Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީޓީ އެސޯސިއޭޝަން

ތަމްރީނުތަކަށް ރަފާ، ޝައްފާން އަދި އަޚްޔަރް ކްރޮއޭޝިއާ އަށް ފުރައިފި

ތަމްރީނުތައް ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2022 | އަންގާރަ 02:29
ތަމްރީނުތަކަށް ފުރި ޓީޓީ ކުޅުންތެރިން

ތަމްރީނުތަކަށް ފުރި ޓީޓީ ކުޅުންތެރިން

ތަމްރީނު ތަކެއް ފުރިހަމަ ކުރުމަށް ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިންކަމަށްވާ އައިޝަތު ރަފާ ނާޒިމް، ޝައްފާން އިސްމާއީލް އަދި އަޚްޔަރް ކްރޮއޭޝިއާ އަށް ފުރައިފިއެވެ.

މި ތިން ކުޅުންތެރިން ކްރޮއޭޝިއާ އަށް ފުރާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިއީ ޔޫތު މިނިސްޓްރީ އިން ކުރިއަށްގެންދާ އަރުތަ ޕްރޮގްރާމްގެ ދަށުން ފުރިހަމަ ކުރެވޭ ތަމްރީނުތަކެކެވެ. ދިވެހިން ކުޅުންތެެރިންނަށް މިފަދަ ފުރުސަތުތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާތީ ޓީޓީ އެސޯސިއޭޝަނުން ވަނީ ސަރުކާރާއި، ޔޫތު މިނިސްޓްރީގެ އިތުރުން މިނިސްޓަރު އަޙުމަދު މަޚްލޫފަށް ޝުކުރު ދަންނަވާފައެވެ. ރަފާ، ޝައްފާން އަދި އަޚްޔަރްގެ ތަމްރީނުތައް ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.

މީގެ ކުރިން ވެސް ޤައުމީ ޓީޓީ ޓީމު ވަނީ ކްރޮއޭޝިއާ އަށް ތަމްރީނުތަކެއް ފުރިހަމަކުރުމަށް ގޮސްފައެވެ. އެއީ ރާއްޖޭގެ ޓީޓީ ޓީމު ޔޫރަޕުގައި ތަމްރީނުކުރި ފުރަތަމަ ފަހަރެވެ. އެއީ މި އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ރާއްޖެ އައި ކްރޮއޭޝިއާގެ ޒޮރާންއާ ކުރެވުނު މަޝްވަރާގެ ތެރެއިން ހަމަޖެހުނު ދަތުރެކެވެ. އެފަހަރުގެ ތަމްރީނުތަކަށް ރާއްޖެއިން ދިޔައީ ރަފާ، މަލާކް ބިންތް މުއިއްޒު، މިޝްކާ މުޙައްމަދު އިބްރާހިމްގެ އިތުރުން ޖުމާނާ ނިމާލްއެވެ.

ރާއްޖެއިން އަންނަނީ ޓީޓީގައި ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. އެއާ އެކު ސަރުކާރާއި ޓީޓީ އެސޯސިއޭޝަނާ ގުޅިގެން އަންނަނީ ޓީޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއަހަރު ރާއްޖެ އިން ވަނީ ބައިނަލްއަޤުވާމީ ޓީޓީ މުބާރާތެއް ވެސް ހޯސްޓުކޮށްފައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްޤައުމީ ޓީޓީ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު