Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީ ލަންކާ

ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ އައިސީޔޫ ގައި އެޑްމިޓް ކޮށްފި

ޚިޔާނާތުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ޞިއްޙީ ހާލަތު ގޯސްވެ، މިހާރު ވަނީ ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްފައެވެ. ދައުލަތުގެ 16.6 މިލިއަން ރުޕީސް ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އޭނާ، އޯގަސްޓް 26 އާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ރާއްޖެ އެމްވީ | 23 އޯގަސްޓު 2025 | ހޮނިހިރު 16:16
ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކޮށް އޮގަސްޓް 26 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ކުރުމަށް ކޮލަމްބޯގައި ހުންނަ ފޯޓް ކޯޓުން އަމުރު ކުރުމުން ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރެމެސިންހަ ޖަލު ބަހެއްގައި ގެންދަނީ -  އޮގަސްޓް 22، 2025

ޚިޔާނާތުގެ ތުހުމަތުގައި ރިމާންޑް ޖަލު ބަންދުގައި ހުންނެވި ލަންކާ ގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ، މިހާރު ވަނީ ކޮލޮމްބޯގެ ނޭޝަނަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ) ގައި އެޑްމިޓް ކޮށްފައިވާ ކަމަށް ހޮސްޕިޓަލުގެ ފަރާތްތަކާ ހަވާލާދީ ލަންކާގެ މީޑިއާ ރިޕޯޓު ތަކުން ކަށަވަރު ކޮށްދީފިއެވެ.

ވިކްރަމަސިންހަ ޖަލު ހޮސްޕިޓަލުން ނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކުރެވުނީ، ޖަލު ހޮސްޕިޓަލުގައި ނުލިބޭ ޚާއްޞަ ފަރުވާއެއް ބޭނުންވާކަން ދައްކުވައިދޭ މެޑިކަލް އެސެސްމަންޓްތަކެއްގެ ފަހުގައެވެ.

ކޯޓު އަމުރެއްގެ ދަށުން ކުރީގެ ރައީސް ބިޑި އަޅުވައިގެން ހުކުރު ދުވަހުގެ ރޭ ޖަލަށް ގެންދިއުމަށް ފަހު، ޖަލު ހޮސްޕިޓަލަށް ގެންދިޔައީ، ގިނަ ޞިއްޙީ މައްސަލަތަކެއް ހުރިކަމަށް ބުނެއެވެ.

ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ގެ މައްޗަށް ތުހުމަތު ކުރެވުނީ އިތުރު، 10 މީހުންގެ ބަޔަކާ އެކު އަމިއްލަ ބޭނުމަކަށް ކުރެއްވި ބޭރު ދަތުރެއްގައި 16.6 މިލިއަން ސްރީ ލަންކަން ރުޕީސް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށެވެ.

މި މައްސަލައިގައި ހުކުރު ދުވަހު ކޮލޮމްބޯ ފޯޓް މެޖިސްޓްރޭޓް ނިލުޕުލި ލަންކަޕޫރާ އޭނާ އޯގަސްޓް 26 އާ ހަމައަށް ބަންދުގައި ބަހައްޓަން ވަނީ އަމުރު ކޮށްފައެވެ.

ބީބީސީ ސިންހަލަ އިން ބުނާ ގޮތުގައި، 76 އަހަރުގެ ރަނިލް ވިކްރަމަސިންހަ ރައީސްކަމުގައި ހުންނެވި މުއްދަތުގައި 23 ބޭރު ދަތުރު ކުރައްވާފައިވެއެވެ. މި ދަތުރުތަކަށް 600 މިލިއަން ސްރީލަންކަން ރުޕީސް އަށް ވުރެ ގިނަ އަދަދެއް (2 މިލިއަން އެމެރިކާ ޑޮލަރު) ޚަރަދުވެފައިވެއެވެ.

ނިއުސް އެޖެންސީ އޭއެފްޕީ އިން ރިޕޯޓުކުރާ ގޮތުގައި، ހުކުރު ދުވަހު އޭނާ ހައްޔަރުކުރެވުނީ 2023 ވަނަ އަހަރު ކިއުބާގައި ބޭއްވުނު ޖީ77 ސަމިޓަކަށްފަހު އެނބުރި ވަޑައިގަންނަވަމުން އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅަކާ ގުޅިގެންނެވެ.

އެ ދަތުރުގައި، އޭނާ އާއި އޭނާގެ އަނބިކަނބަލުން ވޯލްވަރހެމްޕްޓަން ޔުނިވަރސިޓީގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސްރީ ލަންކާގެ ސީއައިޑީ އިން ތުހުމަތު ކުރަނީ މިއީ އަމިއްލަ ދަތުރެއް ކަމަށާއި، މި ދަތުރަށް ދައުލަތުގެ ފައިސާ ބޭނުން ކުރެވުނު ކަމަށެވެ.

ނަމަވެސް ވިކްރަމަސިންހަ ވަނީ މިކަން ދޮގު ކުރައްވާފައެވެ.

މަސްދަރު: ޑެއިލީ މިރަރ، ބީބީސީ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު