Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޑިޓް އޮފީހުގެ ބަޖެޓު

އަންނަ އަހަރުގެ އޮޑިޓް އޮފީހުގެ ބަޖެޓަކީ 93 މިލިއަން ރުފިޔާ

މާލިއްޔަތު ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2022 | ބުރާސްފަތި 01:16
އޮޑިޓަރ ޖެނެރަލް މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމެއްގައި

އޮޑިޓަރ ޖެނެރަލް މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމެއްގައި

އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓަކީ 93.4 މިލިއަން ރުފިޔާކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބުދަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓު ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓު ދިރާސާކުރި މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ އަންނަ އަހަރަށް ލަފާކޮށް އެ އޮފީހުން ހުށަހަޅާފައިވާ ބަޖެޓުގެ ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ޚަރަދުގެ ގޮތުގައި 61،000،000 (ފަސްދޮޅަސް އެއް މިލިއަން) ރުފިޔާކަމަށާއި، އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި 32،400،000 (ތިރީސް ދެ މިލިއަން ހަތަރު ލައްކަ) ރުފިޔާކަމުގައި ކަނޑައެޅުމަށެވެ.

އެހެންކަމުން އަންނަ އަހަރުގެ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ޖުމްލައަކީ 93،400،000 (ނުވަދިހަ ތިން މިލިއަން ހަތަރު ލައްކަ) ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލް އޮފީހުން މަޖިލީހަށް ހުށަހަޅާފައިވަނީ 95،150،152 (ނުވަދިހަ ފަސް މިލިއަން އެއްލައްކަ ފަންސާސް ހާސް ފަންސާސް ދެ) ރުފިޔާއެވެ. ނަމަވެސް ކޮމިޓީން ގެނައި ބަދަލުތަކާއެކު ނިންމާފައިވަނީ 1،750،052 (އެއް މިލިއަން ހަތް ލައްކަ ފަންސާސްހާސް ފަންސާސް ދެ) ރުފިޔާ އުނިކުރުމަށެވެ. މިއީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން 2023 ވަނަ އަހަރަށް އެ އޮފީހުގެ ކެޕިޓަލް އަދި ރިކަރަންޓް ޚަރަދު ހިމެނޭގޮތަށް ހުށަހަޅާފައިވާ 62،750،052ން އުނިކޮށްފައިވާ ފައިސާއެވެ.

އޮޑިޓް އޮފީހުން ލަފާކޮށް ހުށަހެޅި ބަޖެޓުގައި ހިމަނާފައިވާ އެ އޮފީހުގެ އައު އިމާރާތުގެ މަޝްއޫއަކީ އަދި މިވަގުތު ފައިސާ ހަމަޖެހިފައިވާ މަޝްރޫއެއް ނޫން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ކޮމިޓީއަށް މައުލޫމާތު ދީފައެވެ. ނަމަވެސް އެ މަޝްރޫއަށް ފައިނޭންސް ހޯދުމުގެ ކަންކަން ކުރިއަށް ގެންދެވިދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިނގަމުންދާ އަހަރުގެ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓަކީ 90،315،293 (ނުވަދިހަ މިލިއަން ތިންލައްކަ ފަނަރަ ހާސް ދުއިސައްތަ ނުވަދިހަ ތިން) ރުފިޔާއެވެ.

ރައްޔިތުންގެ މަޖިލިސްއޮޑިޓަރ ޖެނެރަލް އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

2025 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

21 އޮކްޓޯބަރު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު