Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެންޓިޑިފެކްޝަން ބިލް

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

އެމްޑީޕީގެ މެމްބަރުންތަކެއް ސަރުކާރު ހިންގާ ޕާޓީއަށް ގެންގޮސްފައިވަނީ ބާރާއި ނުފޫޒު ބޭނުންކޮށްގެންކަމަށް ޝަރީފް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 އެޕްރީލު 2024 | އަންގާރަ 17:37
ކެލާ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް

ކެލާ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންޓިޑިފެކްޝަން ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަސްދީކުރެއްވުމާމެދު ޝައްކު އުފެދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވެ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމްޑީޕީގެ 13 މެމްބަރެއް ވެރިކަން ކުރާ ޕާޓީއަށް ގެންގޮސްފައިވާކަމަށާއި އެކަންކޮށްފައިވަނީ ބާރާއި ނުފޫޒުގެ ބޭނުންކޮށްގެންކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އެމެމްބަރުން އެމްޑީޕީ ދޫކޮށްދިޔައީ އެމްޑީޕީގައި ތިބެން ބޭނުންނުވާތީކަމަށް ބުނަމުންދިޔަނަމަވެސް ފެންނަމުންދަނީ މަޖުބޫރުން އެމެމްބަރުން ލައްވާ ކުރީ ސަރުކާރާ ދެކޮޅަށް ބަސް ބުނާ މަންޒަރުކަމަށެވެ.

Advertisement - newsAdvertisement

އަދި މުހިންމު ބިލުތައް މަޖިލީހުގެ ތަޅުމުން ނިންމާއިރު އެމެމްބަރުންވެސް ތަޅުމުގައި ނުތިބޭކަމަށާއި އެހެންކަމުން އެނގިގެންދަނީ އެމެމްބަރުން ޕީއެންސީއަށް ގެންގޮސްފައިވަނީ ބާރާއި ނުފޫޒުގެ ބޭނުންކޮށްގެންކަމަށެވެ.

އެހެންކަމުން މިހާރު ފާސްކޮށްފައިވާ އެންޓިޑިފެކްޝަން ބިލުވެސް ތަސްދީގުނުކުރައްވާ އަނބުރާ ފޮނުވާލާނެކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ޝަރީފް ވިދާޅުވިއެވެ.

އެންޓިޑިފެކްޝަން ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރާ މެންބަރުން، ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ މެދުގައި އޭނާ މަގާމުގައި ހުންނަން ފެނޭތޯ ބެލުމަށް ނަގާ ރީކޯލް ވޯޓުގެބައި ބިލުން އުނިކުރުމަށްފަހުއެވެ. މި ބިލުގައި ހުށަހަޅާފައި ވަނީ ގާނޫނު އަސާސީގެ 27ވަނަ މާއްދާގެ ރ. ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ. މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ މެމްބަރުކަން ގެއްލޭ ހާލަތްތައް އެ އަކުރުގައި ހިމަނާފައިވެއެވެ. އެގޮތުން މެމްބަރުކަމުން ވަކިވާ ހާލަތްތަކަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރެއްގެ އަމިއްލަ އިސްނެގުމަށް އޭނާ އިންތިހާބުވީ ޕާޓީއަކުން ވަކިވުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމެވެ.

މި ބިލުގައިވާ ގޮތުން ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރު ކަމުން އަމިއްލައަށް ވަކިވާން ހުށަހަޅާ އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވާން ޖެހެއެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން ވެސް މެންބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު