Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާޒީންގެ ސުލޫކީ މައްސަލަ

ޑްރަގް ކޯޓުގެ ޤާޟީ މުޙައްމަދު ސަމީރާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައިފި

ޒާތީ ތަޢައްޞުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ޤާޟީ މުޙައްމަދު ސަމީރު ޢަމަލުކުރެއްވިކަމަށް ޖޭއެސްސީން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 އޮކްޓޯބަރު 2022 | ހޯމަ 03:47
ޑްރަގް ކޯޓު

ޑްރަގް ކޯޓު

ޑްރަގް ކޯޓުގެ ޤާޟީ މުޙައްމަދު ސަމީރާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން އެކަން ހާމަކޮށްފައިވަނީ ހޯމަ ދުވަހު އާންމުކުރި ބަޔާނެއްގައެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި އޮތް ޝަރީޢަތުގެ އަޑުއެހުމެއްގައި، އެ ޤަޟިއްޔާގައި ދައުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލުންގެ ފަރާތުން ޖޭއެސްސީއަށް ޤާޟީ މުޙައްމަދު ސަމީރުއާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާކަން ޖޭއެސްސީން ވަނީ ފާހަގަ ކޮށްފައެވެ.

Advertisement - newsAdvertisement

އަދި ދިފާޢީ ވަކީލުން ކުށްވެރި ކުރައްވައި، އެ ވަކީލުންނާމެދު ޒާތީ ތަޢައްޞުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ޤާޟީ މުޙައްމަދު ސަމީރު ޢަމަލުކުރައްވައި ވާހަކަދައްކަވާފައިވާކަން ސާބިތުވާކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، ޤާޟީ މުޙައްމަދު ސަމީރުގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނޫ)ގެ 7 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (3) ވަނަ ނަންބަރާއި، 33 ވަނަ މާއްދާގެ (ށ)އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 2.1 ވަނަ ނަންބަރާއި، 2.2 ވަނަ ނަންބަރާއި، 3.1 ވަނަ ނަންބަރާއި، އަދި  4.10 ވަނަ ނަންބަރާއި ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއް ކަމަށެވެ.

ވުމާއެކު، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. އެގޮތުން ކޮމިޝަނުން އެގޮތަށް ނިންމާފައިވަނީ 2022 އޮކްޓޫބަރު 19 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ މިއަހަރުގެ 73 ވަނަ ޖަލްސާގައެވެ.

ފަނޑިޔާރު ސަމީރު ކުރިން މަސައްކަތް ކުރައްވަމުން ގެންދެވީ ކްރިމިނަލް ކޯޓުގައެވެ. ނަމަވެސް އޭނާ ޑްރަގް ކޯޓަށް ބަދަލު ކުރައްވަން ނިންމެވީ "ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ޤަވާއިދު" ގެ ދަށުންނެވެ. ފަނޑިޔާރު ސަމީރުގެ އެދިވަޑައިގަތުމުގެ މަތިން ޖޭއެސްސީން އެގޮތަށް ނިންމަވާފައިވަނީ 2021 ޖޫން 6 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 45 ވަނަ ބައްދަލުވުމުގައެވެ.  

އިތުރަށް ކިޔާލަން

27 މާރިޗު 2017

ކްރިމިނަކް ކޯޓުގެ އެއްވެސް ޝަރީޢަތަކަށް "މިހާރު" ނޫހުގެ ނޫސްވެރިން ނުވެއްދުމަށް ނިންމައިފި

27 މާރިޗު 2017
ކްރިމިނަކް ކޯޓުގެ އެއްވެސް ޝަރީޢަތަކަށް "މިހާރު" ނޫހުގެ ނޫސްވެރިން ނުވެއްދުމަށް ނިންމައިފި
19 މާރިޗު 2017

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު