދި ކޯޗަކީ ވެސް މިހާރު އަންޗެލޮޓީއެވެ.

ރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީފްލޮރެންޓީނޯ ޕެރޭޒް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު