Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕްގެ ކޮމާންޑް ސެންޓަރު: 8 ސްޓޭޑިއަމްގައި ހިނގާ ހުރިހާ ކަމެއް ވަގުތުން ބަލާލެވޭނެ

8 ސްޓޭޑިއަމްގައި ޖުމުލަ 15،000 (ފަނަރަ ހާސް) ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2022 | ބުދަ 04:57
ކޮމާންޑް ސެންޓަރުގެ އެތެރެ

ކޮމާންޑް ސެންޓަރުގެ އެތެރެ

މި މަހުގެ 20 ވަނަ ދުވަހު ޤަތަރުގައި ފަށާ ވޯލްޑް ކަޕުން ތަފާތު އެތައް ކަމެއް ފެންނާނެ ވާހަކައަކީ އައު ވާހަކެއް ނޫނެވެ.

މި ވޯލްޑް ކަޕަކީ ހުރިހާ އިންތިޒާމުތައް ފުރިހަމަ މުބާރާތަކަށް ހެދުމަށް ޤަތަރު ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އެ ޤައުމުން މިހާރު ވެސް ވަނީ އެތައް ކަމެއް ކޮށްފައެވެ. ޓެކްނޮލޮޖީގެ ގޮތުން އެ ޤައުމާ އަރާ ހަމަކުރެވޭނެ އެހެން ބަޔަކުން ނެތް ކަމަށް އަންނަނީ ދައްކަމުންނެވެ. ހޫނު ޤައުމެއްގައި މުބާރާތް ބާއްވަނީ ފިނިކޮށްލައިގެންނެވެ.

މުބާރާތުގެ ސެކިޔުރިޓީ އިން ފެށިގެން ދަނޑުތަކުގައި ހިނގާ ކަންކަން ވެސް އެމީހުން ފުރިހަމަ އަށް ބެލެހެއްޓުމަށް މަސައްކަތް ކުރެއެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ދާނީ އަށް ދަނޑެއްގައެވެ. ޤަތަރުން މުބާރާތަށް ތައްޔާރުކުރި ކޮމާންޑު ސެންޓަރުން މި 8 ދަނޑުގައި ހިނގާ ކަންކަން ވަގުތުން ބަލާލެވެނެވެ. ދަނޑަށް މީހުން ވަންނަ ވަގުތުން ފެށިގެން ގޮސް، ނުކުންނަން ދެން ހުރިހާ ކަމެއް ބެލޭނެއެވެ. އެމީހުން ބަލާނެއެވެ. އެކަމަށް ޚާއްސަ ސިސްޓަމެއް މިހާރު ވަނީ ޤާއިމުކޮށްފައެވެ. އެ ސިސްޓަމުގެ ތެރެއިން ކޮންމެ ސްޓޭޑިއަމެއްގައި ވެސް ވަނީ ގިނަ އަދަދެއްގެ ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ. އެ ކެމެރާތަކުގެ އެހީގައި ދަނޑުގައި ތިބޭ ވަކި ވަކި މީހުންގެ މޫނާއި، އެ މީހުންގެ ހުރިހާ ހަރަކާތެއް މި ކޮމާންޑު ސެންޓަރުން ބަލާލެވޭނެއެވެ.

މި ސެންޓަރާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެކްޒެކްޓިވް ޑިރެކްޓަރު ނިޔާސް އަބްދުއްރަހިމަން ވިދާޅުވީ އެއީ ވަރަށް ބާރު ގަދަ ހަތިޔާރެއް ކަމަށެވެ. އޭނާ ވިދާޅުވީ ޤަތަރުގައި އޮންނަ ވޯލްޑް ކަޕަކީ ބަޔަކު މި ކަމުގެ ޚިލާޔުކޮށް، އެމަސައްކަތަށް އަމަލީ ސިފައެއް ގެނައި ފުރަތަމަ ފަހަރު ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ބޭނުމަކީ ޝަރަފުވެރި މުބާރާތް އަމާން އޮމާންކަމާއެކު ކުރިއަށް ގެންދިޔުން ކަމަށާއި، ކަމެއް ގޯސްކޮށް ދާނަމަ އެކަމެއް އެންމެ ފުރިހަމަ އަށް ދެނެގަތުން ކަމަށެވެ. އޭނާ ވިދާޅުވީ ކަމެއް ގޯސްކޮށް ދާނަމަ، ވަގުތުން އެކަމަަކަށް އެޓެންޑުވެ އެކަމެއް ހައްލުކުރުމުގެ ޤާބިލުކަން ވެސް ހުންނާނެ ކަމަށެވެ.

މި ސެންޓަރު ޤާއިމުކޮށްފައި ހުންނަނީ ޤަތަރުގެ ވެރި ރަށް ދޯހާގައި ހުންނަ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް ކައިރީގައެވެ. މި ސެންޓަރުގައި ތިން ޓީމަކަށް ބަހާލައިގެން 80 އަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާނެއެވެ. އެ މީހުންގެ މަސައްކަތަށް އެހީވުމަށް އަށް ސްޓޭޑިއަމްގައި ޖުމުލަ 15،000 (ފަނަރަ ހާސް) ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނާނެއެވެ.

މުބާރާތަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ، ކާމިޔާބު މުބާރާތަކަށް ހެދުމަށް ޤަތަރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު