Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިލަންދޫގެ ފެނާއި ނަރުދަމާގެ މައްސަލަ

ފ. ނިލަންދޫގެ ނަރުދަމާގެ ނިޒާމުގެ މައްސަލައިގައި ކޮމިޓީން އެކުލަވާލި ރިޕޯޓު މަޖިލީހުން ފާސްކޮށްފި

މައްސަލަތައް އެއްކޮށް ހައްލުކުރުމަށް 25 މިލިއަން ރުފިޔާ ބޭނުންވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2022 | ބުދަ 09:55
ފ. ނިލަންދޫ

ފ. ނިލަންދޫ

ފ.ނިލަންދޫގެ ނަރުދަމާގެ ނިޒާމު ހަލާކުވެ، އެ މައްސަލަ ޙައްލުނުވެ ގިނަ ދުވަސްތަކެއްވެފައިވާތީ، އެ މައްސަލަ ޙައްލުކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރު އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފިއެވެ.

މި މައްސަލަ ޙައްލުކޮށްދެއްވުމަށް އެދި ސަރުކާރަށް ގޮވާލައި ގަރާރު ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދެވެ. ގަރާރު ހުށަހަޅުއްވަމުން މުހުސިން ވިދާޅުވީ ނިލަންދޫގައި ގާއިމުކުރެވިފައިވާ ނަރުދަމާގެ ނިޒާމު ހަލާކުވެ އެމައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއްވެ ރަށުތެރެއަށް ނަޖިސް ފެންތައް ދައުރުވެ މިކަމުގެ ސަބަބުން ބަލިމަޑުކަމާއި ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ހީވެފައިވާކަމަށެވެ. ކޮންމެ ރަށެއްގައި ވެސް އެރަށަކާ އެކަށީގެންވާ މިންވަރުގެ ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި، އަދި އެކަމަކީ ކަމާގުޅޭ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ވެސް ފުރިހަމައަށް ރައްޔިތުންނަށް ލިބެދޭންޖެހޭ އަސާސީ ހައްގެއްކަމަށް މުހުސިން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮމިޓީ ރިޕޯޓުގައި 14 ކަމެއް ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި މި ނިޒާމަކީ 2007 ވަނަ އަހަރު ޔުނިސެފްގެ އެހީތެރިކަމާ އެކު ގާއިމްކޮށްފައިވާ ނިޒާމެއް ކަމާއި، 2012 ވަނަ އަހަރު އޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީން މި ނިޒާމްގެ އިންސްޕެކްޝަން ހެދި އިރު، ބައެއް ވެކިއުމް ޕަމްޕްތައް ފެއިލްވެފައި ހުރިކަން ފާހަގަކޮށްފައިވާކަން ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު ވެސް އިންސްޕެކްޝަން ހަދާފައިވާ ކަމާއި، ޓްރީޓްމަންޓް ނިޒާމް ފެއިލްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމާއި، ކައުންސިލުން އެކަން ހައްލުކުރާނެ ކެޕޭސިޓީ ނެތުމުން މައްސަލަ ދިމާވަމުން ދިޔަކަމަށް ރިޕޯޓުގައިވެއެވެ. 2019 ވަނަ އަހަރު ފެނަކާއި މި ނިޒާމް ހަވާލުކުރެވުނު އިރު ނިޒާމް ވަރަށް ބޮޑަށް ފެއިލްވެފައިވާކަމަށް ބުނެފައިވެއެވެ.

މި މައްސަލަ ހައްލުކުރުމަށް ފެނަކައިން މަސައްކަތް ކުރަމުން އަންނަ އިރު، މައްސަލަތައް އެއްކޮށް ހައްލުކުރުމަށް 25 މިލިއަން ރުފިޔާ ބޭނުންވާކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އެ ފައިސާ ހަމަޖެހޭ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ނަރުދަމާ ނިޒާމުގެ މައްސަލަތައް އެއްކޮށް ހައްލުކުރެވިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވާކަމަށް ރިޕޯޓުގައިވެއެވެ.

ކޮމިޓީ ރިޕޯޓުގެ ނިންމުމުގައި ބުނެފައިވަނީ ނަރުދަމާ ނިޒާމް ފެއިލްވެފައިވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށާއި، އެރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެ ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ސިއްހަތަށް އެކަމުގެ ސަބަބުން ނުރައްކާވެދާނެ ކަމުގެ ބިރުއޮތުމުން، ގަރާރު ފާސްކުރުމަށާއި، ނިލަންދޫގެ ނަރުދަމާ ނިޒާމް ހައްލުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަށް ނިންމާއި، އެ މަސައްކަތް ކުރާނެ ގޮތުގެ ޓައިމްލައިނެއް 2 މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި، ކޮމިޓީ އާ ހިއްސާކުރުމަށް ބުނެފައިވެއެވެ.

ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓު ފާސްކުރުމަށް 12 މެންބަރުން ވަނީ ވޯޓު ދީފައެވެ. 52 މެންބަރުން ވޯޓު ދީފައި ނުވާ އިރު، މި ރިޕޯޓު ފާސްކުރުމާއި ދޭތެރޭގައި ވަކިގޮތަކަށް ވޯޓު ނުދެއްވާ 1 މެންބަރަކު އިންނެވިއެވެ.

ފ. ނިލަންދޫފެނާއި ނަރުދަމާ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު ސަޢޫދީ ފަންޑާމެދު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް

ރައީސް މުޢިއްޒު ސަޢޫދީ ފަންޑާމެދު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން އިތުރުފުޅެއް

25 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
މަގޫދޫ އެއާޕޯޓު 1 އަހަރުތެރޭ ނިންމާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

މަގޫދޫ އެއާޕޯޓު 1 އަހަރުތެރޭ ނިންމާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

21 ސެޕްޓެމްބަރު 2025
މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ނިލަންދޫން ގިނަ ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ނިލަންދޫން ގިނަ ބަޔަކު ހައްޔަރުކޮށްފި

18 އޯގަސްޓު 2025
މަސްތުވާތަކެތީގެ މައްސަލައެއްގައި ފ. ނިލަންދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ފ. ނިލަންދޫއިން މީހަކު ހައްޔަރުކޮށްފި

29 އެޕްރީލު 2024

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު