Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗާގޮސް މައްސަލަ

މެންބަރު ޝިފާއު ނަޝީދަށް: "ހުދުމުހުތާރު ރިޔާސަތުތަކުގެ ކުރިމަތީގައި ރައްޔިތުންގެ ހައްގުގައި ބަސްބުނުމަކީ ދަތި ކަމެއްކަން އެނގޭ"

ޝިފާއު ވަނީ ޗާގޮސްގެ މައްސަލަ ސިޔާސީ ކުރާ ކަމަށް ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ނޮވެމްބަރު 2022 | ބުދަ 07:05
މެންބަރު ޝިފާއު (ކ)، ރައީސް ނަޝީދު (ވ)

މެންބަރު ޝިފާއު (ކ)، ރައީސް ނަޝީދު (ވ)

ހުދުމުހުތާރު ރިޔާސަތުތަކުގެ ކުރިމަތީގައި ރައްޔިތުންގެ ހައްގުގައި ބަސްބުނުމަކީ ދަތި ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ފާޑު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ޗާގޮސް ނުވަތަ ފޯޅަވަހީގެ މައްސަލައިގައި މި ސަރުކާރުން ކަންކުރި ގޮތް ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއަކުން ބެލުމަށް ގޮވާލައި އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ޝިފާއު ވަނީ އެއީ ސިޔާސީ ބޭނުމެއްގައި ހުށަހެޅި ސިޔާސީ ގަރާރެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި ކުރީގެ ރައީސުންނާއި ބަންޑާރަ ނައިބުން ސަރުކާރަށް ފާޑުކިޔަމުން ދަނީ ވެސް ސިޔާސީ ބޭނުމަކަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ޝިފާއު ވަނީ ޗާގޮސް މައްސަލައިގައި އަސްލު އޮޅުވާލަން ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ޗާގޮސްގެ ވާހަކަ ކުރިން ނުދައްކާ، ޗާގޮސް އިން ރާއްޖެ އަކީ ރާއްޖޭގެ ތަނެއް ކަަމަށް ބުނެ ކުރިން ވާހަކަދައްކާފައި ނުވަނީ ކީއްވެތޯ ވެސް އޭނާ ވަނީ ސުވާލުއުފައްދަވާފައެވެ. އަދި ކުރީގެ ރައީސުންނާއި ބަންޑާރަ ނައިބުން މަޤާމުގައި ތިއްބެވި އިރު އެ މަސައްކަތް ނުކުރި ސަބަބާ މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ޝިފާއު މި މޭރުމުން ވާހަކަދައްކަވަން ފެއްޓެވުމުން ރައީސް ނަޝީދު ވަނީ މެންބަރުގެ ވާހަކަ ހުއްޓުވާ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ރާއްޖޭގެ ވެރިންނާއި ބަންޑާރަ ނައިބުން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، އެ ފަރާތްތައް ދިފާއުކުރައްވާފައެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވުމުން ޝިފާއު ވަނީ ހުދުމުހުތާރު ރިޔާސަތެއްގެ ކުރިމަތީގައި ރައްޔިތުންގެ ހައްގުގައި ބަސްބުނުމާއި ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުމަކީ އުނދަނގޫވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ޗާގޮސް މައްސަލައިގައި ކޯޓުތަކުން ގޮތް ނިންމާފައި ވަނިކޮށް ގަސްތުގައި އެ މައްސަލައިގެ ހަގީގަތް އޮޅުވާލާ ބަޔަކު ޖަޒުބާތުގައި ޖައްސަން ގަސްތުގައި ސިޔާސީ ބޭނުމުގައި މަސައްކަތްކުރާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ރިޔާސަތުން ފާސްކޮށްގެން އެހެން ގައުމެއްގެ ސިޔާދަތަށް އަރައިގަނެވޭ ނަމަ މަސްވެރިންގެ ހައްގުގައި އިންޑިއާ ކަނޑުގައި އޮތް މަސް ކަނޑު ހޯދަން މަަސައްކަތްކުރަން ޖެހޭ ކަމަށް ޝިފާއު ވިދާޅުވިއެވެ. އެ ހިސާބުން ރައީސް ނަޝީދު ވަނީ ކަނޑައެޅިގެން ބައިނަލްއަގުވާމީ އުސޫލުތަކުން ކަނޑައެޅިފައިވާ ސިޔާސީ ސަރަހައްދުތަކަށް ބަހުސް ކުރަން ފުރުސަތެއް ނެތް ކަމަށް ވިދާޅުވެ މެންބަރުގެ ފުރުސަތު ނިމުނީ ކަމަށް ވިދާޅުވެފައެވެ. އެހިސާބުން ޝިފާއު ވަނީ އޭނާ އަށް ވާހަކަދެއްކެވުމަށް ދެއްވި ފުރުސަތު ހަމަނުވާ ކަމަށް ވިދާޅުވެ އިތުރު ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މި މައްސަލައިގައި ކޯޓު މަރުހަލާ ކުރިއަށް ދާ ގޮތާ މެދު ޝިފާއު އާއި ރައީސް ނަޝީދާ ދެމެދު ބަހުސެއް ހިނގި މަންޒަރު ފެނިގެންދިޔައެވެ.

ޗާގޮސް މައްސަލައިގައި ސަރުކާރުން ބުނެފައިވަނީ ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭ އިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަ ކަމަށް މޮރިޝަސް އިން ބުނާ މައްސަލައިގައި އިޓްލޮސްގައި ދިވެހިރާއްޖެ އިން ނަގާފައިވާ ސްޓޭންޑް ބަދަލެއް ނުވާ ކަމަށެވެ. ނަމަވެސް ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ބައެއް ގެއްލޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުން ވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުނެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝިފާއުރައީސް ނަޝީދު

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2023

މެންބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަމުންދާ ކޮމިޓީ ސިއްރު

20 ޑިސެމްބަރު 2023
މެންބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަމުންދާ ކޮމިޓީ ސިއްރު
19 ޑިސެމްބަރު 2023

މެންބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުން ބަލަންފަށައިފި

19 ޑިސެމްބަރު 2023
މެންބަރު ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުން ބަލަންފަށައިފި
12 ނޮވެމްބަރު 2023

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ
08 އޮކްޓޯބަރު 2023

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު