Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ސަލްޒްބާގް ބަލިކޮށް ޗެލްސީ ދެ ވަނަ ބުރުގެ ޖާގައެއް ޗެލްސީން ހޯދައިފި

ސަލްޒްބާގްގެ ދަނޑުގައި ޗެލްސީން އެ ޓީމުގެ މައްޗަށް ކުރި ހޯދީ 2-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޮކްޓޯބަރު 2022 | ބުދަ 03:44
ޗެލްސީން ކުޅުނު މެޗުގެ ތެރެއިން

ޗެލްސީން ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް އީގައި ސަލްޒްބާގް ބަލިކޮށް ޗެލްސީން ދެ ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ސަލްޒްބާގްގެ ދަނޑުގައި ޗެލްސީން އެ ޓީމުގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ. ޗެލްސީން ދެ ވަނަ ބުރަށް ދަތުރުކުރީ މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީންނެވެ. އެއީ މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމުގެ މަޓެއޯ ކޮވަސިޗް ޖެހި ލަނޑުންނެވެ. އެއީ ސަލްޒްބާގްގެ ގޯލު ކުރި މަތިން ލިބުނު ބޯޅައެއް މަތީ ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ޗެލްސީން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކުންނެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ސަލްޒްބާގުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ ވޮބާ ނަގައިދިން ބޯޅައެއް ޗެލްސީގެ އޭރިޔާ ތެރެއިން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ޖޫނިއާ އަޑަމޫ ޖެހި ލަނޑެކެވެ. މެޗުން ޗެލްސީ މޮޅުވި ލަނޑު ޖެހީ 64 ވަނަ މިނެޓުގައި ކައި ހަވާޓްޒްއެވެ. އޭނާ އެ ލަނޑު ޖެހީ ޕުލިސިޗް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މެޗުން މޮޅުވެ ޗެލްސީ ދެ ވަނަ ބުރުން ޖާގަ ހޯދީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އެއީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. މި ގްރޫޕުން ދެ ވަނަ ބުރަށް ދާނެ ދެ ވަނަ ޓީމެއް ޔަގީން ވަނީ ފަހު މެޗުތަކުންނެވެ. ފަހު މެޗުން މޮޅުވެގެން ދެ ވަނަ ބުރަށް ދިޔުމުގެ ފުރުސަތު ބޮޑީ އޭސީ މިލާނަށެވެ

ޗެމްޕިއަންސް ލީގުސަލްޒްބާގްޗެލްސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު