Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ބަޖެޓް 2023

2023ވަނަ އަހަރުގެ ދައުލަތުގެ ޚަރަދުތައް 40،557.8 މިލިއަން ރުފިޔާ އަށް އަރާ

31 އޮކްޓޯބަރު 2022 | ހޯމަ 08:29

2023 ވަނަ އަހަރު 610.9 މިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް އަންދާޒާކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 އޮކްޓޯބަރު 2022 | ހޯމަ 08:29
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ

2023 ވަނަ އަަހަރުގެ ބަޖެޓުގެ ޚަރަދަކީ 40،557.8 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ލަފާކޮށްފިއެވެ.

2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 40،680.3 މިލިއަން ރުފިޔާ ކަމަށް ވާއިރު މިއީ 2022 ވަނަ އަހަރު ހިނގާނެކަމަށް މިހާރު ލަފާކުރާ ބަޖެޓަށްވުރެ 0.4 އިންސައްތަ ދަށް އަދަދެކެވެ. 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ 67.0 އިންސައްތައަކީ ރިކަރަންޓް ޚަރަދެވެ. އަދި ބަޖެޓުގެ 33.0 އިންސައްތައަކީ ކެޕިޓަލް ޚަރަދެވެ. ރިކަރަންޓް ޚަރަދުގެ ތެރެއިން ބޮޑު ޚަރަދެއް ހިނގާނެ ކަމަށް އަންދާޒާކުރެވެނީ މުވައްޒަފުންނަށް ހިނގާ ޚަރަދަށާއި އެކިއެކި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދުތަކަށާއި ހިދުމަތް ދިނުމުގެ ބޭނުމުގައި ހޯދާ ތަކެއްޗަށް ހިނގާ ޚަރަދުތަކަށެވެ. އަންނަ އަހަރުގެ ބަޖެޓް ލަފާކުރާ ގޮތަށް ބަލާއިރު ކެޕިޓަލް ޚަރަދުގެ 8،427.8 މިލިއަން ރުފިޔާ ހޭދަކުރާނީ ޕަބްލިކް އިންފްރާސްޓްރަކްޗަރ ޕްރޮގްރާމަށެވެ.

2023 ވަނަ އަހަރު ޖުމުލަ ބަޖެޓުގެ 1.8 އިންސައްތަ ހިއްސާކުރަނީ ދަރަނީގެ ހިދުމަތުގެ އަގު އަދާކުރުމަށެވެ. މީގެ އިތުރުން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ 11.8 އިންސައްތަ ހިއްސާކުރަނީ ސިއްހީ ދާއިރާއަށްކުރާ ޚަރަދުތަކެވެ. އަދި 10.8 އިންސައްތަ ހިއްސާކުރާނީ ތައުލީމީ ދާއިރާއަށްކުރާ ޚަރަދުތަކެވެ. 2022 ވަނަ އަހަރާއި އަޅައިބަލާއިރު އަންނަ އަހަރު މުވައްޒަފުންނަށްކުރާ ޚަރަދު 17.58 އިންސައްތަ އިތުރުވާނެކަމަށް ބަޖެޓްގައި ލަފާކޮށްފައިވެއެވެ. މިއީ މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތުގެ ދަށުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުވައްޒަފުން މުސާރައިގެ އައު އޮނިގަނޑަކަށް ހިޖުރަކުރުމަށް ބަޖެޓުގައި ހިމަނާފައިވާތީ އައި އިތުރުވުމެކެވެ. މީގެ އިތުރުން ސިއްހީ ދާއިރާއަށް އިތުރު 1000 މުވައްޒަފުން އިތުރުކުރުމަށް ރާވައިފައިވާތީ މިބައިގެ ޚަރަދު އިތުރުވާނެކަމަށް ލަފާކުރެވެއެވެ. ހަމައެހެންމެ އަންނަ އަހަރު ޕެންޝަނަށް ކުރެވޭ ޚަރަދު ހުންނާނެކަމަށް އަންދާޒާކުރެވެނީ 1،8586 މިލިއަން ރުފިޔާގައެވެ. މިއީ 2022 ވަނަ އަހަރާއި އަޅައިބަލާއިރު 6.5 އިންސައްތައިގެ އިތުރުވުމެކެވެ.

2022 ވަނަ އަހަރުގެ ނިޔަލަށް ރިކަރަންޓު ޚަރަދުގެ ގޮތުގައި 475.5 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ އިރު މިއަދަދު 2023 ވަނަ އަހަރު 610.9 މިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް