Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެލޭޝިއާގެ ކޭއެފްސީ އައުޓްލެޓްތައް ބަންދުުރުން

މެލޭޝިއާގެ ކޭއެފްސީ އައުޓްލެޓްތައް ބަންދުކޮށްފި

ނަމަވެސް ކިއުއެސްއާރު ބްރޭންޑްސް ހޯލްޑިންގްސް އިން ބުނެފައިވަނީ، އިގްތިސާދީ ހާލަތުގެ ސަބަބުން ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލަނީ ކަމަށް

ރާއްޖެ އެމްވީ | 3 މެއި 2024 | ހުކުރު 11:55
‎އިޒްރޭލާ ގުޅުން ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް ހިންގަމުންދާ ކެމްޕޭންގެ ސަބަބުން  ހުޅަނގުގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުން ވަމުންދާ ކަމަށް ރިޕޯޓްތައް ބުނޭ

‎އިޒްރޭލާ ގުޅުން ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް ހިންގަމުންދާ ކެމްޕޭންގެ ސަބަބުން ހުޅަނގުގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުން ވަމުންދާ ކަމަށް ރިޕޯޓްތައް ބުނޭ

އިގްތިސާދީ ސަބަބުތަކާ ހެދި ކަމަށް ބުނެ މެލޭޝިއާގައި ހިންގާ ކޭއެފްސީ އައުޓްލެޓްތައް ބަންދުކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގްބޫލްކަން ހޯދާފައިވާ ކޭއެފްސީ މެލޭޝިއާގައި އޮޕަރޭޓް ކުރާ ފަރާތުން، އައުޓްލެޓްތައް ބަންދުކުރީ އިގްތިސާދީ ސަބަބުތަކަށްޓަކައި ކަމަށް ބުނި ނަމަވެސް، މިތަންތަން ބަންދުކުރީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައާ ގުޅިގެން އިޒްރޭލާ ގުޅުން ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް މެލޭޝިއާގައި ހިންގަމުންދާ ކެމްޕޭންގެ ސަބަބުން ކަމަށް މެލޭޝިއާގެ މީޑިއާ އިން ރިޕޯޓްކޮށްފައިވެއެވެ.

މެލޭޝިއާގެ އާބާދީ 60 އިންސަތައަކީ މުސްލިމުންނެވެ.

މެލޭޝިއާގައި ކޭއެފްސީގެ ވިޔަފާރި ހިންގާ ކިއުއެސްއާރު ބްރޭންޑްސް ހޯލްޑިންގްސް އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮލިޓީ ބްރޭންޑެއްގެ ގޮތުގައި 50 އަހަރަށް ވުރެ ގިނަ ދުވަހު ކޭއެފްސީން މެލޭޝިއާއަށް ޚިދުމަތް ކޮށްފައިވާ ކަމަށާއި، މެލޭޝިއާގެ އިގްތިސާދަށް އެ މުއްދަތުގެ ތެރޭގައި ހިއްސާވެދީފައިވާނެ ކަމަށާއި، 18،000ށް ވުރެ ގިނަ މެލޭޝިއާގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީފައިވާނެ ކަމުގައެވެ. މީގެ ތެރެއިން 85 އިން ސަތައް މީހުންނަކީ މުސްލިމުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އުނދަގޫ އިގްތިސާދީ ހާލަތުގެ ސަބަބުން ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލަނީ ކަމަށް ބަޔާނުގައި ބުނި ނަމަވެސް އޭގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އިޒްރޭލާ ގުޅުން ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް އިސްލާމީ ގައުމުތަކުގައި ހިންގަމުންދާ ކެމްޕޭންގެ ސަބަބުން އެ ގައުމުތަކުގައި ހިންގަމުންދާ ހުޅަނގުގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުން ވަމުންދާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

2023 ގެ ފަހު ކުއަރޓާގައި މެކްޑޮނަލްޑްގެ ވިޔަފާރީގެ ކުރިއެރުން ރެކޯޑް ކުރެވިފައިވަނީ 0.7 އިން ސައްތައިގައެވެ. އޭގެ ކުރީ އަހަރު އެ މުއްދަތުގައި 16.5 އިން ސައްތައިގެ ކުރިއެރުން ރެކޯޑް ކުރެވިފައިވެއެވެ. ވިޔަފާރި ދަށަށް ދިޔަ ސަބަބާ ބެހޭ ގޮތުން މެކްޑޮނަލްޑް އިން ބުނެފައިވަނީ މެދު އިރުމައްޗާއި އިންޑޮނީޝިއާ އަދި މެލޭޝިއާގައި ހިންގާ ބޮއިކޮޓް ކެމްޕޭންގެ ސަބަބުން ކަމުގައެވެ.

މެލޭޝިއާކޭއެފްސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

30 އެޕްރީލު 2025
މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

04 އޮކްޓޯބަރު 2024
ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގަނެފި

ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގަނެފި

18 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު