Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

ޗެލްސީ އަތުން މޮޅުވުމުން އާޓެޓާ ޝުކުރު އަދާކުރީ މެންޗެސްޓަރ ޔުނައިޓެޑަށް!

އާޓެޓާ ބުނީ ޔުނައިޓެޑުގެ ދަނޑުގައި 1-3 އިން އާސެނަލް ބަލިވި މެޗުން ރަނގަޅު ފިލާވަޅުތަކެއް ލިބުނު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ނޮވެމްބަރު 2022 | ހޯމަ 03:08
އާސެނަލްގެ ކޯޗު އާޓެޓާ

އާސެނަލްގެ ކޯޗު އާޓެޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ބަލިކޮށް ތާވަލްގެ އެއް ވަނަ އަށް އެރުމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ މެންޗެސްޓަރ ޔުނައިޓެޑަށް ޝުކުރު އަދާކޮށްފިއެވެ.

އާޓެޓާ ބުނީ ޔުނައިޓެޑުގެ ދަނޑުގައި 1-3 އިން އާސެނަލް ބަލިވި މެޗުން ރަނގަޅު ފިލާވަޅުތަކެއް ލިބުނު ކަމަށާއި، އެކަމަށް ޔުނައިޓެޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ދެ ޕޮއިންޓުގެ ލީޑަކުން ލީގު ތާވަލްގެ އެއް ވަނައިގައި އޮތް އާސެނަލް މި ސީޒަންގައި ބަލިވީ އެންމެ މެޗަކުންނެވެ. 13 މެޗު ކުޅުނު އިރު، 11 މެޗުން މޮޅުވެ، އެއް މެޗު އެއްވަރުވިއެވެ.

އާޓެޓާ ބުނީ އެ މެޗުގައި އާސެނަލަށް މަދުވީ ޑިސިޕްލިން ކަމަށެވެ. އެެޗުގެ ނަތީޖާ އިން ރަނގަޅު ފިލާވަޅުތަކެއް ލިބުނުކަން ފާހަގަކޮށް އޭނާ ބުނީ، އެ މެޗުގައި ވެސް ރަނގަޅަށް ކުޅެވުނު ކަމަށާއި ނަތީޖާ ނެރެން އުނދަގޫވީ ކަމަށެވެ.

މީގެ އިތުރުން އާޓެޓާ ބުނީ އާސެނަލުން ބޭނުންވަނީ ލީގު ތާވަލްގެ ކުރީގައި އޮންނަން ކަމަށާއި ނަމަވެސް އެއީ އުނދަގޫ ކަމެއް ކަމަށެވެ. އާޓެޓާ ފާހަގަ ކުރި ގޮތުގައި ޗެލްސީގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅެ، ކުޅުންތެރިން ދެއްކި ކުޅުމަކީ ބޮޑު ޗެލެންޖެއް ކަމަށެވެ. މެޗުގައި އާސެނަލްގެ ކުޅުންތެރިން ރަނގަޅަށް ކުޅުނުކަން ފާހަގަކޮށް އާޓެޓާ ބުނީ އެއީ އާސެނަލަށް މޮޅުވާން ހައްގު މެޗެއް ކަމަށެވެ.

އާޓެޓާ ބުނީ ޗެލްސީގެ ދަނޑުގައި މޮޅުވުމަކީ ބޮޑު ކަމެއް ކަމަށާއި އެ މެޗުން މޮޅުވުމަކީ ކުރިއަށް އެޅުމު ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އޭނާ ބުނީ އާސެނަލްގެ ކުޅުންތެރިން ސާބިތުކޮށްދިނީ މަތީ ފަންތީގެ ޓީމުތަކާ ދެކޮޅަށް އެ ކުޅުންތެރިންނަށް ޕްރެޝަރުގައި ކުޅެވޭނެކަމެވެ.

ލީގު ތާވަލްގެ އެއް ވަނައިގައި އާސެނަލް އޮތީ 13 މެޗުން 34 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި ޗެމްޕިއަން މެންޗެސްޓަރ ސިޓީ އޮތީ 13 މެޗުން 32 ޕޮއިންޓާއެކުއެވެ.

އާސެނަލްމިކޭލް އާޓެޓާމެންޗެސްޓަރ ޔުނައިޓެޑް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
02 ނޮވެމްބަރު 2025

ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

02 ނޮވެމްބަރު 2025
ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
30 އޮކްޓޯބަރު 2025

ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް

30 އޮކްޓޯބަރު 2025
ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު