Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ރެއާލުން ސެލްޓިކް ބަލިކުރި މެޗު ޚާއްސަވީ ކޯޗު އަންޗެލޮޓީ އަށް

އަންޗެލޮޓީގެ ކޯޗިން ކެރިއަރުގައި ޗެމްޕިއަންސް ލީގުގައި ހޯދި 103 ވަނަ މޮޅު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ނޮވެމްބަރު 2022 | ބުރާސްފަތި 03:23
ރެއާލްގެ ކޯޗު އަންޗެލޮޓީ

ރެއާލްގެ ކޯޗު އަންޗެލޮޓީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ސެލްޓިކް ބަލިކުރި މެޗުގައި ކޯޗު ކާލޯ އަންޗެލޮޓީ އަށް ޚާއްސަ ޝަރަފެއް ލިބިއްޖެއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރެއާލުން ސެލްޓިކް ބަލިކުރީ 1-5 އިންނެވެ. މިއީ އަންޗެލޮޓީގެ ކޯޗިން ކެރިއަރުގައި ޗެމްޕިއަންސް ލީގުގައި ހޯދި 103 ވަނަ މޮޅެވެ. މި ޝަރަފު ކުރިން އޮންނަނީ 102 މެޗުން މޮޅުވެގެން އަލެކްސް ފާގަސަން އަތުގައެވެ. އަންޗެލޮޓީ ވަނީ ޗެމްޕިއަންސް ލީގުގައި ހަތް ކުލަބަކަށް އިރުޝާދު ދީފާއެވެ. އެއީ މިހާރުގެ ކުލަބް ރެއާލްގެ އިތުރުން، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، ބަޔާން މިއުނިކް، ޗެލްސީ، ނަޕޯލީ، ޔުވެންޓަސް އަދި އޭސީ މިލާންއެވެ. މީގެ އިތުރުން ކޯޗެއްގެ ގޮތުގައި އެންމެ ގިނައިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ޝަރަފު ވެސް އޮންނަނީ އަންޗެލޮޓީ އަތުގައެވެ. އޭނާ ވަނީ ދެ ކުލަބަކާއެކު ހަތަރު ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.

ރެއާލުން ސެލްޓިކް ބަލި ކުރި މެޗުގެ ފުރަތަމަ ދެ ލަނޑަކީ ޕެނަލްޓީން ކާމިޔާބުކުރި ލަނޑުތަކެވެ. ފުރަތަމަ ލަނޑު މެޗުގެ ހަ ވަނަ މިނެޓުގައި ލޫކަ މޮޑްރިޗް ޖެހި އިރު، ދެ ވަނަ ލަނޑު ޖެހީ ރޮޑްރީގޯއެވެ. މެޗުގެ 35 ވަނަ މިނެޓުގައި ސެލްޓިކަށް ލިބުނު ޕެނަލްޓީގައި ޔޯސިޕް ޔުރަނޮވިޗް ބޯޅަ ރެއާލްގެ ކީޕަރު ތިބައޫ ކޯޓުއާ ވަނީ މަތަކޮށްފައެވެ.

ދެ ވަނަ ހާފަށް ނުކުމެ މެޗުގެ 51 ވަނަ މިނެޓުގައި މާކޯ އަސެންސިއޯ ވަނީ ރެއާލްގެ ތިން ވަނަ ލަނޑު ޖަހާފައެވެ. އޭނާ ލަނޑު ޖެހީ ޑެނީ ކަރްވަހާލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭގެ 10 މިނެޓު ފަހުން ރެއާލްގެ ހަތަރު ވަނަ ލަނޑު ޖެހީ ވިނީޝިއަސް ޖޫނިއާއެވެ. ރެއާލްގެ ފަހު ލަނޑު 71 ވަނަ މިނެޓުގައި ޖެހީ ފެޑެރީކޯ ވަލްވާޑޭއެވެ. ސެލްޓިކްގެ ހަމައެކަނި ލަނޑު 84 ވަނަ މިނެޓުގައި ޖެހީ ޖޮޓާއެވެ. އެއީ ހިލޭ ޖެހުމެއްގައި އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.

މި ގްރޫޕްގެ ހުރިހާ މެޗުތަކެއް ނިމުނުއިރު، ރެއާލް އެއް ވަނައިގައި އޮތީ ހަ މެޗުން 13 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތީ 12 ޕޮއިންޓާއެކު ލައިޕްޒިގްއެވެ. ތިން ވަނައިގައި ހަ ޕޮއިންޓާއެކު ޝަޚްތަރް ޑޮނެސްކް އޮތް އިރު، ފުލުގައި އޮތީ ދެ ޕޮއިންޓާއެކު ސެލްޓިކްއެވެ.

ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްސެލްޓިކްކާލޯ އަންޗެލޮޓީ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު