Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ އިސްތިހާރުކުރުން

ރާއްޖޭގެ މެހެމާންދާރީ އާއި ޓޫރިޒަމް ޕްރޮޑަކްޓްތައް އަދި ތަފާތު ތަޖުރިބާތައް ވިއޯން ޓްރެވަލާގެ ޚާއްސަ އެޕިސޯޑް، ޑިސްކަވަރިން ދަ މޯލްޑިވްސްގައި ދައްކާލައިފި

މި ހާއްސަ އެޕިސޯޑުގައި ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ސިޔާމް ވޯލްޑް، ގެސްޓްހައުސް ކާނި ޕާމް ބީޗް, އަދި ލިވްއަބޯޑް، މޯލްޑިވްސް ލެޖެންޑް ކްރޫޒް ވަނީ ފީޗަރކޮށްފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ނޮވެމްބަރު 2022 | އާދީއްތަ 11:11
އެމްއެމްޕީއާރުސީން ވަނީ ވިއޯންގައި ރާއްޖެ ދައްކާލާފައި

އެމްއެމްޕީއާރުސީން ވަނީ ވިއޯންގައި ރާއްޖެ ދައްކާލާފައި

ދަ ސަނީ ސައިޑް އޮފް ލައިފްގެ ތަފާތު ތަޖުރިބާތައް ވިއޯން ޓްރެވަލާގެ ހާއްސަ އެޕިސޯޑް، ޑިސްކަވަރިން ދަ މޯލްޑިވްސްގައި ދައްކާލައިފިއެވެ.

ވިއޯންގެ ޗެނަލްތަކުގައި ދެއްކި މި އެޕިސޯޑުގެ ރިޕީޓް 30 އޮކްޓޫބަރު އަދި 6 ނޮވެންބަރުގައި ވަނީ ދައްކާފައެވެ. މި ފީޗަރގެ ސަބަބުން ރާއްޖޭގެ އެކިއެކި ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް (ރިސޯޓް، ހޮޓަލް، ގެސްޓްހައުސް އަދި ލައިވްބޯޑް) ޕްރޮމޯޓްކޮށް، ރާއްޖޭގެ ޖަޒީރާ ރަށްތަކުން ފަތުރުވެރިންނަށް ލިބޭ ސަލާމަތާއި ރައްކާތެރިކަން މާކެޓްކޮށް، މަންޒިލުގެ ތަފާތު ތަޖުރިބާތައް ޕްރޮމޯޓްކުރެވޭނެއެވެ.

Advertisement - newsAdvertisement

2016 ވަނަ އަހަރު އުފެދުނު ވިއޯން ޗެނެލް (ޒީ ނެޓްވޯކް) އިން އިންޑިއާގެ ގާތްގަނޑަކަށް 4 މިލިއަން މީހުންނާ ހަމައަށް ވާސިލްވެ، އިންޑިއާގެ ދަތުރުފަތުރަށް ލޯބިކުރާ ފަރާތްތަކަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ވެބްސައިޓްތަކުގައި އަމިއްލަ ޕްރެސެންސެއް އެބައޮތެވެ. ވިއޮން ޓްރެވަލާ އަކީ އިންޑިއާގައި ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ޕްރޮގްރާމެކެވެ. އެ ޗެނަލްގެ ޔޫޓިއުބްގައި 5.51 މިލިއަން ސަބްސްކްރައިބަރުން ތިބޭއިރު، އެ ފަރާތުގެ ވެބްސައިޓަށް މަހަކު ގާތްގަނޑަކަށް 2،986،650 ޕޭޖް ވިއުސް ލިބެއެވެ. މި ހާއްސަ އެޕިސޯޑުގައި ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ސިޔާމް ވޯލްޑް، ގެސްޓްހައުސް ކާނި ޕާމް ބީޗް, އަދި ލިވްއަބޯޑް، މޯލްޑިވްސް ލެޖެންޑް ކްރޫޒް ވަނީ ފީޗަރކޮށްފައެވެ. އަދި މި އެޕިސޯޑް ހޮސްޓްކޮށްފައި ވަނީ ޓެކްނޮލޮޖީ، ޓްރެވަލް، އަދި މުނިފޫހިފިލުވުމުގެ ސިނާއަތްތަކުގެ ތެރެއިން ތަފާތު ފީޗަރ ޝޯތައް ޕްރޮޑިއުސްކޮށް ހޯސްޓްކުރާ ވިއޯއެންގެ ސީނިއާ އެންކަރެއް ކަމަށްވާ އަންކިޓް ޓޫޓެޖާއެވެ.

މިއީ އިންޑިއާ މާކެޓަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ކުރެވުނު މަސައްކަތެކެވެ. މި ސްޓްރެޓަޖީ ބިނާވެފައިވަނީ އޮންލައިން އަދި އޮފްލައިން ގިނަ ޕްލެޓްފޯމްތަކެއް މެދުވެރިކޮށް އިންޑިއާގެ ބޮޑެތި ހުރިހާ ސިޓީތަކެއްގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ޕްރޮމޯޓުކުރުމަށެވެ. އަދި އިންޑިއާ މާކެޓުގައި ރާއްޖެއިން ކޭޓާކުރާ ފަތުރުވެރިކަމުގެ ސެގްމެންޓުތަކާއި، ޕްރޮޑަކްޓްތައް އިތުރަށް އިޝްތިހާރުކުރުމުގެ މައްޗަށެވެ. މި އުފެއްދުންތަކާއި ސެގްމަންޓްތައް މާކެޓް ކުރަނީ އިންޑިއާގެ މާކެޓުން ލަގްޒަރީ، ރޮމޭންޓިކް، ނުވަތަ ބަޖެޓް ޓްރެވަލް އޮޕްޝަންތައް ހޯދަން ބޭނުންވާ ފަރާތްތައް ހިމެނޭ ގޮތަށް ތަފާތު އޯޑިއަންސް ތަކަށެވެ.

އިންޑިއާއަކީ 2021 ވަނަ އަހަރު 278،740 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ރާއްޖޭގެ ޓޮޕް މާކެޓެވެ. އެއީ އަހަރުގެ ޖުމްލަ އެރައިވަލްސްގެ %22.6 އެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު، އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ އެންމެ ބޮޑު ސޯސް މާކެޓެވެ. 22 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 186,38  އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. އެމްއެމްޕީއާރުސީއިން ދަނީ މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް މެދުކެނޑުމެއްނެތި މާކެޓިން ކެމްޕޭންތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތައް ފަދަ ހަރަކާތްތައް ހިންގުމުގެ އިތުރުން އިންޑިއާ މާކެޓަށް އަމާޒުކޮށް ބާއްވާ ބޮޑެތި ފެއަރ އަދި އެގްޒިބިޝަންތަކުގައި ބައިވެރިވަމުންނެވެ.

އެމްއެމްޕީއާރްސީވަޔަންމިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު