Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕަށް ތުރުކީ ސިފައިން ޤަތަރުގައި، ރައީސް އުރުދުޣާން ސިފައިންނާ ބައްދަލުކުރައްވައިފި

2 ނޮވެމްބަރު 2022 | ބުދަ 07:12

ޤަތަރުގެ ވެރިރަށް ދޯހާގައި ތިބި މި ފުލުހުންނާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ނޮވެމްބަރު 2022 | ބުދަ 07:12
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރަޖަބް ތައްޔިބު އުރުދުޣާން ސިފައިންނާ ބައްދަލުކުރައްވަނީ

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރަޖަބް ތައްޔިބު އުރުދުޣާން ސިފައިންނާ ބައްދަލުކުރައްވަނީ

މި މަހުގެ 20 ވަނަ ދުވަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގެ ސަލާމަތީ ކަންކަން ބެލަހައްޓާ ތުރުކީގެ ސިފައިން ޤަތަރަށް ގޮސްފިއެވެ.

މިކަމަކީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤަތަރުގެ ސަރުކާރާއި، ތުރުކީގެ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ ކަމެކެވެ. މިގޮތުން މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތުރުކީން ވަނީ 3000 ރަޔަޓް ފުލުހުންގެ އިތުރުން، 100 ސްޕެޝިއަލް އޮޕަރޭޝަންސް ފުލުހުންނާއި، 50 ބޮމްބް ސްކޮޑް ފުލުހުންނާއި 80 ޑޯގް ސްކޮޑުގެ ފުލުހުން ވަނީ ފޮނުވާފައެވެ. އެ މީހުން މިހާރު އަންނަނީ ޤަތަރުގައި މުބާރާތުގެ ސަލާމަތީ ކަންކަމަށް ތައްޔާރުވަމުންނެވެ.

މީގެ އިތުރުން ވެސް ތުރުކީން ވަނީ އިތުރު 2000 ރަޔަޓް ފުލުހުން ޤަތަރަށް ފޮނުވާފައެވެ. މިއީ ޤަތަރު ސަރުކާރުގެ އެދުމުގެ މަތިން، މުބާރާތް ހޯސްޓް ކުރާ ފަރާތުން ޚަރަދުކުރާ ގޮތަށް ފޮނުވި ފުލުހުންނެވެ. މި ފުލުހުންގެ އެއްވެސް ޚަރަދެއް ތުރުކީން ބަލަހައްޓަން ނުޖެހުނު ނަމަވެސް، ކޮމާންޑު ކުރިއަށް ދާނީ ތުރުކީގެ ބެލުމުގެ ދަށުންނެވެ.

ޤަތަރުގެ ވެރި ރަށް ދޯހާގައި ތިބި މި ފުލުހުންނާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ތުރުކީގެ ޕޮލިސް ފޯހުގެ އިސްވެރިޔާ ވިދާޅުވީ ޤަތަރުގެ ފުލުހުންނާ ގުޅިގެން މުބާރާތް ކުރިއަށްދާ ހުރިހާ ސްޓޭޑިއަމްތަކެއްގައި ތުރުކީގެ ފުލުހުން ހަރަކާތްރެރިވަމުންދާނެ ކަމަށެވެ. މެޗުގެ އިތުރުން ޓީމުތަކުން ތިބޭ ހޮޓާތަކާއި، މުބާރާތާ ގުޅިގެން ފެސްޓިވަލްތައް ކުރިއަށްދާ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ ތުރުކީގެ ބޭނުމަކީ މުބާރާތް އަމާންކަމާއި އޮމާންކަމާ އެކު ނިމުންކަމަށެވެ.

މީގެ އިތުރުން ތުރުކީގެ ރައީސް އުރުދުޣާން ވެސް ވަނީ ފުލުހުންގެ ކިބައިން އެކަމަށް އެދިވަޑައިގެންފައެވެ. އުރުދުޣާން ވިދާޅުވީ ތުރުކީގެ ފުލުހުންނާ އެކު މުބާރާތުގެ ސަލާމަތީ ކަންކަން ފުރިހަމަ އަށް ދާނެކަމަށް ޔަޤީންކުރައްވާ ކަމަށެވެ. އުރުދުޣާން ވަނީ ޤަތަރަކީ ތުރުކީއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށް ވެސް ވިދާޅުވެފައެވެ.

ޤަތަރުގައި ކުރިއަށްދާ މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތުރުކީގެ އިތުރުން ޕާކިސްތާނުން ވެސް ވަނީ ސިފައިން ފޮނުވަން ނިންމާފައެވެ. މިއަަހަރުގެ މުބާރާތަކީ އަރަބި އިސްލާމީ ޤައުމެއްގައި ބާއްވާ ފުރަތަމަ މުބާރާތްކަމުން، އަރަބި ގިނަ ޤައުމުތަކުން އަންނަނީ މުބާރާތުގެ އެކި ކަންކަމުގައި ޤަތަރަށް އެހީތެރިކަން ދެމުންނެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ތުރުކީތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު
31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
21 އޯގަސްޓު 2025

ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

21 އޯގަސްޓު 2025
ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް