Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން

މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

ދައުވާ ކުރުމަށް ފޮނުވާފައިވަނީ މެލޭޝިއާގެ 44 އަހަރުގެ އެން ޖީ ތަމް ލިޕްގެ މައްޗަށް

އަމްނާ އިމާދު
އަމްނާ އިމާދު | 4 އޮކްޓޯބަރު 2024 | ހުކުރު 07:56
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި އެވެ.

ދައުވާ ކުރުމަށް ފޮނުވާފައިވަނީ މެލޭޝިއާގެ 44 އަހަރުގެ އެން ޖީ ތަމް ލިޕް އެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ 3 އޮކްޓޫބަރު 2024 ވީ ބުރާސްފަތި ދުވަހުއެވެ.

ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުތަކުގެ ތެރޭގައި ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ކަސްޓަމްސް އޮފިސަރުންނާއި، ފުލުހުންގެ ބަޔާން ހުށަހަޅާފައިވާއިރު، ލަގެޖުން މަސްތުވާތަކެތި ފެނި، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ކުރިއަށް ގެންދެވުނުމާއި، މޯބައިލް ފޮރެންސިކް ރިޕޯޓް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ނެޓްވޯކެއްގެ މެދުގައި ވާހަކަ ދެކެވި މަޝްވަރާ ކުރެވި ފޮޓޯއާއި މައުލޫމާތު ހިއްސާކުރެވިފައިވާ ކަމަށާއި، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ހުށަހަޅާފައިވެއެވެ. އަދި ޓްރެފިކިންގ މިންގަނޑަށް އަރާވަރަށް މަސްތުވާތަކެތި ފެނިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ހާލަތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ ކ އަށް ރިޔާއަތް ކޮށެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތް ކަމަށް ދެކޭ ސަބަބުގެ ގޮތުގައި ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ ނ ގެ 3 ވަނަ މާއްދާ ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، 4 ވަނަ މާއްދާއިން ޓްރެފިކިން މިންގަނޑަށް އަރާ މިންވަރަށް މަސްތުވާތެކެތި ފެނުމާއި، ޖިނާއީ ބޮޑު މައްސަލައެއްގެ ކެޓަގަރީއަށް ފެތުމާއި، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުން އަދި 6 ވަނަ މާއްދާގެ ގޮތުގައި ރޭވިގެން އިންތިޒާމު ވެގެން މަސްތުވާތަކެތި ވިޔަފާރި ކުރުން ހިމެނެއެވެ.

މި މައްސަލައިގެ ތަހުގީގު ނިމި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓްމެލޭޝިއާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު