Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލެވަކޫސަންއާ އެއްވަރުވެ އެތުލެޓިކޯ ކަޓައިފި

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޮކްޓޯބަރު 2022 | ބުރާސްފަތި 02:28
އެތުލެޓިކޯ އާއި ލެވަކޫސަން ކުޅުނު މެޗުގެ ތެރެއިން

އެތުލެޓިކޯ އާއި ލެވަކޫސަން ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންްސް ލީގުގައި ބަޔާ ލެވަކޫސަންއާ އެއްވަރުގެ އެތުލެޓިކޯ މެޑްރިޑު މުބާރާތުން ކަޓައިފިއެވެ.

ބުދަ ދުވަހުގެ ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލެވަކޫސަނުންނެވެ. އެއީ މެޗުގެ ނުވަ ވަނަ މިނެޓުގައި އާދަމް ހިއޮޒެކް ތަނަވަސްކޮށްދިން ފުރުސަތެއްގައި މޫސާ ޑިއާބީ ޖެހި ލަނޑުންނެވެ. އޭގެ ފަހުން 22 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޔަނިކް ކަރާސްކޯއެވެ. އޭނާ މި ލަނޑު ޖެހީ އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަކޫސަނުން ވަނީ ދެ ވަނަ ފަހަރަށް ލީޑު ނަގާފައެވެ. އެއީ 29 ވަނަ މިނެޓުގައި އަމީރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަލުމް ހަޑްސަން އޮޑޯއި ޖެހި ލަނޑެވެ. ދެ ވަނަ ފަހަރަށް އެތުލެޓިކޯ އިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ކަރާސްކޯގެ އެހީތެރިކަމާއެކު މި ލަނޑު ޖެހީ ރޮޑްރީގޯ ޑި ޕޯލްއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރޭގައި އެތުލެޓިކޯ އަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް ކަރާސްކޯ އަށް ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.

މި ގްރޫޕްގައި ޕޯޓޯ އިން ވަނީ ކުލަބް ބްރޫޖްގެ ދަނޑުގައި 4-0 އިން އެ ޓީމު ބަލިކޮށްފައެވެ. ގްރޫޕްގެ އެއް ވަނައިގައި ދެ ވަނަ ބުރުން ޖާގަ ހޯދީ ބްރޫޖްއެވެ. އެއީ ފަސް މެޗުން 10 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި ޕޯޓޯ ދެ ވަނަ ބުރަށް ދިޔައީ ނުވަ ޕޮއިންޓުންނެވެ. ތިން ވަނައިގައި އެތުލެޓިކޯ އޮތީ ފަސް ޕޮއިންޓުންނެވެ. ފުލުގައި ލެވަކޫސަން އޮތީ ހަތަރު ޕޮއިންޓުންނެވެ.

ޗެމްޕިއަންސް ލީގުއެތުލެޓިކޯ މެޑްރިޑްބަޔާ ލެވަކޫސަން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
28 ސެޕްޓެމްބަރު 2025

އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި

28 ސެޕްޓެމްބަރު 2025
އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި
18 ސެޕްޓެމްބަރު 2025

ފަހު ވަގުތު އެތުލެޓިކޯ އަތުން ލިވަޕޫލް މޮޅުވެއްޖެ

18 ސެޕްޓެމްބަރު 2025
ފަހު ވަގުތު އެތުލެޓިކޯ އަތުން ލިވަޕޫލް މޮޅުވެއްޖެ
31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު