Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޗައިނާގެ ކޮވިޑް ހާލަތު

ޗައިނާގައި އަދިވެސް ކޮވިޑް

29 އޮކްޓޯބަރު 2022 | ހޮނިހިރު 19:11

ޝެންގހައިގެ 1.3 މިލިއަން މީހުންގެ ޑިސްޓްރިކްޓެއް ހުކުރު ދުވަހުން ފެށިގެން ވަނީ ލޮކްޑައުންކޮށްފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 29 އޮކްޓޯބަރު 2022 | ހޮނިހިރު 19:11
ވޫހާންގައި ޓެސްޓު ކުރަނީ

ވޫހާންގައި ޓެސްޓު ކުރަނީ

ޗައިނާގެ އެންމެ ބޮޑު ސިޓީ ޝެންގހައިގައި ކޮވިޑް ކޭސްތައް ރިޕޯޓްކުރަމުން ދާތީ, މީހުން ޓެސްޓްކުރުމުގެ މަސައްކަތް ހުކުރު ދުވަހުން ފެށިގެން ދަނީ ކުރަމުންނެވެ. އެންމެ ބޮޑަށް ބަލި އުޅޭކަން ފާހަގަކުރެވިފައިވާ ޔަންގޕޫ ޑިސްޓްރިކްޓްގެ 1.3 މިލިއަން މީހުން ވަނީ ލޮކްޑައުން ކޮށްފައެވެ. ކަމާބެހޭ އިދާރާތަކުން ވަނީ ޓެސްޓްގެ ނަތީޖާ ލިބެންދެންނަމަވެސް ގޭގައި މަޑުކުރުމަށް އެންމެންނަށް އަންގާފައެވެ.

ވޫހާންގެ 9 ލައްކަ މީހުންގެ އާބާދީ ބުދަ ދުވަހުން ފެށިގެން 5 ދުވަހަށް ވަނީ ލޮކްޑައުން ކޮށްފައެވެ.

ނިމުނު ހޫނު މޫސުމުގައިވެސް މުޅި ޝެންގހައިގެ 25 މިލިއަން މީހުންގެ އާބާދީ ވަނީ 2 މަސްދުވަހަށް ލޮކްޑައުން ކޮށްފައެވެ. މިކަމާގުޅިގެން ގިނަބަޔަކު ކާއެއްޗިއްސަށް ޖެހި، އިގްތިސާދަށް ބޮޑެތި ގެއްލުން ލިބި، އަދި ސަރުކާރާ އާންމުންނާ ދެމެދު ކުރިން ނުފެންނަ ކުރިމަތިލުންތައް ފެށިފައިވެއެވެ.

ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ކޮންގްރެސް ނިމިފައިވީނަމަވެސް ޒީރޯ ކޮވިޑް ޕޮލިސީ ދޫކޮށްލަން އުޅޭތަނެއް ނުފެނެއެވެ.

ޗައިނާގެ ބޯޑަރުތައް އަދިވެސް މުޅިން ހުޅުވާލާފައެއް ނުވެއެވެ. އަދި އެހެން ގައުމުތަކުން ދާމީހުން އަދިވެސް ސަރުކާރުން އަންގާ ތަނެއްގައި 10 ދުވަހު ކަރަންޓީންވާން ޖެހެއެވެ. މިއީ ޚަރަދުބޮޑު ކަމެއް ކަމަށް ވުމުން މިކަން ދޫކޮށްލުމަށް ޑަބްލިއު.އެޗް.އޯ.އިން ވެސް ވަނީ ގޮވާލާފައެވެ. ނަމަވެސް ޗައިނާ ސަރުކާރުން ބުނަނީ މިކަމުގެ ބޭނުމަކީ ހޮސްޕިޓަލްގައި އެޑްމިޑްވާންޖެހޭ މީހުން މަދުކުރުމާއި އަދި މަރުވާ މީހުން މަދުކުރުން ކަމުގައެވެ.

ޗައިނާއިން ހުކުރު ދުވަހުވެސް 1،337 އައު ކޮވިޑް ކޭސް ރިޕޯޓްކޮށްފައި ވާކަމަށް ވެއެވެ. ނަމަވެސް އިތުރު މަރެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ޗައިނާއިން ބުނާގޮތުގައި 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެގައުމުގައި ރިޕޯޓް ކޮށްފައިވަނީ ކޮވިޑް-19ގެ މުޅިއެކު 258،660 ކޭހެވެ. އަދި މަރުވެފައިވަނީ 5،226 މީހުންނެވެ.

ކުރިޔަށް އޮތް ތަނުގައިވެސް ކޮވިޑް ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅު އެޅުން ސަރުކާރުން ދޫކޮށްނުލާނެކަން ވަނީ ހާމަވެފައެވެ. މިގޮތުން ހުއަންގޕޫ ކޯރުގައި އެކަހެރިކޮން އޮންނަ ޖަޒީރާއެއްގައި ބޮޑު ދާއިމީ ކަރަންޓީން ފެސިލިޓީއެއް އަޅާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. 221 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން އަޅާ މި ފެސިލިޓީގައި 3،009 އައިސޮލޭޝަން ކޮޓަރި އަދި 3250 އެނދު ހުންނާނެކަމަށް ވެއެވެ. މިތަނުގެ މަސައްކަތް ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށް ވެއެވެ.

އޮކްޓޯބަރ މެދެއްހާ ހިސާބަށް އައިއިރު ޗައިނާގެ 90 އިންސައްތަ މީހުން ވަނީ ވެކްސިން ޖަހާފައެވެ. އަދި 57 އިންސައްތަ ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. ނަމަވެސް އާންމު ތަނަކަށް ވަނުމަށް، ވެކްސިން ޖެހިކަމުގެ ހެކި ބޭނުމެއް ނުވެއެވެ. ބޭނުން ވަނީ ހަމަ އެކަނި ނެގަޓިވް ކޮވިޑް ޓެސްޓެކެވެ.

ޗައިނާގެ އާބާދީއަކީ 1.412 ބިލިއަނެވެ.  

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

27 އޯގަސްޓު 2018

ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް

27 އޯގަސްޓު 2018
ބުދުތައް ނަގަން ބުނިތާ އެއް މަސް، އަދިވެސް ހުރީ ހުރި ގޮތަށް
11 ޖުލައި 2018

އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!

11 ޖުލައި 2018
އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!
14 ޖޫން 2018

ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް

14 ޖޫން 2018
ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް
30 އެޕްރީލު 2018

އަދިވެސް އަޑުގަދަ މީހާ ރުއް ގިނަ!

30 އެޕްރީލު 2018
އަދިވެސް އަޑުގަދަ މީހާ ރުއް ގިނަ!
24 އެޕްރީލު 2018

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018
މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން
23 އެޕްރީލު 2018

އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

23 އެޕްރީލު 2018
އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!
27 މާރިޗު 2018

ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!

27 މާރިޗު 2018
ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!
21 ޑިސެމްބަރު 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

21 ޑިސެމްބަރު 2017
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!
13 ނޮވެމްބަރު 2017

ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ

13 ނޮވެމްބަރު 2017
ހދ އަތޮޅު ޒުވާނުންގެ އިންޒާރު: ބައިސާ ނުކަނޑުއްވާ. އަދިވެސް މިތިބީ އެހާލުގަ
05 ސެޕްޓެމްބަރު 2017

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް