Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ އިސްތިހާރުކުރުން

އެންޑީޓީވީ ފުޑްގައި ރާއްޖޭގެ ގެސްޓްރޮނޮމީއާ ބެހޭ ހާއްސަ އެޕިސޯޑެއް ދައްކައިފި

މި ޕްރޮގްރާމްގައި ފީޗަރކޮށްފައިވަނީ ލަކްސް ސައުތު އަރި އަތޮޅުގެޝެފް ޑެ ކުއިސީން، ޝެފް މުހައްމަދު ހަނީފް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2022 | ހޯމަ 09:42
އެންޑީޓީވީ ފުޑްގައި ރާއްޖޭގެ ކެއްކުމުގެ ހަރަކާތެއް ދައްކާލަނީ

އެންޑީޓީވީ ފުޑްގައި ރާއްޖޭގެ ކެއްކުމުގެ ހަރަކާތެއް ދައްކާލަނީ

“ފުޑް އެންޑް ފްލޭވަރސް ފްރޮމް ދަ ސަނީ ސައިޑް އޮފް ލައިފް”ގެ ނަމުގައި އެންޑީޓީވީ ފުޑްގައި ރާއްޖޭގެ ގެސްޓްރޮނޮމީއާ ބެހޭ ވަރަށް ހާއްސަ އެޕިސޯޑެއް ބްރޯޑްކާސްޓު ކޮށްފިއެވެ.

މި އެޕިސޯޑް 130 މިލިއަނަށް ވުރެ ގިނަ ގޭބިސީއަށް ފޯރާ، އެންޑީޓީވީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް 20 މިލިއަން ފަހަރު ޑައުންލޯޑުކުރާނެ ކަމަށް ބެލެވެއެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމްގައި ފީޗަރކޮށްފައިވަނީ ލަކްސް ސައުތު އަރި އަތޮޅުގެޝެފް ޑެ ކުއިސީން، ޝެފް މުހައްމަދު ހަނީފްއެވެ. 20 މިނެޓުގެ މި އެޕިސޯޑުގައި ތަފާތު ދިވެހި ކެއުންތައް ބެލުންތެރިންނަށް ތަފްސީލުކޮށް ދައްކާލާދެއެވެ. މިގޮތުން ދިވެހި ކެއުމުގެ ތައާރަފަކާއި، ރާއްޖޭގެ މަޝްހޫރު ކެއުންތައް ފީޗަރކޮށްފައިވެއެވެ. މީގެ ތެރޭގައި ކަނޑު ކުކުޅު، ބަރަބޯ މަސްހުނި، ކޮޕީ ފަތު ސަތަނި، އަދި ގަރުދިޔަ ހިމެނެއެވެ. މީގެ އިތުރުން، ދިވެހިންގެ ކާނާ އުފެއްދުމުގައި ގެންގުޅޭ ދެމެހެއްޓެނިވި އުސޫލުތަކާއި، ދިވެހި ކެއުންބުއިމުން ލިބޭ ސިއްޙީ ފައިދާތަކާއި، އައުޓްޑޯ ކުކިން ތަޖުރިބާ އާއި ތާޒާ 'ފާމް-ޓު-ފޯކް' ތަޖުރިބާތަކުގެ ތަފްސީލުތައް ބެލުންތެރިންނަށް ގެނެސްދެއެވެ. ޝެފް ހަނީފްއާއެކެ ލަކްސް ސައުތު އަރި އަތޮޅުގެ މެނޭޖަރު މަސްދޫގު ސައީދު ވަނީ ކަލިނަރީ ސީންގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. މި އެޕިސޯޑް ޑިޖިޓަލްކޮށް އެންޑީޓީވީ, އެންޑީޓީވީފުޑް ޑޮޓްކޮމް އާއި އެ ޗެނަލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި (ޔޫޓިއުބް، ޓްވިޓާ އަދި ފޭސްބުކް) ޕްރޮމޯޓް ކުރަމުންދެއެވެ.

އެންޑީޓީވީ އަކީ އިންޑިއާގެ ނިއުސް ޓީވީ އާއި ޑިޖިޓަލް ޖާނަލިޒަމްގެ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިންގަމުންދާ ޗެނަލެކެވެ. މި ގެސްޓްރޮނޮމީ އެޕިސޯޑަކީ ޓީވީ ފަދަ ހައި އިމްޕެކްޓް ޗެނަލްތަކުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ އެޕިސޯޑެކެވެ. ތަފާތު ކެއުންތައް ހޯދުމަށް ކެތްމަދުވެފައިވާ އިންޑިއާގެ ބާޒާރަށް ރާއްޖޭގެ ކެއުންތަކާއި ސަގާފީ ރަހަތަކުގެ ޚާއްޞަކަން ޕްރޮމޯޓް ކުރުމަށް މި އެޕިސޯޑުގެ ޒަރިއްޔާއިން އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ކެއުންބުއިން އެންޑީޓީވީ ފުޑްގައި ފީޗާކޮށްފައި މިވަނީ އިންޑިއާ މާކެޓަށް ހާއްސަކޮށް އެމްއެމްޕީއާރުސީއިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީއާ އެއްގޮތްވާ ގޮތައް ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ އޮންލައިން އަދި އޮފްލައިންކޮށް، ގިނަ ޕްލެޓްފޯމްތަކެއް މެދުވެރިކޮށް އިންޑިއާގެ ބޮޑެތި ހުރިހާ ސިޓީއެއްގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ޕްރޮމޯޓުކުރުމަށެވެ. މި ސްޓްރެޓެޖީގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ޕްރޮޑަކްޓްތަކާއި ތަފާތު ސެގްމަންޓުތައް އިންޑިއާގެ ލަގްޒަރީ، ރޮމޭންޓިކް އަދި ބަޖެޓް ފަތުރުވެރިންގެ މެދުގައި ޕްރޮމޯޓުކުރުމަށް އެހީތެރިވެދޭނެއެވެ.

އިންޑިއާއަކީ 2021 ވަނަ އަހަރު 278،740 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ރާއްޖޭގެ ޓޮޕް މާކެޓެވެ. އެއީ އެ އަހަރުގެ ޖުމްލަ އެރައިވަލްސްއަށް ބަލާއިރު %22.6 ގެ މާކެޓް ހިއްސާއެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު، އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ އެންމެ ބޮޑުސޯސް މާކެޓެވެ. އޮކްޓޫބަރުގެ 2022 ގެ ނިޔަލަށް އިންޑިއާ އިން ރާއްޖެއަށް 186,388 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. އެމްއެމްޕީއާރުސީ އިން ވަނީ މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް މާކެޓިން ކެމްޕޭންތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، އިންޑިއާ މާކެޓަށް އަމާޒުކޮށް ބާއްވާ ބޮޑެތި ފެއަރ އަދި އެގްޒިބިޝަންތަކުގައި ބައިވެރިވެފައެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ސަރުކާރުގެ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

އެމްއެމްޕީއާރްސީމިނިސްޓްރީ އޮފް ޓުއަރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު