Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕް ބަލަން ގަތަރަށް ނުގޮސް، އަގު ބޮޑު ޔޮޓުތަކަށް!

މަޖާކުރުމާއި މުނިފޫހިފިލުވުމުގެ އެތައް ކަމެއް ކުރެވޭ މި ޔޮޓުތަކުގައި، މުބާރާތް ނިމެންދެން ތިބެވޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޮކްޓޯބަރު 2022 | ހޮނިހިރު 04:12
ދުބާއީގައި އޮތް ޔޮޓެއް

ދުބާއީގައި އޮތް ޔޮޓެއް

ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ދަތުރުކުރުމާއި، އެ ގައުމުގައި އެކޮމަޑޭޝަންގެ މައްސަލަތައް ކުރިމަތިވާނެކަމަށް ވަނީ ބެލެވިފައެވެ.

މިހާރުވެސް ގަތަރުގެ ހޮޓާތަކަށް ދަނީ ބާރު ބޮޑުވަމުންކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެ ގައުމަށް މުބާރާތް ބަލަން މިއަހަރު އެތައް މިލިއަން މީހުންނެއް ދަތުރުކުރާނެ ކަަމަށްވެސް ވަނީ ބެލެވިފައެވެ. ބައެއް ސަޕޯޓަރުން ބުނަމުން އަންނަގޮތުގައި، އެ މީހުންނަށް ގަތަރަށް ގޮސް ވޯލްޑް ކަޕް ބެލުމަކީ ދަތި އުނދަގޫ ކަމަކަށްވާނެއެވެ. އެއީ، ދަތުރުގެ ޚަރަދާއި ތިބުމުގެ ޚަރަދަށް ގިނަ ފައިސާ ޚަރަދުކުރަން ޖެހޭނެތީކަމަށް އެ މީހުން ބުނެއެވެ.

މިވާހަކަތަކުގެ ތެރެއިން ދުބާއީގެ ބައެއް ސަޕޯޓަރުން މިވަނީ މުޅިން ތަފާތުކަމެއް ކޮށްފައެވެ. އެ މީހުން ނިންމީ ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް އަގުބޮޑު ޔޮޓުތައް ކުއްޔަށްނަގައި، މެޗު ބެލުމަށް އެއަށް ދިޔުމަށެވެ. އެ މީހުން ބުނާގޮތުގައި މުބާރާތް ބެލުމަށް ގަތަރަށް ދިއުމަށްވުރެ، އެ ގޮތަށް ރައްޓެހިންނާއި އާއިލާއާއެކު މެޗު ބަލާލުމުން މާ ހިތްހަމަޖެހޭނެއެވެ. މީގެ އިތުރުން މޫދުގައި ތިބެގެން، ހިތްހަމަ ޖެހުމާއެކު އެ ޔޮޓުތަކުން ދޭ ޚިދުމަތްތަކާއެކު މުބާރާތް ބަލާލެވޭނެކަން އެމީހުން ވަނީ ފާހަގަކޮށްފައެވެ.

އެމީހުން ފާހަގަކުރާގޮތުގައި އެ ޔޮޓުތަކުން ލިބޭ ޚިދުމަތްވެސް ރަނގަޅުވާނެއެވެ. މަޖާކުރުމާއި، މުނިފޫހިފިލުވުމުގެ އެތައް ކަމެއް ކުރެވޭ މި ޔޮޓުތަކުގައި، މުބާރާތް ނިމެންދެން ތިބެން ބޭނުންނަަމަ އެ ފުރުސަތު އޮންނާނެ ކަމަށްވެސް އެމީހުން ބުނެއެވެ.

އެކަމާގުޅޭގޮތުން ވާހަކަދައްކަމުން އެ ޔޮޓުގައި އުޅޭ މީހަކު ބުނީ، މިހާރުވެސް ގިނަ ބަޔަކު ބުކިންގތައް ހަދަމުން އަންނަކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެވެސް ގިނަ ބަޔަކު ބުކިންގ ހެދުން ކަމަށެވެ. އޭނާ ބުނީ ޔޮޓުތަކުގައި މިފަދަ ގޮތަކަށް މުބާރާތް ބަލައިލުމުގެ ފުރުސަތު ލިބޭތީ، ޚިދުމަތަށް އެދޭ މީހުން އުފަލުން ތިބޭކަމަށެވެ. އޭނާ ބުނީ މުބާރާތް ބެލުމަށް ޔޮޓުތަކަށް އަންނަ މީހުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދޭނެ ކަމަށެވެ.

މިއަހަރުގެ މުބާރާތް ބެލުމަށް ދުބާއީގެ ބައެއް މީހުން ޔޮޓުތަކަށްދާއިރު، މިނޫންވެސް ތަފާތު ގޮތްގޮތަށް ވޯލްޑް ކަޕް ބެލުން ދުބާއީގައި ކުރިއަށްދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 20ން ޑިސެމްބަރު 18ގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2018

ސާފް ސުޒުކީ ކަޕް ރާއްޖެއިން ހޯދިތާ އެއް މަސް، ކުޅުންތެރިންގެ އަގު ވަޒަން ނުކުރޭ!

16 އޮކްޓޯބަރު 2018
ސާފް ސުޒުކީ ކަޕް ރާއްޖެއިން ހޯދިތާ އެއް މަސް، ކުޅުންތެރިންގެ އަގު ވަޒަން ނުކުރޭ!
20 އޯގަސްޓު 2018

އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ

20 އޯގަސްޓު 2018
އިބޫއަށް ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރަށް ވީގޮތުގެ ވާހަކަ
10 އެޕްރީލު 2018

ޔުމްނާ ހުންނެވީ އާއިލާ މިނިވަންވާނެ ދުވަހެއްގެ އިންތިޒާރުގައި، ދުންޔާ ހުންނެވީ ވޯލްޑް ކަޕްގެ އިންތިޒާރުގައި!

10 އެޕްރީލު 2018
ޔުމްނާ ހުންނެވީ އާއިލާ މިނިވަންވާނެ ދުވަހެއްގެ އިންތިޒާރުގައި، ދުންޔާ ހުންނެވީ ވޯލްޑް ކަޕްގެ އިންތިޒާރުގައި!
04 މާރިޗު 2018

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!
11 ފެބުރުއަރީ 2018

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

11 ފެބުރުއަރީ 2018
ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
23 ޖެނުއަރީ 2018

ތާރީހީ ނަޒަރަކުން ފީފާ ވޯލްޑް ކަޕް ޓްރޮފީ

23 ޖެނުއަރީ 2018
ތާރީހީ ނަޒަރަކުން ފީފާ ވޯލްޑް ކަޕް ޓްރޮފީ
10 ޑިސެމްބަރު 2017

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

10 ޑިސެމްބަރު 2017
އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟
25 ނޮވެމްބަރު 2017

އަންހެނެއްގެ ހަޅޭކުގެ އަޑު، އެންމެން ކަން ބަލަން!

25 ނޮވެމްބަރު 2017
އަންހެނެއްގެ ހަޅޭކުގެ އަޑު، އެންމެން ކަން ބަލަން!
19 އޮކްޓޯބަރު 2017

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!
26 އޯގަސްޓު 2017

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

26 އޯގަސްޓު 2017
ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު