Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ގްރީން ފަންޑު ތަފާސްހިސާބު

އޮގަސްޓުމަހު ގްރީން ޓެކްސްގެ ގޮތުގައި 73 މިލިއަން ރުފިޔާ

ރިސޯޓުތަކުން 69 މިލިއަން ރުފިޔާ ލިބިފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2022 | ބުރާސްފަތި 02:41
ފުށިފަރު މޯލްޑިވްސްގައި ތިބި ފަތުރުވެރިންތަކެއް

ފުށިފަރު މޯލްޑިވްސްގައި ތިބި ފަތުރުވެރިންތަކެއް

މިއަހަރުގެ އޮގަސްޓުމަހު ގްރީން ޓެކްސްގެ ގޮތުގައި 73 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ގްރީން ފަންޑް ރިޕޯޓުގައިވާގޮތުން އޮގަސްޓު މަހު ގްރީން ޓެކްސްގެ ގޮތުގައި ޖުމްލަ 73،090،373.89 (ހަތްދިހަ ތިންމިލިއަން ނުވަދިހަ ހާސް ތިންސަތޭކަ ހަތްދިހަ ތިން ރުފިޔާ އަށްޑިހަ ނުވަ ލާރި) ދައުލަތަށް ލިބިފައިވެއެވެ.

މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ރިސޯޓުތަކުންް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. ރިސޯޓުތަކަށް އައި ފަތުރުވެރިންގެ އަތުން 69،282،190.41 (ފަސްދޮޅަސް ނުވަމިލިއަން ދެލައްކަ އަށްޑިހަ ދެހާސް ސަތޭކަ ނުވަދިހަ ރުފިޔާ ސާޅީސް އެއް ލާރި) ލިބިފައިވާކަމަށް ފިނޭންސްއިން ހާމަކުރެއެވެ. ގެސްޓްހައުސްތަކަށް އައި ފަތުރުވެރިންގެ އަތުން 2،299،966.74 (ދެ މިލިއަން ދެލައްކަ ނުވަދިހަ ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ހަތްދިހަ ހަތަރު ލާރި) ދައުލަތަށް ލިބިފައިވާއިރު، ހޮޓާތަކަށް އައި ފަތުރުވެރިންގެ އަތުން 1،085،419.42 (އެއްމިލިއަން އަށްޑިހަ ފަސްހާސް ހަތަރުސަތޭކަ ނަވާރަ ރުފިޔާ ސާޅީސް ދެ ލާރި) ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވެއެވެ. މީގެ އިތުރުން އުޅަނދުތަކުން 419،797.32 (ހަތަރުލައްކަ ނަވާރަހާސް ހަތްސަތޭކަ ނުވަދިހަ ހަތް ރުފިޔާ ތިރީސް ދެ ލާރި) ލިބިފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.

އޮގަސްޓު މަހު ގްރީން ފަނޑުން 107،127،028.33 (ސަތޭކަ ހަތްމިލިއަން އެއްލައްކަ ހަތާވީސްހާސް އަށާވީސް ރުފިޔާ ތިރީސް ތިން ލާރި) ގެ ޕްރޮޖެކްޓު ހިންގާފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ. ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، އައްޑޫގައި ގާއިމްކުރަމުންދާ ރީޖަނަލް ވޭސްޓު މެނޭޖްމެންޓު ފެސިލިޓީފަދަ މުހިން ޕްރޮޖެކްޓުތަކަށް ގްރީން ފަންޑުން ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިވަގުތު ގްރީން ފަންޑުގައި ބާކީހުރީ 849،928،792.03 (އަށްސަތޭކަ ސާޅީސް ނުވަމިލިއަން ނުވަލައްކަ އަށާވީސްހާސް ހަތްސަތޭކަ ނުވަދިހަ ދެރުފިޔާ ތިން ލާރި) އެވެ.

ގްރީން ޓެކުހަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހަކަށް ވުމުން، ފަތުރުވެރިން އައުން މަަދުވާނަމަ ގްރީން ފަންޑަށް ޖަމާވާ ފައިސާ މަދުވާނެއެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ސަފާރީ، ރިސޯޓު އަދި ހޮޓެލްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ދުވާލަކަށް 6 ޑޮލަރު ނަގައެވެ. އަދި ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ދުވާލަކަށް 3 ޑޮލަރެވެ.

ގްރީން ފަންޑްފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު