Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ގަތަރުން ނެގީ ވަރުގަދަ ޗެލެންޖެއް، ބޭނުމަކީ އެމީހުންގެ ކުޅަދާނަކަން ސާބިތުކޮށްދިނުން

3 ނޮވެމްބަރު 2022 | ބުރާސްފަތި 17:30

އެމީހުން ބޭނުންވަނީ ތަފާތު އައު ކަންތައްތަކާއެކު، މުބާރާތް ކާމިޔާބުކަމާއެކު ބާއްވަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ނޮވެމްބަރު 2022 | ބުރާސްފަތި 17:30
ޓީމުތައް ތިބޭ ހޮޓެލް

ޓީމުތައް ތިބޭ ހޮޓެލް

ގަތަރުގައި މި މަހުގެ 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕް މުބާރާތަކީ މިހާތަނަށް ބާއްވާނެ އެންމެ ތަފާތު އެއް މުބާރާތެވެ.

އެތައް ގޮތަކުންނެވެ. މިއީ އަރަބި އިސްލާމީ ގައުމެއްގައި މި ޝަރަފުވެރި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ އާންމުކޮށް މުބާރާތް އޮންނަ ދުވަސްވަރު ނޫން އެހެން ދުވަސްވަރެއްގައި މުބާރާތް ބާއްވާނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން, އަހަރުގެ މެދުތެރޭގައި މުބާރާތް ބާއްވަމުން އައިނަމަވެސް، އެ ދުވަސްވަރަކީ ގަތަރަށް ހޫނުގަދަ ދުވަސްވަރަކަށް ވުމުން މުބާރާތް އަހަރުގެ މެދުތެރެއަށް ބަދަލުކުރީއެވެ.

އަހަރުގެ އެހެން ދުވަސްވަރަށްވުރެ އެ ދުވަސްވަރު ގަތަރަށް ފިނިވާނެއެވެ. ނަމަވެސް، އެ ދުވަސްވަރުވެސް ހޫނުގެ އަސަރުކޮށް، ކުޅުންތެރިންނަށް އުނދަގޫ ވެދާނެތީ ގަތަރުން ވަނީ އެކަމަށްވެސް ހައްލު ގެނެސްފައެވެ. މުބާރާތް ބާއްވާ ސްޓޭޑިއަމްތަކަކީ ފިނިވާ ގޮތަށް ތައްޔާރުކޮށްފައިވާ ސްޓޭޑިއަމްތެކެވެ. ހޫނު ގައުމެއް ފިނިކޮށް، މުބާރާތް ބާއްވަން ނިންމައި، ގަތަރުން ދެއްކީ ޓެކްނޮލޮޖީގައި އެމީހުން ކުރިއަރާފައިވާ މިންވަރެވެ.

ދެންވެސް އޮތީ ހަމަ އެފަދަ ކަމެކެވެ، މިއަހަރުގެ މުބާރާތް ތަފާތުވާނެ މުޅިން އެހެން ސަބަބެކެވެ. މިއަހަރުގެ މުބާރާތަކީ ގިނަ ޓީމުތަކެއް އެއް ސަރަހައްދެއްގައި ތިބޭނެ ފުރަތަމަ މުބާރާތެވެ. މުބާރާތުގައި ވާދަކުރާ 32 ގައުމުގެ ތެރެއިން 24 ގައުމު ތިބޭނީ އެއް ސަރަހެއްދަގެ ހޮޓަލުގައެވެ. ޓީމުތަކަށް ފަސޭހަވާނެ ގޮތަށް، އެންމެ ފުރިހަމަ އިންތިޒާމުތައް އެ ހޮޓަލުން ލިބޭނެކަމަށް ގަތަރުން ވަނީ ބުނެފައެވެ. އެކަން ފެއިލްނުވެ ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ގައުމުންދެއެވެ. އެ ތަންތަނުގައި ޓީމުތަކަށް ބޭނުންކުރެވޭނެގޮތަށް ޖިމާއި، ޕޫލާއި، މަސާޖް ރޫމްތަކުގެ އިތުރުން، މުހިއްމު ހުރިހާ ޚިދުމަތްތައް ލިބޭނެއެވެ.

މިއީ ގަތަރުން މުބާރާތަށް މުޅިން އަލަށް ގެނައި ބަދަލެކެވެ. މިއީ ކުރީގެ މުބާރާތެއްގައި ކޮށްފައިނުވާ، ބޮޑު ޗެލެންޖެކެވެ. ގަތަރުގައި މުބާރާތް ބާއްވާ ކޮމެޓީގެ އިސް އޮފިޝަލަކު ވިދާޅުވީ، އެ މީހުން ބޭނުންވަނީ ތަފާތު އައު ކަންތައްތަކާއެކު، މުބާރާތް ކާމިޔާބުކަމާއެކު ބާއްވަން ކަމަށެވެ. އެކަންކަމަކީ ސީރިއަސްކޮށް ނަގާ ކަންތައްކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެމީހުންގެ ވިސްނުމަކީ ޗެލެންޖު ނަގައި، އެއަށް މަސައްކަތްކުރުންކަމަށެވެ.

މީގެ އިތުރުން ޓީމުތަކުގެ ޓްރެއިނިންގ ބޭހަށް ދިޔުމަށް ހޭދަވާނީ ފަސް ވަރަކަށް މިނެޓެވެ. މިވެސް ގަތަރުން ޓީމުތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ނިންމި ނިންމުމެކެވެ.

މުބާރާތުގައި ވާދަކުރާ ޓީމްތަކުން އެޓީމް ކުޅޭ ފުރަތަމަ މެޗުގެ ފަސް ދުވަސް ކުރިން ހޮޓަލަށް ދާނެއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ގަތަރުކުޅިވަރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
19 އޮކްޓޯބަރު 2025

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
02 އޮކްޓޯބަރު 2025

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
01 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް