Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ

އަބްދުﷲ ރަޝީދުގެ ހަށިގަނޑާދޭތެރޭގައި އަމަލުކުރަމުންދާގޮތާމެދު އާއިލާގެ ނުރުހުން

27 އޮކްޓޯބަރު 2022 | ބުރާސްފަތި 11:58

ޕޯސްޓްމޯޓަމް ހަދަން އާއިލާއިން އެއްބަސްނުވާކަމަށް އާއިލާއިން ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 އޮކްޓޯބަރު 2022 | ބުރާސްފަތި 11:58
ގަލޮޅު ސަހަރާ ކައިރިއަށް އަބްދުﷲ ރަޝީދުގެ އާއިލާގެ މީހުން އެއްވެފައި

ގަލޮޅު ސަހަރާ ކައިރިއަށް އަބްދުﷲ ރަޝީދުގެ އާއިލާގެ މީހުން އެއްވެފައި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދުގެ ހަށިގަނޑު, އާއިލާގެ ރުހުންނެތި ޕޯސްޓްމޯޓަމް ހަދަން މަސައްކަތްކޮށް، އާއިލާއަށް ހަށިގަނޑު ނުދައްކާތީ އެކަމާ އޭނާގެ އާއިލާއިން ނުރުހުން ފާޅުކޮށްފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު، ތުހުމަތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނިކޮށް އަބްދުﷲ ރަޝީދު މަރުވި ސަބަބު ބެލުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަން ނިންމާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. މީގެ ކުރިން ފުލުހުން ބުނެފައިވަނީ އޭނާގެ އާއިލާއިން ޕޯސްޓްމޯޓަމް ހަދަން އެއްބަސްވިކަމަށެވެ. ނަމަވެސް އޭނާގެ އާއިލާއިން "ރާއްޖެއެމްވީ"އާ ވާހަކަދައްކަމުން ބުނެފައިވަނީ ޕޯސްޓް މޯޓަމް ހަދަން އާއިލާއިން އެއްބަސްނުވާ ކަމަށާއި، އެކަމާ ދެކޮޅުކަމަށެވެ.

Advertisement - newsAdvertisement

އަބްދުﷲ ރަޝީދުގެ ހަށިގަނޑު މާލެ ގެނެސް މިހާރު އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ. މިއަދު އޭނާގެ އާއިލާއިން ވަނީ ސަހަރާދޮށަށް ގޮސް ހަށިގަނޑު އާއިލާއަށް ދެއްކުމަށް އެދިފައެވެ. ނަމަވެސް ފުލުހުން އެކަމާ ދެކޮޅުހަދާފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ވާހަކަތައް އާއިލާއިން ވަނީ ދޮގުކޮށްފައެވެ. އަދި އަބްދުﷲ ރަޝީދުގެ މަރުގެ ފުރިހަމަ ޒިންމާ ފުލުހުން ނަގަންޖެހޭނެކަމަށާއި، މި މައްސަލައިގައި އިހުމާލުވާ ފުލުސް އޮފިސަރުންނަށް ފިޔަވަޅު އެޅުމަށްވެސް އާއިލާއިން ވަނީ އެދިފައެވެ.

ސަހަރާ ކައިރިއަށް އާއިލާއިން ދިޔަނަމަވެސް، ހަށިގަނޑު ދައްކަން ދެކޮޅުހެދިއެވެ. އަދި ފަހުން އާއިލާއަށް ހަށިގަނޑު ދައްކަން އެއްބަސްވީނަމަވެސް، އާއިލާގެ ނުރުހުމުގައިވެސް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމާފައެވެ.

އަބްދުﷲ ރަޝީދުގެ އާއިލާގެ ގިނަ ތުހުމަތުތަކެއް އޭނާ ހައްޔަރުކުރި ފުލުހުންނަށް އަމާޒުވެފައިވާއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ މިހާރު ޕްރޮފެޝަނަލް ސްޓެންޑަރޑްސްއިން ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެހެނިހެން އިދާރާތަކުންވެސް އެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ދަންނަވާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެކަމަށާއި، އަދި ފިޔަވަޅު އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2026

ސަފާރީ އެއްގައި ހުއްދަ ނުނަގައި ބަނގުރަލުގެ ވިޔަފާރި ކުރި ބައެއް ހައްޔަރު ކޮށްފި

02 ޖެނުއަރީ 2026
ސަފާރީ އެއްގައި ހުއްދަ ނުނަގައި ބަނގުރަލުގެ ވިޔަފާރި ކުރި ބައެއް ހައްޔަރު ކޮށްފި
01 ޖެނުއަރީ 2026

މަސްތުވާތަކެއްޗާއި 69000ށް ވުރެ ގިނަ ރުފިޔާ އާއި އެކު ހައްޔަރު ކުރި މީހަކު 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފި

01 ޖެނުއަރީ 2026
މަސްތުވާތަކެއްޗާއި 69000ށް ވުރެ ގިނަ ރުފިޔާ އާއި އެކު ހައްޔަރު ކުރި މީހަކު 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފި
30 ޑިސެމްބަރު 2025

އޭސީސީ އާއި ފުލުހުންނާއި ގުޅިގެން މިހާރު 13 މައްސަލަ އެއް އެބަ ބަލާ: ފުލުހުން

30 ޑިސެމްބަރު 2025
އޭސީސީ އާއި ފުލުހުންނާއި ގުޅިގެން މިހާރު 13 މައްސަލަ އެއް އެބަ ބަލާ: ފުލުހުން
30 ޑިސެމްބަރު 2025

ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގައި ޒަޚަމްވި މީހާއަށް ފަރުވާ ދެނީ

30 ޑިސެމްބަރު 2025
ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގައި ޒަޚަމްވި މީހާއަށް ފަރުވާ ދެނީ
26 ޑިސެމްބަރު 2025

މާލޭ ގައި އަންހެނުންތަކެއް މާރާމާރީ ހިންގައިފި

26 ޑިސެމްބަރު 2025
މާލޭ ގައި އަންހެނުންތަކެއް މާރާމާރީ ހިންގައިފި
23 ޑިސެމްބަރު 2025

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

23 ޑިސެމްބަރު 2025
911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!
23 ޑިސެމްބަރު 2025

ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

23 ޑިސެމްބަރު 2025
ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!
21 ޑިސެމްބަރު 2025

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް
17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް