Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެމްކޯ

ގަވާއިދާ ހިލާފަށް ކުނި އުފުލާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ފަސްކޮށްފި

ގަވާއިދާ ހިލާފަށް ކުނި އުފުލާ ފަރާތްތަކާ މެދު އޮގަސްޓް މަހުން ފެށިގެން ފިޔަވަޅު އެޅޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 23 ޖޫން 2017 | ހުކުރު 04:39
ވެމްކޯ އިން ކުނި އުފުލާ ވެހިކަލް

ވެމްކޯ އިން ކުނި އުފުލާ ވެހިކަލް

ގަވާއިދާ ހިލާފަށް ކުނި އުފުލާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން އެއް މަސް ދުވަހަށް ފަސްކުރުމަށް ނިންމާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އާއި ވޭސްޓް މެނޭޖްމެންޓް ކޯޕްރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ގަވާއިދާ ހިލާފަށް ކުނި އުފުލާ ފަރާތްތަކާ މެދު ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ބުނެފައި ވީ ނަމަވެސް އެ އިދާރާއިން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ގަވާއިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތަކާ މެދު ޖުލައި 1، 2017 ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ނިންމާފައިވީ ނަމަވެސް ގިނަ ފަރާތްތަކަކުން މިމުއްދަތު އިތުރުކޮށްދިނުމަށް އެދެމުންދާ ކަމަށެވެ.

ވެމްކޯގެ ބަޔާނުގައި ބުނެފައި ވަނީ ވޭތުވެދިޔަ މެއި މަހުން ފެށިގެން، ރަޖިސްޓްރީ ވާން މުޅިމާލެއަށް ހުޅުވާލާފައިވީ ނަމަވެސް، ބައެއް ސަބަބުތަކާ ހުރެ، މިއަދާހަމަށް ގިނަ ފަރާތްތަކުން ވެމްކޯގެ ކުނިއުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ނުވެ ތިބިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިފަދަ ގިނަ ފަރާތްތަކުން ކުނި އުކާލުމުގެ ޚިދުމަތް ހޯދަނީ ޤަވާއިދާޚިލާފަށް މިމަސައްކަތް ކުރާ ބިދޭސީން ލައްވައިކަން ވެމްކޯ އިން ވަނީ ފާހަގަ ކޮށްފައެވެ.

މުއްދަތު އިތުރުކުރަން ނިންމީ ވެމްކޯގެ ކުނި އުކައިދިނުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ވުމަށް ފުރުޞަތު ގިނަ ބަޔަކަށް ތަނަވަސްކޮށްދިނުމުގެ ގޮތުންނާއި އަދި މިފަދަ ޙާލަތެއްގައި މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން ޤަވާޢިދާއި ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށައިފި ނަމަ، ޢާންމުންގެ ގިނަބަޔަކަށް މިކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާނެ ކަމުގައި ފެންނަ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެހެން ކަމުން ރައްޔިތުންނަށް މިކަމުން ދިމާވެދާނެ ދަތިތަކަށް ލުޔެއްދިނުމުގެ ގޮތުން، ޤަވާޢިދާއި ޚިލާފަށް ކުނިއުފުލާ ފަރާތްތަކާ މެދު ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅަން ފަށާ ތާރީޚު، 1 މަސްދުވަހުގެ މުއްދަތަށް ލަސްކޮށްލުމަށް ހަމަޖައްސައިފައިވާ ކަމަށް ވެމްކޯގެ ބަޔާނުގައި ވެއެވެ.

ވެމްކޯގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިހާރު ހަމަޖެހިފައިވާ ގޮތުން ޤަވާއިދާއި ޚިލާފަށް ކުނި އުފުލާ ފަރާތްތައް މިފެށޭ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުއްޓުވައި ނަސޭހަތްދީ ހަނދާންކޮށްދީ، އެއަށްފަހު އެކަން ތަކުރާރުކުރާ ނަމަ، އިންޒާރުދީ، އަދި 1 އޯގަސްޓް 2017 ވަނަ ދުވަހުން ފެށިގެން ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފައްޓާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މިފަދައިން ފިޔަވަޅު އަޅަން ޖެހުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަކުން ސަލާމަތް ވުމުގެ ގޮތުން، އެންމެ ފަހު ވަގުތާ ޖެހެންދެން މަޑުކުރުމުގެ ބަދަލުގައި ވީއެންމެ އަވަހަކަށް ވެމްކޯގެ ކުނި އުކައިދިނުމުގެ ޚިދުމަތުގައި ރެޖިސްޓްރީވެ، ޤަވާޢިދާއި ޚިލާފަށް ކުނިއުކުމުގައި ޝާމިލްވާފަރާތްތަކުގެ ޚިދުމަތް ހޯދުން ހުއްޓާލުމަށް، އެންމެހާ ރައްޔިތުންނަށް ވެމްކޯ އިން ވަނީ އިއުތިމާސްކޮށްފައެވެ.

މީގެ އިތުރުން ވެމްކޯގެ ބަޔާނުގައި ބުނެފައި ވަނީ މާލޭގެ ގޭގެއިން ކުނި އުކާލުމުގައި ބޭނުންކުރާނެ އިކްއިޕްމަންޓް ގެނެސް މުވައްޒަފުން ހަމަޖައްސައި، މިޚިދުމަތް ދިނުމަށް ވެމްކޯ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މާލޭގެ ކޮންމެ ސަރަޙައްދަކުން ވިޔަސް، އެކަމަށް އެދޭ ފަރާތްތަކުގެ ކުނި އެފަރާތްތަކުގެ ގޭގެއިން ނަގައިދިނުމުގެ ޚިދުމަތް ދިނުމަށް ވެމްކޯއިން ތައްޔާރަށް ތިބި ކަމަށް ވަނީ ބުނެފައެވެ.

ކުނި އުކާލުމުގެ ޚިދުމަތް ވެމްކޯއާ ހަވާލުކުރުމަށް ފަހު ކުނި އުކޭނެ ގަވާއިދެއް ވަނީ އެކުލަވާލާފައެވެ. އެ ގޮތުން ކުރިއަށް އޮތްތަނުގައި ކުނި އުކާ ސަރަހައްދަށް ވަދެވޭނީ ވެމްކޯގެ އިތުރުން އެކަމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު