Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއެޗް370

އެމްއެޗް370: އާއިލާތަކަށް މާލީ ބަދަލު ހޯދުން ކޯޓު މަރުހަލާގައި... މިއީ ހައްލެއްތަ؟

އެމްއެޗް370 ގެއްލުނުއިރު އެ ބޯޓުގައި ތިބި 239 މީހުންގެ ތެރެއިން 154 މީހުން ނިސްބަތްވަނީ ޗައިނާއަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2023 | އަންގާރަ 12:07
އެމްއެޗް370 ގައި އާއިލާގެ މެންބަރަކު ގެއްލުނު މީހެއް

އެމްއެޗް370 ގައި އާއިލާގެ މެންބަރަކު ގެއްލުނު މީހެއް

އެއީ މީގެ 10 ވަރަކަށް އަހަރު ކުރިއެވެ. ދުނިޔޭގެ އުތުރު ބިތުގެ ގައުމުތަކަށް، 2014 ވަނަ އަހަރުގެ މާޗް މަހުން 8 ވަނަ ދުވަހަށް ގުނަން ހަމަ ފެށުނީއެވެ. މާ ގިނަ އިރުތަކެއް ނުވެ، ބައިނަލްއަގުވާމީ މީޑިޔާގެ ފަލަ ސުރުޚީތަކަށް ކުއްލި ޚަބަރެއްގެ ގޮތުގައި އަރަންފެށީ، މެލޭޝިއާގެ ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންގަށް ދަތުރުކުރަމުން ދިޔަ މެލޭޝިއާ އެއަރލައިންސް ފްލައިޓް އެމްއެޗް370، ރާޑަރުތަކަށް ގެއްލުނު ވާހަކައެވެ. އޭގެ ފަހުން އަދާ ހަމައަށްވެސް އެ ބޯޓަށް ވީ ގޮތެއް ނޭނގުނުތާ، ބޯޓުން ދަތުރުކުރި މީހެއްގެ ނިޝާނެއްވެސް ނުފެނެއެވެ. އެމްއެޗް370 ގެއްލުނު ހާދިސާއަކީ ޒަމާނީ ވައިގެ އުދުހުންތަކުގެ ތާރީޚު ދުށް، އެންމެ ހިތްދަތި އަދި އެންމެ ހައިރާން ކުރަނިވި ހާދިސާއޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ.

ނިމިގެން މިދާ 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުން 27 ވީ ހޯމަ ދުވަހެވެ. އެމްއެޗް370 އިން ދަތުރުކުރި މީހުންގެ އާއިލާތަކަށް ބަދަލު ދިނުމާގުޅޭ ކޯޓު އަޑުއެހުންތައް، ޗައިނާގެ ވެރިކަން ކުރާ ބެއިޖިންގުގެ ކޯޓެއްގައި ފެށިއެވެ. ދުނިޔޭގެ ލޯތަކަށް އެމްއެޗް370 ގެއްލުނުއިރު އެ ބޯޓުގައި ތިބި 239 މީހުންގެ ތެރެއިން 154 މީހުން ނިސްބަތްވަނީ ޗައިނާއަށެވެ. 

ބޯޓުން ދަތުރުކުރި އެންމެން މަރުވެއްޖެ ކަމަށް ނިންމައި، މެލޭޝިއާގެ ޑިޕާރޓްމަންޓް އޮފް ސިވިލް އޭވިއޭޝަނުން އެކަން އިއުލާންކުރީ 2015 ވަނަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހުއެވެ.

ބެއިޖިންގުގެ ޗާއޯޔޭންގެ ޑިސްޓްރިކްޓް ޕީޕަލްސް ކޯޓުގައި ޑިސެމްބަރ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އަޑުއެހުންތަކުގައި، އެމްއެޗް370އިން ދަތުރުކުރި މީހުންގެ އާއިލާތަކަށް ނިސްބަތްވާ 40 މެންބަރަކު ވާހަކަދެއްކުމަށް ވަނީ ތާވަލު ކޮށްފައެވެ. މިއީ އެއް ހާދިސާއަކާ ގުޅިގެން ކުރިއަށްގެންދާ އަޑުއެހުންތަކެއް ނަމަވެސް، ކޮންމެ ފަސިންޖަރެއްގެ މައްސަލަ ބަލަމުން ދަނީ ވަކި މައްސަލައެއްގެ ގޮތުގައެވެ.

ދައުވާކުރަނީ މެލޭޝިއާގެ ގައުމީ އެއަރލައިންސްގެ އިތުރުން، ވައިގެ އުފެއްދުންތަކުގެ ސިނާއަތުގެ އެންމެ ކުރީގައި އުޅޭ ބޮއިންގް ކުންފުންޏާއި، ބޯޓުގެ އިންޖީނު އުފެއްދި ރޯލްސް-ރޯއިސް ކުންފުންޏާއި، ޖަރުމަނުވިލާތުގެ އެލިއާންޒް އިންޝުއަރެންސާ ދެކޮޅަށެވެ.

ޝަރީއަތް ނިމިގެން ދާއިރު، ބައެއް ފަސެންޖަރުންގެ އާއިލާތަކަށް މާލީ ބަދަލެއް ލިބުން އެކަށީގެންވާނަމަވެސް، އެއީ އާއިލާތަކުން އެންމެ ބޭނުންވާ ގޮތެއް ނޫނެވެ. އާއިލާތަކުގެ އެންމެ ބޮޑު އެދުމަކީ ފަސިންޖަރުންގެ ހަށިތައް ނަމަވެސް ހޯދައި، ބޯޓަށް ވީ ގޮތުގެ ހަގީގަތް ހާމަކުރުމެވެ.

އެމްއެޗް370އާއެކު ގެއްލިފައިވާ ފަސިންޖަރުންގެ އާއިލާތަކުގެ ފަރާތުން ކޯޓުގައި ވަކާލާތުކުރަމުން ދަނީ، ވައިގެ އުދުހުންތަކުގެ ދާއިރާއަށް ޚާއްސަ ގާނޫނީ ވަކީލު، ޗާންގް ޗީވާއީއެވެ.

އާންމު އުސޫލުން، އަމާން ދަތުރަކަށް ފުރި އެމްއެޗް370 ގެއްލުނުތާ 10 އަހަރު ވާން ގާތްވެފައި ވާއިރު، ހާދިސާގެ ޒިންމާ އުފުލާނެ މީހަކު ނެތެވެ. ރާޑަރުތަކަށް ގެއްލި، ބޯޓާ ގުޅުން ކެނޑުނީ ކީއްވެކަމެއް ނޭނގެއެވެ. ނުވިތާކަށް، ބޯޓު އޭރު އޮތް ހިސާބެއްވެސް އެނގުނީއެއް ނޫނެވެ.  

މަދަނީ ބަދަލުގެގޮތުގައި އާއިލާތަކުން ހޯދަން އެދިފައިވާ އަގުތައް އުޅެނީ 10 މިލިއަން ޔުއާންއާ 80 މިލިއަން ޔުއާންއާ ދެމެދުގެ އަދަދުތަކުގައެވެ. އެއީ ގާތްގަނޑަކަށް 1.41 މިލިއަން ޑޮލަރާ 11.28 މިލިއަން ޑޮލަރާ ދެމެދު އަދަދެކެވެ.

ބަދަލު އަގުގެ ބޮޑު ބައެއް ހިއްސާކުރަނީ، އާއިލާތަކުން އުފުލަމުންދާ ނަފްސާނީ ތަކްލީފުތަކެވެ. ނަފްސާނީ ގެއްލުންތަކުގެ ބަދަލުގެ އަގު، 30 މިލިއަން ނުވަތަ 40 މިލިއަން ޔުއާންއަށް އަރައެވެ.

އެމްއެޗް370 އިން ދަތުރުކުރި މީހުންގެ ތެރެއިން 110 މީހެއްގެ އާއިލާއިން ވަނީ، ދައުވާ ލިބޭ 5 ފަރާތަކާ ވާހަކަދައްކައިގެން، ސެޓްލްމަންޓް އުސޫލުން ބަދަލު އަގު ހަމަޖައްސައި، އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެ އާއިލާތަކަށް ބަދަލުގެގޮތުގައި ލިބެނީ 2.5 މިލިއަން ޔުއާންއާ 3 މިލިއަން ޔުއާންއާ ދެމެދު އަދަދެކެވެ.

އެމްއެޗް-370މެލޭޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

30 އެޕްރީލު 2025
މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

04 އޮކްޓޯބަރު 2024
ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގަނެފި

ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގަނެފި

18 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު