Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ ޓީވީ ފަލަ ސުރުކީ ޕްރޮގްރާމުގެ ތެރެއިން

ވޭތުވެ ދިޔަ އަހަރަކީ އިޤްތިޞާދީ ގޮތުން ރައްޔިތުން އިތުރަށް ފަޤީރުވެގެން ދިޔަ އަހަރެއް: އަމިރު

މިނިގެން މި ދިޔަ 2024 ވަނަ އަހަރަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތިވި އަހަރެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2025 | ބުދަ 20:57
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

މިހާރު މި އޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރެއް ވެގެން ދިއައިރު، އެ އަހަރަކީ އިޤްތިޞާދީ ގޮތުން ރާއްޖޭގެ ރައްޔިތުން އިތުރަށް ފަޤީރުވެގެން ދިޔަ އަހަރެއްކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމިރު ވިދާޅުވެއްޖެއެވެ.

އަމީރު މިފަދައިން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒުގެ ސަރުކާރުގެ އިޤްތިޞާދީ ހަރަކާތްތަކާއި މާލީ ކަންކަން ހުރި ގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުން އަމީރު ވިދާޅުވީ، ނިމިގެން މި ދިޔަ 2024 ވަނަ އަހަރަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތިވި އަހަރެއް ކަމަށާއި ޚާއްޞަކޮށް މަސްވެރިކަމަށް ބެއްޔަސް މަސްވެރިން މަސައްކަތް ކުރަމުން ގެންދަނީ ވަރަށް ދަތި އުނދަގޫ ހާލަތެއް ގައި ކަމަށެވެ.

އަމީރު ވިދާޅުވީ މަސްވެރިން ބާނާ މަހަށް ލާރި ނުލިބޭ ކަމަށާއި އަދި ތެޔޮ ނުލިބިގެން މަސްވެރިން މަހައް ވެސް ނުފުރާތިބޭ ކަމަށެވެ. އަދި މަސްވެރިންނަށް ލިބޭ އާމްދަނީ މަދުވުމުގެ ސަބަބުން ރައްރަށުގައި ރައްޔިތުން ބިކަވެ، އިޤްތިޞާދީ ހަރަކާތްތައް ވެސް ހުއްޓީފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާއަށް ބަލާލި ނަމަވެސް ފެނިގެން ދަނީ ކުދި އަދި މެދުފަންތީގެ ބޮޑެތި ކުންފުނިތައް އިނދަޖެހި، ބަނގުރޫޓު ވެފައިވާ މަންޒަރުކަމަށާއި އެގޮތުން ކޮންސްޓްރަކްޝަން ކުންފުނިތައް އިނދަޖެހިފައި ވުމުން ގިނަ މަސައްކަތްތައް މިހާރު ހުއްޓިފައިވާ ކަމަށެވެ. އަދި ތަކެތީގެ އަގުތައްވެސް އިންތިހާއަށް އުފުލި އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާ ލައްވަމުން އަމީރު ވިދާޅުވީ މި ސަރުކާރުން 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުން އެވާހަކަ ހުއްޓާނުލާ ދައްކަމުން ގެންދާއިރު، އެ ވިދާޅުވާ 2 މިލިއަން ފަތުރުވެރިން ރާއްޖެ އައީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަސަބުން ކަމަށާއި އެއީ މި ސަރުކާރުގެ ސިޔާސަތުތައް މޮޅުވެގެން ލިބުނު ކުރިއެރުމެއް ނޫންކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ސިޔާސީ މުވައްޒަފުން ގިނަކޮށް އެ ބޭފުޅުންނަށް ބަޖެޓުގައި ހުރި ހުރިހާފައިސާއެއް ދީ ހުސްކުރުން ކަމަށާއި ފާސްކުރި ބަޖެޓުން ރަށެއްގެ ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް އިޤްތިޞާދީ ޕްރޮޖެކްޓެއް ނުހިންގާކަމަށެވެ. އަމީރު ވިދާޅުވީ މި ސަރުކާރަށް އެއް އަހަރު ފާއިތުވެ ދިޔައިރު، ރަށެއްގައި އެއްވެސް ޕްރޮޖެކްޓެއް ނުހިންގާ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން ތިބީ ނިކަމެތިކަމެއްގެ ތެރޭގައި ކަމަށެވެ.

އަމިރު ވިދާޅުވީ ފާއިތުވި އަހަރަކީ ރައްޔިތުން އިޤްތިޞާދީ ގޮތުން އިތުރަށް ފަޤީރުވެގެން ދިޔަ އަހަރެއްކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު