Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަސްެ ވެގަސް ހަމަލާ

ލަސްެ ވެގަސް ހަމަލާ:ހަމަލާދިން ޕެޑޮކްގެ ލޯބިވެރިޔާ އެމެރިކާއަށް ހިނގައްޖެ

4 އޮކްޓޯބަރު 2017 | ބުދަ 19:04

ހަމަލާގައި 59 މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުންވަނީ ޒަޚަމްވެފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 4 އޮކްޓޯބަރު 2017 | ބުދަ 19:04
މެރިލޫ ޑެންލީ އަކީ މީގެ 20 އަހަރު ކުރިން އެމެރިކާއަށް ބަދަލުވި އޮސްޓްރޭލިޔާގެ ރައްޔިތެއް

މެރިލޫ ޑެންލީ އަކީ މީގެ 20 އަހަރު ކުރިން އެމެރިކާއަށް ބަދަލުވި އޮސްޓްރޭލިޔާގެ ރައްޔިތެއް

ލަސް ވެގަސްގައި ހަމަލާދިން ސްޓެފަން ޕެޑޮކްގެ ލޯބިވެރިޔާ އެމެރިކާއަށް ގޮސްފިއެވެ.އެމެރިކާގައި ފުލުހުން އޭނާއާ ސުވާލު ކުރާނެއެވެ.

ފިލިޕީންސުން ލޮސްއެންޖެލިސްއަށް އަންގާރަ ދުވަހުގެ ރޭ، މެރިލޫ ޑެންލީ ދިއުމުން ފެޑެރަލް ފުލުހުން ވަނީ އޭނާއާ ބައްދަލު ކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޕެޑޮކް ވަނީ މި ހަމަލާގެ ކުރިން ފިލިޕީންސްގައި ހުރި މެރިލޫ އަށް 100،000ޑޮލަރު ފޮނުވާފައެވެ.

ބުދަ ދުވަހުގެ ވަގުތެއްގައި ރައީސް ޓްރަމްޕް ލަސް ވެގަސްއަށް ވަޑައިގަންނަވާނެއެވެ.

"ރަނގަޅު..މިއީ ވަރަށް ދެރަ ކަމެއް"ނެވާޑާއަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން ވައިޓްހައުސްގައި ހުންނަވަ ނޫސްވެރިންނަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ އިހުތިރާމް އަދާކޮށް އަދި ކުޑަވަގުތުކޮޅެއްގެ ތެރޭ ފުރިހަމަ މަސައްކަތްތަކެއް ކުރި ފުލުހުން ދެކިލުމަށް"

ރައީސް ޓްރަމްޕް ވަނީ ހަމަލާ ދިން މީހާއާ ބެހޭގޮތުން އިތުރު ވާހަކަތައް ވެސް އިވެމުންދާކަމަށާއި އެ ވާހަކަތައް ރަނގަޅު ވަގުތުގައި ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޕެޑޮކް އަކީ ޖިނާއީ ކުށެއްގެ ރެކޯޑެއް ނެތް، ކުރިން އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު ރިޓަޔަރ ކޮށްފައިވާ މީހެކެވެ.

އޭނާވަނީ މެންޑަލޭ ބޭ ހޮޓަލުގެ 32 ބުރީގައި އޭނާ ހުރި ކޮޓަރީގައި ހުރެ ހޮޓަލުގެ ތިރީގައި ހިނގަމުން ދިޔަ ކޮންސެޓް ބެލުމަށް ޖަމާވެ ތިބި 22،000 މީހުންގެ ތެރެއަށް ވަޒަންތައް ބުރުވާލާފައެވެ.

އޭނާ މަރުވުމުގެ ކުރިން އޭނާވަނީ ބަޑީގެ ހަމަލާގައި 58 މީހުން މަރާލައި 500 އަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްލާފައެވެ.

ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވަނީ ޑެންލީ އިސްވެ ފުލުހުންނާ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މެރިލޫ ޑެންލީ އަކީ މީގެ 20 އަހަރު ކުރިން އެމެރިކާއަށް ބަދަލުވި އޮސްޓްރޭލިޔާގެ ރައްޔިތެކެވެ.

އެމެރިކާގެ އިދާރާތަކުން ވަނީ ޑެންލީއަކީ ތަހުގީގަށް ބޭނުންވާ ފަރާތެއްކަން ހާމަކޮށްފައެވެ. އަދި ހަމަލާ ދެވުނުތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފުލުހުން އޭނާއާ ގުޅާފައިވާކަމަށްވަނީ ބުނެފައެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އޭނާ އުޅެމުންދަނީ ފިލިޕީންސްގައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 އެޕްރީލު 2020

އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަންގެ ލޯބިވެރިޔާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

04 އެޕްރީލު 2020
އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަންގެ ލޯބިވެރިޔާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
14 ޖެނުއަރީ 2019

އިންޑިއާގައި ލޯބިވެރިޔާއާ އެކު ފިލި ކަމަށް ބުނެ އަންހެން ކުއްޖަކު މަރާލައިފި

14 ޖެނުއަރީ 2019
އިންޑިއާގައި ލޯބިވެރިޔާއާ އެކު ފިލި ކަމަށް ބުނެ އަންހެން ކުއްޖަކު މަރާލައިފި
14 އޯގަސްޓު 2018

ލޯބިވެރިޔާއާ އެކު ކުރެއްވި ދަތުރުފުޅަށް ފަހު ނޯވޭގެ މިނިސްޓަރަކު އިސްތިއުފާދެއްވަން ޖެހިއްޖެ

14 އޯގަސްޓު 2018
ލޯބިވެރިޔާއާ އެކު ކުރެއްވި ދަތުރުފުޅަށް ފަހު ނޯވޭގެ މިނިސްޓަރަކު އިސްތިއުފާދެއްވަން ޖެހިއްޖެ
27 ޑިސެމްބަރު 2017

ޑަސުން ތަރަންގާ ގެ ލޯބިވެރިޔާ ތަހުގީގަށް ހާޒިރު ކޮށްދިނުމަށް މައްސަލަ ތަހުގީގު ކުރަމުންދާ ކޮރޮނާ ފުލުހުންނަށް އަމުރުކޮށްފި

27 ޑިސެމްބަރު 2017
ޑަސުން ތަރަންގާ ގެ ލޯބިވެރިޔާ ތަހުގީގަށް ހާޒިރު ކޮށްދިނުމަށް މައްސަލަ ތަހުގީގު ކުރަމުންދާ ކޮރޮނާ ފުލުހުންނަށް އަމުރުކޮށްފި
04 އޮކްޓޯބަރު 2017

ލަސް ވެގަސްގެ ހަމަލާ: ޕެޑޮކް އަށް ނިސްބަތްވާ ހަތިޔާރުގެ އަދަދު 42 އަށް

04 އޮކްޓޯބަރު 2017
ލަސް ވެގަސްގެ ހަމަލާ: ޕެޑޮކް އަށް ނިސްބަތްވާ ހަތިޔާރުގެ އަދަދު 42 އަށް
03 އޮކްޓޯބަރު 2017

ލަސް ވެގަސް ހަމަލާ: މަރުވި މީހުންގެ އަދު59 އަށް

03 އޮކްޓޯބަރު 2017
ލަސް ވެގަސް ހަމަލާ: މަރުވި މީހުންގެ އަދު59 އަށް
02 އޮކްޓޯބަރު 2017

ލަސް ވެގަސްގައި ހަމަލާދިނީ 65 އަހަރުގެ މީހެއް

02 އޮކްޓޯބަރު 2017
ލަސް ވެގަސްގައި ހަމަލާދިނީ 65 އަހަރުގެ މީހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް