Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލޭޝިއާގެ އާންމު އިންތިޚާބު

މެލޭޝިއާގެ ސިޔާސީ ލީޑަރުން އިންތިހާ ވާދަވެރި އިންތިޚާބަށް ކެމްޕޭން ފައްޓަވައިފި

8 ނޮވެމްބަރު 2022 | އަންގާރަ 04:58

މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑިއަށް މެންބަރުން ހޮވުމަށް ކުރިއަށް ގެންދާ އާންމު އިންތިޚާބުގައި، އެއް ޕާޓީއަކަށް ނުވަތަ އެއް ކޯލިޝަނަކަށްވެސް އަޣުލަބިއްޔަތު ކަށަވަރު ނުވާނެ ކަމަށް ބުނޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 8 ނޮވެމްބަރު 2022 | އަންގާރަ 04:58
މެލޭޝިއާގައި އާންމު އިންތިޚާބެއްގެ ވޯޓުލުން އެންމެ ފަހުން ކުރިއަށް ގެންގޮސްފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި

މެލޭޝިއާގައި އާންމު އިންތިޚާބެއްގެ ވޯޓުލުން އެންމެ ފަހުން ކުރިއަށް ގެންގޮސްފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި

ގިނަ ދުވަސްތަކަކަށް ދެމިގެން ގޮސްފައިވާ ސިޔާސީ ހަލަބޮލިކަމުގެ އޮއެވަރެއްގައި ޖެހިފައިވާ މެލޭޝިއާގެ ސިޔާސީ ލީޑަރުން އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކެމްޕޭން ފައްޓަވައިފިއެވެ.

ކުރިއަށް އޮތް އިންތިޚާބަކީ އަދުގެ ބޮޑުވަޒީރު އިސްމާއީލު ޞަބްރީ އާއި ކުރީގެ ސިޔާސީ ޝަޚްސުން ކަމުގައިވާ އަންވަރު އިބްރާހީމް އާއި މުޙްޔިއްދީން ޔާސީން ފަދަ ބޭބޭފުޅުންގެ މެދުގައި ވާދަވެރިކަން ބޮޑު އިންތިޚާބަކަށް ވާނެ ކަމަށް ލަފާ ކުރެވެއެވެ.

މެލޭޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑިއަށް މެންބަރު ހޮވުމަށް ކުރިއަށް ގެންދާ އާންމު އިންތިޚާބުގައި، އެއް ޕާޓީއަކަށް ނުވަތަ އެއް ކޯލިޝަނަކަށްވެސް އަޣުލަބިއްޔަތު ކަށަވަރު ނުވާނެ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކާއި އެނަލިސްޓުންގެ ރަޢުޔު ބުނެއެވެ. އެހެން ކަމުން، މެލޭޝިއާގެ އާ ސަރުކާރު އެކުލަވާލުމަށްޓަކާ، އިދިކޮޅު ކޯލިޝަންތަކުންވެސް އެއްގަލަކަށް އަރަން މަޖުބޫރުވާނެއެވެ.

ނޮވެމްބަރު 19 ވަނަ ދުވަހަށް ތާވަލު ކޮށްފައި ވާ މެލޭޝިއާގެ އާންމު އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޢަދަދު، 21 މިލިއަނަށް އަރާއިރު، ވޯޓުލާ މީހުންގެ މެދުގައި އެންމެ ޙައްސާސްކަން ބޮޑު މައުލޫތަކުގެ ތެރޭގައި ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ މައްސަލައާއި، މި ފަހަކަށް އައިސް ކުރިމަތިލާން ޖެހިފައިވާ ސިޔާސީ ހަލަބޮލިކަމާއި، އިޤްތިޞާދު މަޑު ޖެހުން ފަދަ ކަންކަން ހިމެނެއެވެ.

މެލޭޝިއާގައި އާންމު އިންތިޚާބެއްގެ ވޯޓުލުން އެންމެ ފަހުން ކުރިއަށް ގެންގޮސްފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ކަމަށް ވާ އިރު، އޭގެ ފަހުން އެކަނިވެސް އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމުން 3 ބޭފުޅަކު ވަނީ ފެނިފައެވެ.

މެލޭޝިއާގެ ސިޔާސީ މަސްރަހު އަދި ރޭވިފައި އޮތް ގޮތަށް ބަލާއިރު އިދިކޮޅު ކޯލިޝަންތަކުގައި އިސްކޮށް ތިއްބެވީ، ކުރީގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންއާއި ޒަމާންވީ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ފަދަ ބޭބޭފުޅުންނެވެ. އޭގެ އިތުރުންވެސް ގިނަ ޕާޓީތަކެއް، ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ކުރެއެވެ. އޭގެ ތެރޭގައި، ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދުގެ ޕާޓީއެއްވެސް ހިމެނޭ އިރު، އެކަމަކީވެސް ވޯޓުތައް އިތުރަށް ބައިބައިވެގެންދާނެ ސަބަބެއް ކަމަށް ބެލެވެއެވެ. 

މެލޭޝިއާމެލޭޝިއާ އާންމު އިންތިޚާބު

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
28 ޖޫން 2025

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު
30 އެޕްރީލު 2025

ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

30 އެޕްރީލު 2025
ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
04 އޮކްޓޯބަރު 2024

މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

04 އޮކްޓޯބަރު 2024
މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި
18 ސެޕްޓެމްބަރު 2024

ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގަނެފި

18 ސެޕްޓެމްބަރު 2024
ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގަނެފި
20 ޖުލައި 2024

މެލޭޝިއާގެ ރަސްކަމަށް ބިލިއަނަރ ސުލްތާން އިބްރާހިމް އިސްކަންދަރު އިސްކޮށްފި

20 ޖުލައި 2024
މެލޭޝިއާގެ ރަސްކަމަށް ބިލިއަނަރ ސުލްތާން އިބްރާހިމް އިސްކަންދަރު އިސްކޮށްފި
03 ޖުލައި 2024

ޚިޔާނާތުގެ ހުކުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުން މެލޭޝިއާގެ ނަޖީބަށް ކޯޓުން ކާމިޔާބެއް ނުވި

03 ޖުލައި 2024
ޚިޔާނާތުގެ ހުކުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުން މެލޭޝިއާގެ ނަޖީބަށް ކޯޓުން ކާމިޔާބެއް ނުވި
03 މެއި 2024

މެލޭޝިއާގެ ކޭއެފްސީ އައުޓްލެޓްތައް ބަންދުކޮށްފި

03 މެއި 2024
މެލޭޝިއާގެ ކޭއެފްސީ އައުޓްލެޓްތައް ބަންދުކޮށްފި
02 ފެބުރުއަރީ 2024

ނަޖީބް ރައްޒާޤް ގެ ޖަލުހުކުމް ދެބައިކުޅައެއްބައި ކުޑަކޮށްދީފި

02 ފެބުރުއަރީ 2024
ނަޖީބް ރައްޒާޤް ގެ ޖަލުހުކުމް ދެބައިކުޅައެއްބައި ކުޑަކޮށްދީފި
28 ނޮވެމްބަރު 2023

އެމްއެޗް370: އާއިލާތަކަށް މާލީ ބަދަލު ހޯދުން ކޯޓު މަރުހަލާގައި... މިއީ ހައްލެއްތަ؟

28 ނޮވެމްބަރު 2023
އެމްއެޗް370: އާއިލާތަކަށް މާލީ ބަދަލު ހޯދުން ކޯޓު މަރުހަލާގައި... މިއީ ހައްލެއްތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް