Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު ލަންކާ ތަމްސީލުކުރެއްވުން

އެހެން ޤައުމެއް ތަމްސީލު ކުރެއްވުމުން ނަޝީދުގެ ހިތްޕުޅުގައި ރާއްޖެ އަށް އޮތް ގަދަރު ކުޑަކަން ހާމަވޭ: އެމްއާރުއެމް

ރައީސް ނަޝީދު އެހެން ޤައުމެއް ތަމްސީލު ކުރެއްވުން ބަލައި ނުގަންނާނެ ކަމަށް އެމްއާރުއެމް އިން ބުނި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ނޮވެމްބަރު 2022 | ހޯމަ 02:46
ސިޔާސީ މަސައްކަތަކީ ނަޒާހަތްތެރިކަމާ އެކު ކުރެވިދާނެ މަސައްކަަތެއްކަން ސާބިތު ކޮށްދޭނަން: ފާރިސް

ސިޔާސީ މަސައްކަތަކީ ނަޒާހަތްތެރިކަމާ އެކު ކުރެވިދާނެ މަސައްކަަތެއްކަން ސާބިތު ކޮށްދޭނަން: ފާރިސް

މިހާރު ކުރިއަށްދާ ކޮޕް27 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެހެން ޤައުމެއް ތަމްސީލް ކުރެއްވުމުން އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެ އަށް އޮތް ގަދަރު ކުޑަކަން ހާމަވާ ކަމަށް މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެ ޕާޓީ އިން މިހެން ބުނީ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައެވެ. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި އެމްއާރުއެމް އިން ވަނީ ރައީސް ނަޝީދު ކޮޕް27 ގައި އެހެން ޤައުމެއް ތަމްސީލު ކުރައްވާތީ އެކަން ކުށްވެރިކޮށްފައެވެ.

Advertisement - newsAdvertisement

އެ ބަޔާނުގައި އެމްއާރުއެމް އިން ބުނީ އެ ޕާޓީ އިން ދެކޭ ގޮތުގައި ރައީސް ނަޝީދު އެހެން ޤައުމެއް ތަމްސީލުކުރެއްވުމަކީ ދިވެހި ދައުލަތުގެ މަސްލަހަތާ ފުށުއަރާ، ޤާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ރޫހާ ޚިލާފު އަދި މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ޚިލާފު އަމަލެއް ކަމަށެވެ. އަދި އެކަން އެ ޕާޓީ އިން ބަލައިިނުގަންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްއާރުއެމް އިން ބުނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއިން ވެސް ބައިވެރިވާ ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެހެން ޤައުމެއްގެ މަންދޫބެއްގެ ގޮތުގައި ވަޑައިގަތުމަކީ ރައީސް ނަޝީދުގެ ހިތްޕުޅުގައި ރާއްޖެ އަށް އޮތް ގަދަރު ކުޑަކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ރައީސް ނަޝީދު ކޮޕް27 ގައި ތަމްސީލު ކުރައްވަނީ އަވައްޓެރި ސްރީލަންކާއެވެ. އެމަނިކުފާނުގެ އެ ނިންމެވުމާ އެކު ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ.

މިއަހަރުގެ ކޮޕް ސަމިޓުގައި ރާއްޖެއިން ވެސް ބައިވެރިވެއެވެ. ރާއްޖެ އިން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ކުރީގެ ރައީސް، މުހައްމަދު ނަޝީދުކޮޕް-27 ސަމިޓް

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު