Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުގެ ބަޖެޓް 2023

އަންނަ އަހަރު ދައުލަތުގެ ސީދާ ދަރަނި 9.2 އިންސައްތަ އިތުރު

2025 ވަނަ އަހަރު ނިމޭއިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމުލަ ދަރަނީގެ މިންވަރު 102.4 އިންސައްތައަށް ދަށްވާނެކަމަށް ލަފާކުރެވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2022 | ހޯމަ 08:38
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

އަންނަ އަހަރު ދައުލަތުގެ ސީދާ ދަރަނި 9.2 އިންސައްތައިން އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ލަފާކޮށްފިއެވެ.

2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ބުނެފައި ވާގޮތުން އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 2022 ވަނަ އަހަރު 98.0 އިންސައްތައިގައި ހުރި ސީދާ ދަރަނި 97.7 އިންސައްތައަށް އަންނަ އަހަރު ދަށްވާނެއެވެ. އަދި ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބާރަށް އުފެއްދުންތެރިކަން އިތުރުވެފައިވާތީ އުފެއްދުންތެރިކަމުގެ ނިސްބަތުން ސީދާ ދަރަނި 2025 ވަނަ އަހަރުގެ ނިޔަލަށް 100 އިންސައްތައިން ދަށަށް ގެންދިއުމަށް ކަނޑައަޅައިފައިވާ އަމާޒު މިހާރުވެސް ވަނީ ހާސިލުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދައުލަތުގެ ޖުމުލަ ދަރަނި އިތުރުވާ ނިސްބަތަށްވުރެ އުފެއްދުންތެރިކަން އިތުރުވާ ނިސްބަތް މަތިވާނެކަމަށް ބެލެވޭތީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމުލަ ދަރަނި 2022 ވަނަ އަހަރު ގޮތެއްގައި ތަންފީޒުކުރުމުގެ އަމާޒާއެކު 2023 ވަނަ އަހަރުގެ ތެރޭގައި މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓަޖީއެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ. 2023 ވަނަ އަހަރުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 8،459 މިލިއަން ރުފިޔާގައެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 8.1 އިންސައްތައެވެ. އަދި ޕްރައިމަރީ ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 5022.6 މިލިއަން ރުފިޔާ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 4.8 އިންސައްތައިގައެވެ. މިއާއެކު އަންނަ އަހަރު ނިމެންވާއިރަށް އުފެއްދުންތެރިކަމުގެ ނިސްބަތުން ޕްރައިމަރީ ޑެފިސިޓް 5 އިންސައްތައަށްވުރެ ތިރިކުރަން ފިސްކަލް ސްޓްރެޓަޖީގައި ކަނޑައަޅާފައިވާ އެންކަރ ހާސިލުވާނެކަމަށް ފިނޭންސް މިނިސްޓްރީ އިން ލަފާކުރެއެވެ.

2023 ވަނަ އަހަރު ފައިނޭންސިންގެ ގޮތުގައި ޖުމްލަ 11،453.4 މިލިއަން ރުފިޔާ ހޯދަންޖެހޭނެކަމަށް ބެލެވެއެވެ. މީގެތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓް ހަމަޖައްސަން ބޭނުންވާ 8459.4 މިލިއަން ރުފިޔާ އާއި، ލޯނު އަނބުރައި ދައްކަން ބޭނުންވާ 2101.1 މިލިއަން ރުފިޔާ އާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ 871.4 މިލިއަން ރުފިޔާ، އަދި ބޭރުގެ މާލީ އިދާރާތަކުގެ ރައުސުލްމާލު ދެއްކުންފަދަ އެހެނިހެން ކަންކަމަށް ބޭނުންވާ 214.4 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އަންނަ އަހަރު ފައިނޭންސިންގެ ގޮތުގައި ހޯދާ ފައިސާގެ 65.3 އިންސައްތަ ބޭރުގެ ފަރާތްތަކުން ހޯދަން ރާވާފައިވާއިރު، ބޭރުގެ ބާޒާރަށް 771.0 މިލިއަން ރުފިޔާގެ ގްރީން ނުވަތަ ބްލޫ ބޮންޑެއް ވިއްކުމަށާއި 1542.0 މިލިއަން ރުފިޔާ ކޮންސެޝަނަލް ބަޖެޓު ސަޕޯޓު ލޯނުގެ ގޮތުގައި ހޯދުމަށް ރާވާފައިވެއެވެ. އަދި ރާއްޖޭގެ ބާޒާރަށް ވިއްކާ ޓްރެޜަރީ ބިލާއި ބޮންޑުފަދަ ތަކެތިން އަންނަ އަހަރު 4733.7 މިލިއަން ރުފިޔާ ހޯދުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 2023 ވަނަ އަހަރު ބޭނުންވާ ޖުމުލަ ފައިނޭންސިންގެ ތެރެއިން 38.5 އިންސައްތަ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ޖުމުލަ ދަރަނި އިތުރުވާ ނިސްބަތަށްވުރެ އުފެއްދުންތެރިކަން އިތުރުވާ ނިސްބަތް މަތިވާނެކަމަށް ބެލެވޭތީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމުލަ ދަރަނި 2022 ވަނަ އަހަރު ގޮތެއްގައި ތަންފީޒުކުރުމުގެ އަމާޒާއެކު 2023 ވަނަ އަހަރުގެ ތެރޭގައި މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓަޖީއެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެއެވެ. ޖުމުލަ ދަރަނި އިތުރުވާ ނިސްބަތަށްވުރެ އުފެއްދުންތެރިކަން އިތުރުވާ ނިސްބަތް މަތިވާނެކަމަށް ބެލެވޭތީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމުލަ ދަރަނި 2022 ވަނަ އަހަރު ނިމުނުއިރު 111.0 އިންސައްތައިގައި ހުރި ނަމަވެސް 2023 އަހަރު ނިމޭއިރު 108.9 އިންސައްތައަށް ދަށްވާނެކަމަށް ބެލެވޭ ކަމަށް ބަޖެޓްގައި ބުނެފައިވެއެވެ. ނަމަވެސް ޑެފިސިޓް ބަޖެޓެއް ތަންފީޒުކުރަން ރާވާފައިވާތީ ޖުމުލަ ދަރަނީގެ ސްޓޮކް 2022 ވަނަ އަހަރު ނިމުނުއިރު 105,731.0 މިލިއަން ރުފިޔާގައި ހުރުމަށްފަހު 2023 ވަނަ އަހަރު ނިމޭއިރު 113،692.2 މިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް ބެލެވެއެވެ. މެދުރާސްތާގައި ވެސް އުފެއްދުންތެރިކަން ކުރިއަރާ ނިސްބަތް ދަރަނި އިތުރުވާ ނިސްބަތަށްވުރެ އެވަރެޖްކޮށް މަތީގައި ހުންނާނެކަމަށް ބެލެވޭތީ، 2025 ވަނަ އަހަރު ނިމޭއިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމުލަ ދަރަނީގެ މިންވަރު 102.4 އިންސައްތައަށް ދަށްވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު