Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިސިސް ޖަމާއަތަށް ތާއީދު ކުރުން

ހޫދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ

2 ނޮވެމްބަރު 2022 | ބުދަ 08:46

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޙައްމަދު މިސްބާޙު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ނޮވެމްބަރު 2022 | ބުދަ 08:46
ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރު

ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރު

ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.

Advertisement - newsAdvertisement

މި މައްސަލައިގެދައުވާތައްހުށަހެޅިއިރު ޕީޖީ އޮފީހުން ބުނީ، އޭނާ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތައް ތާޢީދުކޮށް، އެ ޖަމާޢަތުގެ ލިޔެކިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިޢުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރު ދެމުންދާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އޭނާގެ މައްޗަށް މި ދައުވާތައް އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 18 އޭޕްރީލް 2022 ގައެވެ.

މި މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ދިފާއުން ހެކި ހާމަ ކުރުމަށް ފުރުސަތެއް ދެއްވާފައެވެ. އެކަމާ ގުޅޭގޮތުން ބުދަ ދުވަހުގެ އަޑުއެހުމުގައި ދިފާއުން ބުނީ، ދިފާއު ބިނާކުރާނީ ދައުލަތުން ހުށަހަޅާ ލިޔެކިޔުންތަކުގައި ބުނާ ނަތީޖާ ޙާސިލުނުވާކަން ބަޔާންކޮށްދިނުމުގެ މައްޗަށް ކަމަށެވެ.

އޭނާގެ ވަކީލު ވިދާޅުވީ، އެއްވެސް ދިފާއީ ހެތްކެއް ލިޔުމުން ހުށަހަޅާފައި ނުވާނެ ކަމަށާއި، ދިފާއު ބިނާ ކުރަނީ ދައުލަތުގެ ހެކި ނަފީ ކުރުމުގެ މައްޗަށް ކަމަށެވެ.

މި އަޑުއެހުމުގައި ގާޒީ މިސްބާޙު ވަނީ ހޫދުގެ މައްޗަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ނިންމަވާފައެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ވަނީ ފުރުސަތު ދެއްވާފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން މީގެ ކުރިން ވެސް ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދިފައިވާނެ ކަމަށާއި، ހެކި ރައްކާތެރި ކުރުމުގެ ދާއިމީ އަމުރެއް ނެރުއްވައިފި ނަމަ، ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ދައުލަތުން ހުށަހަޅަން ނެތް ކަމަށެވެ.

ދިފާއުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ދައުލަތަށް އިތުރަށް ހެކި ހުށަހެޅުމަށް ފުރުސަތު ނުދިނުމަށެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުގެ ތެރެއިން ހެކި ހުށަހެޅުމުގެ ފުރުސަތު ދެފަރާތަށް ވެސް ލިބިގެންވާ ކަމަށާއި، އެ ޙައްޤު އުނި ކުރެވޭ ގޮތަށް ނިންމުމެއް ނުނިންމޭނެކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ މިސްބާހު ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ދެފަރާތަށް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ހުށަހެޅުންތަކަށް ވާހަކަ ދެއްކުމަށް ވެސް ދެފަރާތަށް ފުރުސަތު ދެއްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ހޫދު މުޙައްމަދު ޒާހިރު އާ ގުޅޭ މަޢުލޫމާތު ދިވެހިރާއްޖެ އާ ޙިއްޞާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުންނެވެ. މި މައްސަލައިގެ ތަޙުޤީޤަށް ބޭރުގެ އެކި ޤައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަޙުޤީޤީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

ކްރިމިނަލް ކޯޓްއައިސިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ބޮންޑައި ބީޗުގައި ހަމަލާ ދިނީ ބައްޕަ އާއި ދަރިފުޅު، އައިސިސްއާ ގުޅުން އޮތް ކަމުގެ ތުހުމަތު

15 ޑިސެމްބަރު 2025
ބޮންޑައި ބީޗުގައި ހަމަލާ ދިނީ ބައްޕަ އާއި ދަރިފުޅު، އައިސިސްއާ ގުޅުން އޮތް ކަމުގެ ތުހުމަތު
14 ޑިސެމްބަރު 2025

ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

14 ޑިސެމްބަރު 2025
ސީރިއާ ގައި އެމެރިކާގެ ދެ ސިފައިންގެ މީހުންގެ ގަޔަށް ބަޑިޖަހާ މަރާލުމުގެ ބަދަލު ވަރަށް ސީރިއަސް ކޮށް ހިފާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް