ކ. މާލެ
|
4 ނޮވެންބަރ 2022 | ހުކުރު 14:22
މަންކީޕޮކްސް އަށް ޓެސްޓުކުރުމުގެ މަރުހަލާގެ ތެރެއިން
މަންކީޕޮކްސް އަށް ޓެސްޓުކުރުމުގެ މަރުހަލާގެ ތެރެއިން
ރޮއިޓަރސް
މަންކީޕޮކްސް
ސްރީލަންކާ އިން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ފެނިއްޖެ
 
މަންކީ ޕޮކްސް ފެނިފައިވަނީ އުމުރުން 20 އަހަރުގެ މީހެއްގެ ގައިން

ސްރީލަންކާ އިން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ފެނިއްޖެއެވެ.

ހެލްތް ސަރވިސަސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ހެމަންތާ ހެރަތް ވިދާޅުވީ މި މީހާއާ ބެހޭ މައުލޫމާތުތަކާއި ހޯދި ހޯދުންތައް އެއް ދުވަސް ފަހުން ހެލްތު ސަރވިސަސްގެ ޑިރެކްޓަރު ޖެނެރަލް އާންމު ކުރައްވާނެ ކަމަށެވެ.

ބޭރު މީޑިއާތަކުން ހެލްތު މިނިސްޓްރީގެ ބައެއް މީހުންނާއި ހަވާލާދީ ބުނެފައިވަނީ މަންކީޕޮކްސް ފެނިފައިވަނީ ދުބާއިން ލަންކާ އަށް އެތެރެވި އުމުރުން 20 އަހަރުގެ މީހެއްގެ ގައިން ކަމަށެވެ.

މަހެއްހާ ދުވަސް ވަންދެން އުފުލެމުންދިޔަ ކޭސް ނަމްބަރުތަކަށް މަޑު ޖެހުން އައިސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓްކުރި މަންކީޕޮކްސް ބަލީގެ ކޭސްތަކުގެ ނިސްބަތް، އޮގަސްޓް މަހު 21 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފައެވެ.

މަންކީޕޮކްސްއަކީ ބައިނަލްއަގުވާމީ ފެންވަރުގައި އުފެދިފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ދަރަޖައިގެ ބަލިމަޑުކަމެއް ކަމުގައި ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 96 ޤައުމަކުން މަންކީޕޮކްސް 41000 އަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައިވާއިރު، އެ ބަލީގައި 12 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ރޮއިޓަރސް އިން ވަނީ ރިޕޯޓްކޮށްފައެވެ. މަންކީޕޮކްސްގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް މި ފަހުން ރިޕޯޓްކޮށްފައި ވަނީ އެމެރިކާ އިންނެވެ. 

ޑަބްލިއުއެޗްއޯ އިން އެންމެ ފަހުން އާންމު ކޮށްފައިވާ އެޕޮޑެމިއޮލޮޖިކަލް ރިޕޯޓްގައި ބުނާ ގޮތުން، ކޭސް ނަމްބަރު ދަށްވުމަކީ، ވިލާތު ސަރަހައްދުގައި ފެތުރެމުންދިޔަ ބަލިމަޑުކަމަށް ލުޔެއް ލިބުން ކަމުގައި ވެދާނެ ކަމަށެވެ. 

ކަން މިހެން އޮތް އިރު، ހަފުތާ ތެރެ އަށް ބަލާއިރު ކޭސް ނަމްބަރު އިތުރުވި 24 އަކަށް ޤައުމު ވެސް އެބަވެއެވެ. ކޭސް ނަމްބަރު އެންމެ ބޮޑަށް އިތުރުވި ޤައުމުތަކުގެ ލިސްޓަށް ބަލާއިރު އެންމެ ކުރީގައި އޮތީ އެމެރިކާއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކުރި މަންކީޕޮކްސް ބަލީގެ ކޭސްތަކަށް ބަލާއިރު 34 ޕަސެންޓް ހިއްސާ ކުރަނީ އެމެރިކާ އިންނެވެ.

މަންކީޕޮކްސް އިން ރައްކާތެރިވުމަށް ބޭނުން ކުރާ ވެކްސިން ލިބުން ވެސް މިހާރު ވަނީ ދަތިވެފައެވެ. އެމެރިކާއަށް އެ ތަކުލީފު އުފުލަން ޖެހިފައިވާއިރު، ލިބެން ހުރި ވަސީލަތްތަކެއްގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ކުރުމަށްޓަކައި އެމެރިކާ އިން މިވަގުތު ދެމުން ދަނީ ކުޑަ ޑޯޒްއެއް ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ. މަންކީޕޮކްސް އަށް ހާއްސަކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން ރެގިއުލޭޓަރުން ރުހުން ދީފައިވާ ހަމައެކަނި ވެކްސިނަކީ ބަވޭރިއަން ނޯޑިކުން އުފައްދާފައިވާ ވެކްސިނަކަށް ވާއިރު، ކުޑަ ޑޯޒްއެއް ދިނުމުގެ ސަލާމަތްތެރިކަމާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. 

ޑަބްލިއުއެޗްއޯ އިން ދަނީ ލިބެން ހުރި ވެކްސިންތައް ބަލާ، ކުޑަ ޑޯޒް ދިނުމާ ގުޅޭ ކަންކަން ގާތުން ބަލަމުންނެވެ. އަދި ކުޑަ ޑޯޒްއެއް ދިނުމުގެ އަސަރުތައް ވަޒަންކޮށް، އެކަމާ ބެހޭ މަޝްވަރާތައް ކުރުމަށް، ތަޖުރިބާކާރުންގެ ޓީމަކުން އޮކްޓޯބަރު މަހުގެ ކުރީކޮޅު ބައްދަލު ކުރާނެ ކަމަށް ވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލަކު ވަނީ ހާމަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް