Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކުއްޖަކު ސަލާމަތް ކުރުން

ބެލްކަނީން މައްޗަށް އަރައި ކުއްޖާ ސަލާމަތް ކުރި މީހާއަށް ފްރާންސްގެ ރައްވެހިކަން ދީފި

28 މެއި 2018 | ހޯމަ 17:46

ކުއްޖާ އޮތީ ބެލްކަނިން ކިރިޔާ ނުވެއްޓި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 28 މެއި 2018 | ހޯމަ 17:46
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އެލީސީ ޕެލަސްގައި ގައްސާމާ ބައްދަލު ކުރައްވަނީ

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އެލީސީ ޕެލަސްގައި ގައްސާމާ ބައްދަލު ކުރައްވަނީ

ފްރާންސް ވެރިރަށް ޕެރިގުގެ އުތުރުގެ ސަރަހައްދެއްގައި ހުރި އިމާރާތެއްގެ ހަތަރު ވަނަ ބުރިން އެލިފައި އޮތް ކުޑަ ކުއްޖަކު ސަލާމަތްކުރަން އެއް ބެލްކަނިން އަނެއް ބެލްކަނިން މައްޗަށް އަރައި، އެ ކުއްޖާ ސަލާމަތް ކުރި މީހާއަށް ފްރާންސްގެ ރައްވެހިކަން ދީ، އެތައް ބައެއްގެ ތައްރީފު އޮހެން ފަށައިފިއެވެ.

އެފްރިކާގެ ހުނޅަގުގައި އޮންނަ ގައުމެއް ކަމަށްވާ، މާލީން ފްރާންސަށް ހިޖްރަކުރި މަމޫސޯ ގައްސާމާގެ ހިތްވަރަށް އެތައް ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. ކުއްޖާ ސަލާމަތް ކުރަން އެއްކަމެއް ވެސް ނުކޮށް އެތައް ބަޔަކު މަންޒަރު ވީޑިއޯ ކުރަން ތިބި އިރު ގައްސާމާ ވަނީ އަމަލީ ގޮތުން ހަރަކާތް ތެރިވެފައެވެ. އޭނާ ވަނީ ފަޔަރ އެންޑް ރެސްކިއު އަންނަންދެން ވެސް މަޑުނުކޮށް އިމާރާތުގައި ބޭރުގައި އެލެމުން މައްޗަށް އަރާފައެވެ. އޭރު ޖެހިގެން ހުރި ބެލްކަނީގައި ތިބި ބަޔަކު އެ ކުއްޖާގެ އަތުގައި ހިފޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ގައްސާމާ ވަނީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ހަތަރު ވަނަ ބުރިއަށް އަރައި، ވެއްޓެމުން ދިޔަ އެ ކުއްޖާ ސަލާމަތް ކޮށްފައެވެ.

ގައްސާމާ ބުނީ އަސްލު އޭނާ އެ ސަރަހައްދުން ދިޔައީ ފުޓްބޯޅަ މެޗެއް ބަލަން ކަމަށެވެ. އެހެން ދިޔައިރު ބަޔަކު އެއްވެގެން އުޅޭތީ ބެލިއިރު ކުޑަ ކުއްޖަކު ބެލްކަނީގެ އެލިފައި އޮތްތަން ފެނުނު ކަމަށެވެ. އެ ވަގުތު ގަތް ބިރެއްގެ ސަބަބުން މުޅި ހަށިގަނޑު ތުރުތުރު އަޅަން ފެށި ނަމަވެސް އެކަމާ މާބޮޑަށް ނުވިސްނައި އެ ކުއްޖާ ސަލާމަތްކުރެވޭނެ ގޮތެއް އޮތްތޯ ބެލި ކަމަށެވެ. އަދި އެކަން ކުރުމުގެ ބާރާއި ހިތްވަރު އޭނާ އަށް ދެއްވީ ހެއްދެވި ފަރާތުން ކަމަށް ވެސް ބުނެފައި ވެއެވެ.

ކުއްޖާ ސަލާމަތްކުރުމާ ގުޅިގެން މީސް މީޑިއާގައި މީހުން ގައްސާމާއަށް ތައުރީފުކުރުމުގެ އިތުރުން ވަނީ ވަނަމަކަށް 'ސްޕައިޑަމޭން'ގެ ނަން ދީފައެވެ. އަދި އޭނާއަކީ އަސްލު ސުޕަހީރޯއެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. ދުނިޔޭގެ ވެރިން ވެސް ވަނީ ގައްސާމާ އަށް ޝުކުރު އަދާކޮށްފައެވެ. ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ އެލީސީ ޕެލަސްގައި ގައްސާމާ ބައްދަލުކުރައްވައި ހިތްވަރު ދެއްކުމުގެ މެޑަލް އާއި ކުރެއްވި ކަންތައް ފާހަގަ ކުރަން ސެޓްފިކެޓެއް ދީފައެވެ. ޕެރިހުގެ މޭޔަރު އޭން ހިޑަލްގޯ ވެސް ވަނީ ގައްސާމާ އަށް ގުޅުއްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ފްރާންސްގެ ސަރުކާރުން ވަނީ އޭނާ އަށް ދާއިމީ ރަށްވެހިކަން ވެސް ދީފައެވެ. އެއާއެކު ގައްސާމާއަށް ވަނީ ފަޔަރ އެންޑް ރެސްކިއު އިން ވެސް ވަޒީފާއެއް ލިބިފައެވެ.

ކުއްޖާގޭގައި އެކަނި ބަހައްޓާފައި ދިއުމާ ގުޅިގެން ފުލުހުން ވަނީ ބައްޕައާ ސުވާލް ކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތޮގައި އެ ކުއްޖާގެ ބައްޕަ ކޯޓަށް ހާޒިރުވާން ވެސް ވަނީ އަންގާފައެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާ ބެލްކަނީން ބޭރަށް އެލިފައި އޮތް އިރު އެ ގޭގައި އިތުރު މީހަކު ނެތް ކަމަށް ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް