Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޯމާލިއާ

ސޯމާލިއާގެ އެޑިއުކޭޝަން މިނިސްޓްރީ އިމާރާތަށް ބޮމުގެ ހަމަލާތަކެއް ދީފި

މި ހަމަލާގައި 30 މީހުން ވަނީ މަރުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 އޮކްޓޯބަރު 2022 | އާދީއްތަ 02:21
ސޯމާލިއާ

ސޯމާލިއާ

ސޮމާލިއާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ އެ ޤައުމުގެ އެޑިއުކޭޝަން މިނިސްޓްރީ އިމާރާތަށް ބޮމުގެ ހަމާލާތަކެއް ދީފިއެވެ.

އެ އިމާރާތް ކައިރީގައި އޮތް ދެ ކާރެއް ވަނީ ހޮނިހިރު ދުވަހު ގޮއްވާލާފައެވެ. އެ ގޮވުންތަކުގައި މިހާތަނަށް 30 މީހުން މަރުވެފައިވާއިރު 20 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސޯމާލިއާގެ ހޮސްޕިޓަލުތަކާ ހަވާލާދީ ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބޮން ގޮވި ހިސާބުގައި ހުރި ރޮއިޓަރސްގެ ނޫސްވެރިއަކު ބުނެފައިވާ ގޮތުގައި ދެ ގޮވުން ގޮވާފައިވަނީ ކައިރި ކައިރީގައި ކަމަށެވެ.

މި ބޮންތައް ގޮއްވައިލާފައި ވަނީ އެ ޤައުމުގެ އެޑިއުކޭޝަން މިނިސްޓްރީ ހުންނަ ކާރުބާރު ބޮޑު މަގެއްގައެވެ. އެ ހަމަލާ ދިން އިރު ގިނަ ބަޔަކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

ސޮމާލިއާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތެއް ކަމުގައިވާ އަލް ޝަބާބް ހަނގުރާމަވެރިން ދަނީ އެ ޤައުމުގެ ސަލާމަތީ ފައުޖުތަކާ ހަނގުރާމަ ކުރަމުންނެވެ. މި ހަމަލާއަކީ ވެސް އެ ޖަމާއަތުން ދިން ހަމަލާ އެއް ކަމަށް ޝައްކު ކުރާއިރު އެ ޖަމާއަތުން ހަމަލާގެ ޒިންމާ މިހާތަނަށް އުފުލާފައި ނުވެއެވެ.

މި ބޮންތައް ގޮއްވާލާފައިވާ ސަރަހައްދަނީ 2017 ވަނަ އަހަރު އަލް ޝަބާބް އިން ބޮމުގެ ހަމަލާތަކެއް ދިން ސަރަހައްދެކެވެ. އެ ފަހަރުގެ ހަމަލާތަކުގައި 500 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ބަގްދާދުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 10 މީހުން މަރުވެއްޖެ

30 މެއި 2017
ބަގްދާދުގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 10 މީހުން މަރުވެއްޖެ
25 މެއި 2017

އިންޑޮނީޝިއާގެ ޖަކާޓާގައި ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހުން މަރުވެ 10 މީހުން ޒަޚަމްވެއްޖެ

25 މެއި 2017
އިންޑޮނީޝިއާގެ ޖަކާޓާގައި ދިން ބޮމުގެ ހަމަލާއެއްގައި ތިން މީހުން މަރުވެ 10 މީހުން ޒަޚަމްވެއްޖެ
24 މެއި 2017

ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ

24 މެއި 2017
ހޮމްސް ސިޓީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެއްޖެ
22 މެއި 2017

ބެންކޮކްގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި 24 މީހުން ޒަޚަމްވެއްޖެ

22 މެއި 2017
ބެންކޮކްގެ ހޮސްޕިޓަލަކަށް ދިން ބޮމުގެ ހަމަލާއެއްގައި 24 މީހުން ޒަޚަމްވެއްޖެ
11 މާރިޗު 2017

ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި

11 މާރިޗު 2017
ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު