Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

މިސީޒަންގައި ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކުރި ފުރަތަމަ ޓީމަކަށް އާރުބީ ލައިޕްޒިގް

އާރުބީ ލައިޕްޒިގަށް ދެވަނަ ބުރުގެ ފުރުޞަތު ބޮޑު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 26 އޮކްޓޯބަރު 2022 | ބުދަ 02:34
އާރުބީ ލައިޕްޒިގްގެ ތިންވަނަ ލަނޑު ޖެހުމަށްފަހު ވާނާ

އާރުބީ ލައިޕްޒިގްގެ ތިންވަނަ ލަނޑު ޖެހުމަށްފަހު ވާނާ

ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް މިސީޒަންގައި ބަލިކުރި ފުރަތަމަ ޓީމަކަށް ޖަރުމަނުގެ އާރުބީ ލައިޕްޒިގް ވެއްޖެއެވެ.

ލަލީގާ އާއި ޗެމްޕިއަންސް ލީގުގައި ވެސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް އާރުބީ ލައިޕްޒިގުން ނިމުން ގެނައީ އެމީހުންގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު 3-2 ން ކާމިޔާބުކޮށްގެންނެވެ. މިމޮޅާއެކު އާރުބީ ލައިޕްޒިގުން ވަނީ ފަހު މެޗަށް ދާއިރު ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓާފައެވެ. އާރުބީ ލައިޕްޒިގުން ވަނީ 13 ވަނަ މިނެޓުގައި ރެއާލްގެ ގޯލް ހުޅުވާލާ, ފަސް މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހާފައެވެ. 13 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖެހީ ކޮރޭޝިޔާ ޑިފެންޑަރ ޖޮސްކޯ ވާޑިއޮލްއެވެ. 18 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖެހީ ފްރާންސް ފޯވާޑް ކްރިސްޓޮފާ އެންކުންކޫއެވެ. އެކަމަކު ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ލަނޑެއް ޖަހާ ވިނީޝިއުސް ޖޫނިއަރ ރެއާލްއަށް އުއްމީދެއް ހޯދައިދިނެވެ. ނަމަވެސް ދެވަނަ ހާފްގައިވެސް ފުރަތަމަ ލަނޑު ޖަހާ އަލުން ލީޑް ފުޅާކުރީ އާރުބީ ލައިޕްޒިގުންނެވެ. އެޓީމްގެ ތިންވަނަ ލަނޑު ޖެހީ ޗެލްސީ ދޫކޮށް, އެނބުރި ލައިޕްޒިގަށް ބަދަލުވި ޓިމޯ ވާނާއެވެ. ރެއާލްގެ ދެވަނަ ލަނޑު އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ރޮޑްރީގޯއެވެ.

މެޗުން ބަލިވިޔަސް ރެއާލް މެޑްރިޑް އޮތީ ދެވަނަ ބުރު ޔަޤީންކޮށްފައެވެ. އެއީ ފަސް މެޗުން 10 ޕޮއިންޓާއެކުއެވެ. ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށްދާނެ ޓީމެއް ޔަޤީންވާނީ ނޮވެންބަރު ދެވަނަ ދުވަހު އާރުބީ ލައިޕްޒިގް އާއި ޝަހުތަރު ޑޮނެސްކް ވާދަކުރާ މެޗުންނެވެ. މިވަގުތު ތިން ޕޮއިންޓްގެ ލީޑަކާއެކު ދެވަނާގައި އޮތީ އާރުބީ ލައިޕްޒިގްއެވެ.

ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްއާރްބީ ލައިޕްޒީގް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު