Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޅ. ނައިފަރު ފްލެޓްތައް

ޅ. ނައިފަރު ފްލެޓްތަކުގެ ބޮޑު މަރާމާތެއް ކުރަން ހުށަހަޅާފައިނުވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ކައުންސިލުން ފާހަގަކުރި ހުރިހާ މަރާމާތުތައް ނިންމައި ކައުންސިލުގެ އެޕްރޫވަލް ހޯދާފައިވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2022 | ބުދަ 01:05
ޅ.ނައިފަރުގައި އަޅާފައިވާ ފްލެޓްތައް

ޅ.ނައިފަރުގައި އަޅާފައިވާ ފްލެޓްތައް

ޅ. ނައިފަރު ފްލެޓްތަކުގެ ބޮޑު މަރާމާތެއް ކުރަން ހުށަހަޅާފައިނުވާ ކަމަށް މިނިސްޓަރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

ނައިފަރުގައި ތަރައްގީކޮށްފައިވާ 100 ފްލެޓްގައި މާރާމާތުގެ ބޮޑެތި މައްސަލަތަކެއް ހުރިއިރު ވެސް އެ މައްސަލަތައް ހައްލުނުކޮށް ގިނަ ދުވަސްތަކެއްވަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން އެ މިނިސްޓްރީން ބުނީ އެތަން އިމާރާތްކުރަން ރަޝީދު ކާޕެންޓްރީއާ ހަވާލުކުރީ ޖެނުއަރީ 26، 2020 ގައި ކަމަށާއި އެ މަސައްކަތް ނިންމައި ފެބްރުއަރީ 19، 2022 ގައި ހަވާލުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެތަނުގައި 100 ހައުސިން ޔުނިޓް ހިމެނޭ 4 އިމާރާތް ހިމެނޭއިރު އެތަނުގެ މަސައްކަތް ނިންމުމާއެކު މިނިސްޓްރީން ވަނީ އިމާރާތް ބެލެހެއްޓުމާއި އިމާރާތާގުޅޭ ކަންކަން މެނޭޖްކުރުމަށް އެ ރަށު ކައުންސިލާ ހަވާލުކޮށްފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ކޮންޓްރެކްޓަރާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ނިންމުމަށް ފަހު އެއް އަހަރު ދުވަހުގެ މުއްދަތަކަށް އިމާރާތަށް ލިބޭ ގެއްލުންތައް މިނިސްޓްރީން ބެލުމަށް ފަހު އެކަން ކޮންޓްރެކްޓަރަށް އެންގުމުން އެ މަސައްކަތް ކުރާނީ ކޮންޓްރެކްޓަރު ކަމަށެވެ. އެކަމަކު އެ މަރާމާތުގެ ތެރޭގައި ތަނުގައި ދިރިއުޅޭ ފަރާތްތަކުން އިމާރާތަށް ގެންނަ އެއްވެސް ބަދަލެއް ނުހިމެނޭ ކަމަށެވެ.

އެ ހައުސިން ޔުނިޓްތަކުގައި މައްސަލަތަކެއް ހުރި ކަމަށް އެ ރަށު ކައުންސިލުން މިނިސްޓްރީއަށް ހުށަހެޅީ މިއަހަރުގެ މެއި 19 ގައި ކަމަށާއި ކޮންޓްރެކްޓަރާ އެކު މަޝްވަރާކުރުމަށް ފަހު، އެ މައްސަލަތައް ބަލައި ހައްލުކުރުމަށް އެ ރަށަށް ކޮންޓްރެކްޓަރުގެ ޓީމެއް ޖޫން 10 ގައި ދިޔަ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި މަސައްކަތް ކުރުމުގެ ތާވަލެއް އެކުލަވާލައި، ޖޫން 12 ވަނަ ދުވަހު ފްލެޓްތަކުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ޔުނިޓްތަކުގެ ވެރިފަރާތްތަކާއި ކައުންސިލުގެ ވެސް ބައިވެރިވުމާއެކު އެ ފަރާތްތަކުގެ އެޕްރޫވަލް ލިބިގެން ކަމަށާއި ކައުންސިލުން ފާހަގަކުރި ހުރިހާ މަރާމާތުތައް ނިންމައި ކައުންސިލުގެ އެޕްރޫވަލް ހޯދާފައިވާ ކަމަށް ވެސް މިނިސްޓްރީން އިތުރަށް ބުންޏެވެ.

އެ މަރާމާތުތަކުގެ އިތުރަށް ބޮޑު މަރާމާތެއް ކުރުމަށް ކައުންސިލުން މިނިސްޓްރީއަށް ހުށަހަޅާފައެއް ނުވާ ކަމަށާއި ފްލެޓްގައި އުޅޭ މީހަކު ވެސް އެތަނުގެ މަރާމާތާ ގުޅޭ އެއްވެސް ކަމެއް ހުށަހަޅައިފިނަމަ، ނުވަތަ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފިނަމަ، އެކަމަށް އެޓެންޑުވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.

ޅ. ނައިފަރުހައުސިންގ ޔުނިޓްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ވިލިމާލޭގައި އަޅާ 300 ހައުސިންގ ޔުނިޓް ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަ ކުރަނީ

ވިލިމާލޭގައި އަޅާ 300 ހައުސިންގ ޔުނިޓް ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަ ކުރަނީ

24 ނޮވެމްބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ގަމަށް ބަދަލުވި އާއިލާތަކަށް ކުރީ ސަރުކާރުން ދޭން ނިންމި ފައިސާ ދޭނެ ކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް މުއިއްޒު ދެއްވައިފި

ގަމަށް ބަދަލުވި އާއިލާތަކަށް ކުރީ ސަރުކާރުން ދޭން ނިންމި ފައިސާ ދޭނެ ކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް މުއިއްޒު ދެއްވައިފި

22 އޮކްޓޯބަރު 2025
މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު