Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު18/30 ފުޓްސަލް ފިއެސްޓާ

ބޮޑު މޮޅަކާއެކު ސިފައިން ޗެމްޕިއަންކަން ހޯދައިފި

މިއީ ސިފައިން ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަަހަރު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 4 ނޮވެމްބަރު 2022 | ހުކުރު 02:14
ސިފައިންގެ ކުޅުންތެރިން ތަށި އުފުލާލަލީ

ސިފައިންގެ ކުޅުންތެރިން ތަށި އުފުލާލަލީ

ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން, 18/30 ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ސިފައިން ހޯދީ މިދިޔަ ތިން އަހަރުގެ ޗެމްޕިއަން އެމްޕީއެލް 10-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހާ ސިފައިންނަށް ކުރިހޯދައިދިނީ ފާތިމަތު ތީބާއެވެ. މެޗުގައި އިތުރު ލަނޑެއް ޖަހާ އޭނާ ހެޓްރިކް ހެދިއެވެ. ސިފައިންގެ ސަބީނާ ހަތުން ހަތަރު ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ. މެޗުގައި ދެން ސިފައިންނަށް ލަނޑުތައް ޖަހައިދިނީ ކެޕްޓަން އާމިނަތު ޒާހިޔާ އާއި މަރިޔަމް ރިފާ އާއި ސުމައްޔާއެވެ. އެމްޕީއެލްގެ ދެ ލަނޑު ޖެހީ ކީޕަރު ސަސިޕުރަފާ ސުކުސެންއެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ އެ ޓީމަށް ލިބުނު ދުރު ޕެނަލްޓީންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ކްލަބްގެ ސަބީނާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހީ ވެސް ސިފައިންގެ ކްލަބްގެ ސަބީނާއެވެ. ފެއަރޕްލޭ ކުޅުންތެރިއަކީ ފައިނަލް މެޗުގައި ހެޓްރިކް ހެދި ތީބާއެވެ. ފެއަރޕްލޭ ޓީމަކީ ވެމްކޯއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ސިފައިންގެ ސަބީނާ އާއި ސުމައްޔާ އާއި ސާއިގާ އާއި އެމްޕީއެލްގެ ސާލިޔާ އަދި ނަތަމޯން އަތުކުލާއެވެ.

ކްލަބް މޯލްޑިވްސް

އިތުރަށް ކިޔާލަން

13 އޯގަސްޓު 2023

ބީއެމްއެލް އާއި ވެމްކޯ ސެމީއަށް

13 އޯގަސްޓު 2023
ބީއެމްއެލް އާއި ވެމްކޯ ސެމީއަށް
12 އޯގަސްޓު 2023

ޓީމް ޚާރިޖީއާއި ކްލަބް 220 ސެމީއަށް

12 އޯގަސްޓު 2023
ޓީމް ޚާރިޖީއާއި ކްލަބް 220 ސެމީއަށް
11 އޯގަސްޓު 2023

ޑީޖޭއޭ އާއި ޓްރާންސްޕޯރޓް ސެމީއަށް

11 އޯގަސްޓު 2023
ޑީޖޭއޭ އާއި ޓްރާންސްޕޯރޓް ސެމީއަށް
08 އޯގަސްޓު 2023

ކްލެސިކް މުބާރާތުގެ ކްއާޓާ ފައިނަލްގެ ޖާގަތައް ޔަޤީންވެއްޖެ

08 އޯގަސްޓު 2023
ކްލެސިކް މުބާރާތުގެ ކްއާޓާ ފައިނަލްގެ ޖާގަތައް ޔަޤީންވެއްޖެ
07 އޯގަސްޓު 2023

އެޓީން ތާރޓީ: ޕޮލިހާއި ފެނަކަ ޕޮއިންޓްގެ ގޮތުން އެއްވަރު

07 އޯގަސްޓު 2023
އެޓީން ތާރޓީ: ޕޮލިހާއި ފެނަކަ ޕޮއިންޓްގެ ގޮތުން އެއްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު