Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތުޅާދޫ

މުޒާހަރާ ކުރުމުން ތުޅާދޫ ކައުންސިލުން ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި

ހައުސިންގ ޔުނިޓްތައް ނިމިފައި ހުންނަތާ 4 އަހަރު ވެއްޖެ ނަމަވެސް ހަވާލެއް ނުކުރެވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2025 | ބުރާސްފަތި 10:24
ތުޅާދޫ ރައްޔިތުން ނުކުމެ ކައުންސިލް ކައިރީގައި މުޒަހާރާގައި

ތުޅާދޫ ރައްޔިތުން ނުކުމެ ކައުންސިލް ކައިރީގައި މުޒަހާރާގައި

ބ.ތުޅާދޫގައި ކުރީ ސަރުކާރުން އިމާރާތް ކުރި 100 ހައުސިންގ ޔުނިޓް ދޫނުކޮށް ލަސްކުރި މައްސަލައިގައި ރައްޔިތުން ނުކުމެ އިހުތިޖާޖު ކުރަން ފެށުމުން ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.

ބުދަ ދުވަހުގެ ރެއިން ފެށިގެން ތުޅާދޫގައި މުޒާހަރާކޮށްފައިވެއެވެ. ރާއްޖެއެމްވީއާއި ވާހަކަ ދެއްކި މީހަކު ބުނީ މުޒާހަރާ ކުރަމުން ދިޔައީ 4 އަހަރުވީ އިރުވެސް މި މައްސަލައަށް ހައްލެއް ނުލިބި، ދިގުލައިގެންދާތީ ކަމަށާއި، ކައުންސިލަށް ވެސް މިކަމުގައި ގޮތެއް ނިމިފައި ނުވާތީ ކަމަށެވެ. އަދި ބުދަ ދުވަހުގެރޭ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް، އެ ބައްދަލުވުމުގައިވެސް ގޮތެއް ނުނިމުމުން ރައްޔިތުން ރުޅިގަދަވެ މުޒާހަރާ ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ގެޒެޓް ކޮށްފައިވާ ދާއިމީ ލިސްޓުގައި ބުނެފައިވަނީ ޢިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓްގެ ތެރެއިން، ކެޓަގަރީ-އޭ (ބ. ތުޅާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 92 ހައުސިންގ ޔުނިޓް) އަށާއި، ކެޓަގަރީ–ބީ (ބ. ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 08 ހައުސިންގ ޔުނިޓް) އަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް އިއުލާންކޮށްފައިވާ ކަމަށެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދެއްކި މީހާ ބުނީ ހައުސިންގ ޔުނިޓްތައް ނިމިފައި ހުންނަތާ 4 އަހަރު ވެއްޖެ ކަމަށާއި، ދާދި ފަހުން ވަގުތީ ލިސްޓް އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހަޅައި ބުދަ ދުވަހަކީ ދާއިމީ ލިސްޓު އާންމުކުރަންޖެހޭ ދުވަސް ކަމަށެވެ. އަދި ކައުންސިލް މެންބަރުންވެސް ބުނެފައިވަނީ ފުލެޓް ކޮމިޓީ އިން ނިންމި ގޮތަކަށް ވޯޓު ދޭނެ ކަމަށާއި، ނަމަވެސް ބުދަ ދުވަހުގެ ހެނދުނު 11 ޖެހި އިރު ބާއްވަން އުޅުނު ކައުންސިލް ޖަލްސާ ނުބޭއްވި، މެންދުރު 1:00 އަށް ލަސްވެ ފަހުން ރޭގަނޑު 8:00 ށް ބަދަލުކުރި ކަމަށެވެ.

އޭނާ ބުނީ ޖަލްސާއަށް ގިނަ ރައްޔިތުން އަޑުއަހަން ވަތް ކަމަށާއި، ކައުންސިލް މެންބަރުން ރައްޔިތުން ގާތު ބުނިގޮތާ ހިލާފަށް ވާހަކަތައް ބަދަލުވެ، 2024 ޑިސެމްބަރު މަހުގައި ނެރެފައި އޮތް ހުކުމަކާއި ގުޅިގެން ދާއިމީ ލިސްޓް ނުނެރެން ނިންމި ކަމަށެވެ. އަދި 2 މެންބަރަކު ވޯޓު ދިނީ ލިސްޓް އާންމު ކުރުމަށް ކަމަށާއި، ކޮމިޓީއަށް އަނބުރާ މައްސަލަ ފޮނުވަން 4 މެންބަރުން ވޯޓު ދީފައިވާ ކަމަށެވެ.

ތުޅާދޫ އިން ވާހަކަ ދެއްކި މީހާ ބުނީ ކައުންސިލަރުން އައީ ރައްޔިތުންނަށް ޔަގީންކަން ދެމުން ކަމަށާއި، ކޮމިޓީގެ ނިންމުމާ އެއްގޮތަށް ފާސްކުރާނެ ކަމުގެ ޔަގީންކަން ދެމުން ކަމަށެވެ. އަދި އެ ނިންމުން އެގޮތަށް އައުމުން ރައްޔިތުން ދިޔައީ ބުދަ ދުވަހުގެ ރެއިން ފެށިގެން މުޒާހަރާ ކުރަމުން ކަމަށެވެ.

ފުލެޓް ކޮމިޓީގައި ކައުންސިލްގެ 3 މެންބަރުން ތިއްބަވައެވެ. އަދި ކައުންސިލްގެ އިދާރީ މުވައްޒަފުން ކޮމިޓީގައި އިދެއެވެ. އަދި ރައްޔިތުން މުޒާހަރާ ކުރަމުންދަނީ ދާއިމީ ލިސްޓ ނުނެރެން ކައުންސިލުން ނިންމުމުން ކަމަށާއި، ރައްޔިތުން ބުނަމުން ދަނީ ހައުސިންގ ޔުނިޓް ދިނުމުގެ ވިސްނުމެއް ކައުންސިލުގައި ނެތް ކަމަށެވެ. އަދި ރައްޔިތުންނަށް ހެޔޮއެދިގެން ކައުންސިލުން ކަމެއް ކުރާނަމަ 2024 ވަނަ އަހަރުގެ ހުކުމެއް ނަގައިގެން ލިސްޓް ނުނެރެން މެންބަރުން ފާސްނުކުރާނެ ކަމަށެވެ.

ރާއްޖއެއެމްވީއާއި ވާހަކަ ދެއްކި މީހާ ބުނީ މުޒާހަރާ ނިންމާފައި ރައްޔިތުން ގެއަށް ދިޔައީ ބުދަ ދުވަހުގެ ދަންވަރު 3 ޖެހި ފަހުން ކަމަށާއި، ކައުންސިލުން ބުނަމުން ދިޔައީ 48 ގަޑި އިރު ކުރިން ބައްދަލުވުމެއް ދެން ނުބާއްވާނެ ކަމަށެވެ. އަދި ބައެއް މެންބަރުން ބައްދަލުވުމަށްފަހު ނުކުމެގެން ދިޔައީ ރައްޔިތުންނާއި ޖަދަލުކުރަމުން ކަމަށާއި، އެކަމާއި ރައްޔިތުން ތިބީ ހިތްހަމަ ނުޖެހިފައި ކަމަށް ވާހަކަ ދެއްކި ފަރާތުން ބުނެއެވެ. އަދި ބުރާސްފަތި ދުވަހުގެ ހެނދުނު އަނެއްކާވެސް ރައްޔިތުން އެއްވެ މުޒާހަރާކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ ޕްރެޝަރާއެކު ކައުންސިލް ބައްދަލުވުމެއް ބުރާސްފަތި ދުވަހުގެ މެންދުރު ބާއްވާ ދާއިމީ ލިސްޓް މިހާރު ވަނީ އާންމުކޮށްފައެވެ.

މިއީ ތުޅާދޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. 22 އޮގަސްޓް 2023 މި މަޝްރޫއު ނިންމައި ކައުންސިލް އާއި ހަވާލުކޮށްފައިވާކަން ކުރީ ސަރުކާރުން ހާމަކުރި ނަމަވެސް މި ސަރުކާރުން އޮތީ ކައުންސިލާއި ލިޔެކިޔުން ހަވާލު ނުކޮށެވެ.

3125 މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އިމާރާތްކޮށް ނިންމާފައިވަނީ 87،036،883.57 ރުފިޔާއަށެވެ. މިއީ ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސް އަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ކޮންމެ ހައުސިންގ ޔުނިޓެއްގެ ޕްލޮޓް ސައިޒަކީ 1600 އަކަފޫޓެވެ.

ތުލުސްދޫ ހައުސިންގ ޔުނިޓްއިހުތިޖާޖުކައުންސިލްފްލެޓް ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު