Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭންސީ ޕެލޯސީގެ ފިރިކަލުންނަށް ހަމަލާދިނުން

ޕެލޯސީގެ ފިރިކަލުންނަށް ހަމަލާދިން މީހާއަށް ގަސްތުގައި މީހަކު މަރާލަން އުޅުނުކަމުގެ ދައުވާ

29 އޮކްޓޯބަރު 2022 | ހޮނިހިރު 13:38

ފުލުހުންނާ އެފްބީއައި ގުޅިގެން މިހާރު ދަނީ މިހަމަލާ ތަހުގީގުކުރަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 އޮކްޓޯބަރު 2022 | ހޮނިހިރު 13:38
އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ އާއި ފިރިކަލުން ޕޯލް ޕެލޯސީ

އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ އާއި ފިރިކަލުން ޕޯލް ޕެލޯސީ

އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ނޭންސީ ޕެލޯސީގެ ފިރިކަލުން ޕޯލް ޕެލޯސީއަށް ހަމަލާދިން މީހާއަށް ގަސްތުގައި މީހަކު މަރާލަން އުޅުނުކަމުގެ ދައުވާއާއި އިތުރު ދައުވާތަކެއް ކޮށްފިއެވެ.

ޕެލޯސީގެ ދެކަނބަލުން ސެން ފްރެންސިސްކޯގައި ދިރިއުޅުއްވާ ގެކޮޅަށް ވަދެ މީހަކު ވަނީ "ނޭންސީ ކޯބާ؟" މިހެން ހަޅޭލަވައިގަތުމަށްފަހު އޭނާގެ ފިރިކަލުންނަށް މަރުތޭލަކުން ހަމަލާދީފައެވެ.

ހުކުރު ދުވަހު ޕެލޯސީގެ ދެކަނބަލުންގެ ގެކޮޅަށް ވަދެގަނެ ދިން ހަމަލާގެ މަގުސަދާގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް އެންމެ ފުރަތަމަ އެމެރިކާގެ ފުލުހުންވަނީ ދެކޮޅުހަދާފައެވެ. ނަމަވެސް ފުލުހުން ވަނީ ހަމަލާދިން މީހާ ހާމަކޮށްފައެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ޕޯލް އަށް ހަމަލާދީފައި ވަނީ އުމުރުން 42 އަހަރުގެ ޑޭވިޑް ޑެޕާޕީ ކިޔާ މީހެކެވެ. އޭނާވެސް ވަނީ ހަމަލާއަށް ފަހު ސެން ފްރެންސިސްކޯގެ ހޮސްޕިޓަލަކަށް ގެންގޮސްފައިކަމަށް ރޮއިޓަރސްއިން ބުނެއެވެ.

ޑެޕާޕީގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރާލަން އުޅުނުކަމުގެ ދައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރަކުން މީހަކަށް ހަމަލާދިނުމުގެ ކުށުގެ ދައުވާ އާއި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިނުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ. މީގެ އިތުރުން އިތުރު އެހެން ދައުވާތަކެއްވެސް އޭނާގެ މައްޗަށް އުފުލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސެން ފްރެންސިސްކޯގެ ޕޮލިސް ޗީފް ވިލިއަމް ސްކޮޓް މީޑިއާއަށް މައުލޫމާތުދެއްވަމުން ވަނީ މިއީ ހަމަ ހުރެފަދިން ހަމަލާއެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެހެންމަވެސް މިހަމަލާދިން ސީދާ ސަބަބެއް އަދި ހޯދިފައިނުވާކަމަށް ވަނީ ވިދާޅުވެފައެވެ.

ފުލުހުންނާ އެފްބީއައި ގުޅިގެން މިހާރު ދަނީ މިހަމަލާ ތަހުގީގުކުރަމުންނެވެ.

ނޭންސީ ޕެލޯސީގެ އޮފީހާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން އުމުރުން 82 އަހަރުގެ ޕޯލްއަށް ހަމަލާގައި ލިބުނު އަނިޔާތަކަށް ދަނީ ފަރުވާހޯދަމުންނެވެ. އެގޮތުން ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ސަރޖަރީއެއް ހަދާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޕޯލްގެ ކަނާތަށާއި ދެ އަތްތިލައަށް ލިބުނު އަނިޔާތަކަށްވެސް ފަރުވާހޯދާފައިވާކަމަށް ވަނީ ބުނެފައެވެ.

ޕޯލްއަށް ލިބުނު އަނިޔާތަކުން ފުރިހަ ޝިފާއެއް ލިބޭނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ނޭންސީގެ އޮފީހުން ވަނީ މީޑިއާއަށް މައުލޫމާތުދީފައެވެ.

ޕެލޯސީގެ ދެކަނބަލުންގެ ގެކޮޅަށް ވަދެގަނެ ޕޯލް އަށް ހަމަލާދިންވަގުތު ނޭންސީ ހުންނެވީ ވޮޝިންގްޓަންގައެވެ. ނަމަވެސް މިހާރު އެކަމަނާ ވަނީ ފިރިކަލުންގެ އަރިހަށް ސެން ފްރެންސިސްކޯއަށް ވަޑައިގަންނަވާފައެވެ.

ނޭންސީ ޕެލޯސީގެ ފިރިކަލުންނަށް ހަމަލާދީފައި މިވަނީ އެމެރިކާގެ މިޑްޓަރމް އިލެކްޝަނަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. އެގޮތުން ނޮވެމްބަރު 8 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓުގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓީޓިވްސް އާއި ސެނެޓްގެ ކޮންޓްރޯލް ލިބިގެންދާނެ ބަޔަކު ކަނޑައެޅިގެންދާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 މެއި 2018

ބެލްކަނީން މައްޗަށް އަރައި ކުއްޖާ ސަލާމަތް ކުރި މީހާއަށް ފްރާންސްގެ ރައްވެހިކަން ދީފި

28 މެއި 2018
ބެލްކަނީން މައްޗަށް އަރައި ކުއްޖާ ސަލާމަތް ކުރި މީހާއަށް ފްރާންސްގެ ރައްވެހިކަން ދީފި
14 މެއި 2018

ވަޑާން ކުރާ މީހެއްގެ ދަރި އިނގިރޭސިވިލާތުގެ އެންމެ މުއްސަދި މީހާއަށް ވެއްޖެ

14 މެއި 2018
ވަޑާން ކުރާ މީހެއްގެ ދަރި އިނގިރޭސިވިލާތުގެ އެންމެ މުއްސަދި މީހާއަށް ވެއްޖެ
27 ޑިސެމްބަރު 2017

މިސްރުގެ ސިނާއިގައި 2013 ވަނަ އަހަރު ހަމަލާދިން ކަމަށް ސާބިތުވި 15 މީހަކު ދަންޖައްސައިފި

27 ޑިސެމްބަރު 2017
މިސްރުގެ ސިނާއިގައި 2013 ވަނަ އަހަރު ހަމަލާދިން ކަމަށް ސާބިތުވި 15 މީހަކު ދަންޖައްސައިފި
28 އޮކްޓޯބަރު 2017

30 އަންހެނެއްގެ ގަޔަށް ގަސްތުގައި އެޗްއައިވީ ވައިރަސް ޖެއްސުވި ފިރެހެނަކު 24 އަހަރަށް ޖަލަށް ލައިފި

28 އޮކްޓޯބަރު 2017
30 އަންހެނެއްގެ ގަޔަށް ގަސްތުގައި އެޗްއައިވީ ވައިރަސް ޖެއްސުވި ފިރެހެނަކު 24 އަހަރަށް ޖަލަށް ލައިފި
04 އޮކްޓޯބަރު 2017

ލަސްެ ވެގަސް ހަމަލާ:ހަމަލާދިން ޕެޑޮކްގެ ލޯބިވެރިޔާ އެމެރިކާއަށް ހިނގައްޖެ

04 އޮކްޓޯބަރު 2017
ލަސްެ ވެގަސް ހަމަލާ:ހަމަލާދިން ޕެޑޮކްގެ ލޯބިވެރިޔާ އެމެރިކާއަށް ހިނގައްޖެ
23 ސެޕްޓެމްބަރު 2017

ލަންޑަންގެ ރޭލް ހަމަލާ: ގަސްތުގައި މީހަކު މެރުމުގެ ދައުވާ 18 އަހަރުގެ މީހެއްގެ މައްޗަށް އުފުލައިފި

23 ސެޕްޓެމްބަރު 2017
ލަންޑަންގެ ރޭލް ހަމަލާ: ގަސްތުގައި މީހަކު މެރުމުގެ ދައުވާ 18 އަހަރުގެ މީހެއްގެ މައްޗަށް އުފުލައިފި
31 އޯގަސްޓު 2017

މެންޗެސްޓަރގައި ހަމަލާދިން މީހާގެ ކޮއްކޮއަށް ލީބިޔާގައި ދައުވާކޮށްފި

31 އޯގަސްޓު 2017
މެންޗެސްޓަރގައި ހަމަލާދިން މީހާގެ ކޮއްކޮއަށް ލީބިޔާގައި ދައުވާކޮށްފި
19 ޖޫން 2017

ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި

19 ޖޫން 2017
ފިންސްބަރީ ގެ ހަމަލާ: ހަމަލާދިން ސަރަޙައްދަށް ބޮޑުވަޒީރު ޒިޔާރަތްކުރައްވައިފި
30 މެއި 2017

މެންޗެސްޓަރ ހަމަލާ: ހަމަލާދިން މީހާގެ އިތުރު ފޮޓޯއެއް އާއްމުކޮށްފި

30 މެއި 2017
މެންޗެސްޓަރ ހަމަލާ: ހަމަލާދިން މީހާގެ އިތުރު ފޮޓޯއެއް އާއްމުކޮށްފި
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް